އައްޒަ: ވެމްކޯގެ ކާމިޔާބީގައި މުހިއްމު ނަމެއް!

އައްޒަ: ވެމްކޯގެ ކާމިޔާބީގައި މުހިއްމު ނަމެއް!

މީގެ ހަތަރު އަހަރު ކުރިން، އައްޒަ އަލީ ރައޫފް (އައްޒަ)، ސަރުކާރުގެ ކުނި މެނޭޖު ކުރާ ކުންފުނި، ވެމްކޯ އާއި ގުޅުނު އިރު އެ ކުންފުނީގެ މައި އޮޕަރޭޝަންތައް ރަނގަޅަށް ހިނގައި ވެސް ނުގަނެ އެވެ. ތިމާވެށި މިނިސްޓްރީގެ އެޗްއާރް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން ދަނިކޮށް، ވެމްކޯ އަށް އެޗްއާރް މެނޭޖަރެއް ބޭނުންވެގެން އިއުލާނުކުރި ފުރުސަތުގައި އައްޒަ އެ މަގާމަށް ކުރިމަތިލީ އުމުރުން ހަގު ކުންފުންޏެއްގައި އޭނާގެ ހުނަރާއި ކިޔެވިފައި ހުރި އެއްޗެއްގެ ބޭނުން މިނިވަން ކަމާއެކު ހިފޭނެކަމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ދެކިގެންނެވެ.

އެއީ ވިސްނުންތެރި ކަމާއެކު އޭނާ ނިންމި ނިންމުމެކެވެ. އުމުރުން އެންމެ 22 އަހަރުގައި ފެށި އެ ދަތުރު ގައި ހަތަރު އަހަރު ވެމްކޯ އާއި އެކު ހޭދަކުރެވުނު އިރު، މިހާރު އޭނާ އަކީ ވެމްކޯގެ ކާމިޔާބު ދުވެލީގެ އެންމެ މުހިއްމު އެއް ނަމެވެ. މުވައްޒަފުން ފަހުރުވެރިވާ ޒުވާން ލީޑަރެކެވެ. އައްޒަ، 26، އަކީ ވެމްކޯގެ އެޗްއާރް މެނޭޖަރެވެ.

އުފަން ރަށް، ގއ، ކޮލަމާފުށީގައި ގްރޭޑް 10 ނިންމުމަށްފަހު އާއިލާ އާއި އެކު އައްޒަ މާލެ ބަދަލުވީ މަތީ ތައުލީމަށެވެ. އޭލެވެލް ކިޔެވުމުގެ ހިޔާލު ދޫކޮށް، ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ސެޓްފިކެޓް ލެވެލުން ފަށައިގެން ގޮސް މިހާރު މާސްޓާޒް އާއި ހަމައަށް އައްޒަ ކިޔަވައިފި އެވެ. އުމުރުން 17 އަހަރުން ފެށިގެން އެކި ވަޒީފާ ތަކުގައި އުޅެ އޭނާ ވަނީ ގިނަ ތަޖުރިބާ ތަކެއް ހޯދާފަ އެވެ.

އައްޒަ މި ކިޔައިދެނީ، 1400 އެއްހައި މުވައްޒަފުންގެ ޒިންމާ އޭނާގެ ޓީމުން ނަގާ ގޮތާއި، އެ މަސައްކަތުގައި އޭނާގެ ދައުރާއި، މަސައްކަތުގެ ދާއިރާގައި ފާގަހަކޮށްލެވޭ މީހަކަށް ވުމަށް އައްޒަ މަސައްކަތްކުރާ ގޮތެވެ. އޭނާގެ އަމާޒާއި ޖޯޝު ސީދާ ކުރަން އަހުލާގު ގެންގުޅޭ ގޮތެވެ.

ފުރަތަމަ ކިޔައިދީބަލަ އެޗްއާރް މެނޭޖަރެއްގެ ޒިންމާތަކާއި އައްޒަގެ މަސައްކަތުގެ މުހިއްމު ކަމާއި ޒިންމާގެ އިން ދެމިގެންދާ ހިސާބު؟

އައްޒަ: އަސްލު ހިއުމަން ރިސޯސް ޑިޕާޓްމަންޓެއްގެ މަސައްކަތަކަށް ވާނީ ހަމައެކަނި މުވައްޒަފުންގެ މުސާރަ ހެދުމާއި މީހުން ނެގުމާއި މިކަހަލަ ކަންތައްތައް އެކަންޏެއް ނޫން. ވެމްކޯގައި އަހަރެމެން މި ކުރާ މަސައްކަތަކީ، ޒަމާނީ އެއްއާރްއެއްގެ ބެސްޓް ޕްރެކްޓިސަސް އިމްޕްލިމެންޓް ކުރަން ކުރާ މަސައްކަތް. އެހެންވީމަ، މީގެ ތެރޭގައި އެބަ ހިމެނޭ ކުންފުންޏަށް، ކުންފުނީގެ މަގުސަދުތައް ހާސިލްކުރުމަށް އިންސާނީ ވަސީލަތް، ނުވަތަ މީހުން ބޭނުންކޮށްގެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން. އޭގެ މާނައަކީ، އެ ގޯލްސް ތައް ހާސިލް ކުރަން ޓީމް މެނޭޖު ކުރުން. އެއީ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކުރުމުން ކަމަށް ވިޔަސް، ނުވަތަ ކުރުކޮށް ބުނާ ނަމަ، ވަޒީފާ އަށް މީހަކު ނަގާ ހިސާބުން ފެށިގެން، އެ މީހަކު ޑިވޮލޮޕްކޮށް، އެއީ ކުންފުންޏަށް ފައިދާހުރި މީހަކަށް ހެދުމާ ހަމައަށް ކުންފުނީގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން މި އަންނަނީ އެޗްއާރް ޑިޕާޓްމަންޓްގެ ޒިންމާގެ ތެރެއަށް.

އައްޒަ އާއި އެކު އޭނާގެ އެޗްއާރް ޓީމުގައި މަސައްކަތް ކުރާ ޓީމު: މިއީ އޭނާގެ ކާމިޔާބީގެ ހިއްސާދާރުންގެ ގޮތުގައި އައްޒަ ސިފަ ކުރޭ
އައްޒަ އާއި އެކު އޭނާގެ އެޗްއާރް ޓީމުގައި މަސައްކަތް ކުރާ ޓީމު: މިއީ އޭނާގެ ކާމިޔާބީގެ ހިއްސާދާރުންގެ ގޮތުގައި އައްޒަ ސިފަ ކުރޭ

އައްޒަ އާއި އެކު އޭނާގެ އެޗްއާރް ޓީމުގައި މަސައްކަތް ކުރާ ޓީމު: މިއީ އޭނާގެ ކާމިޔާބީގެ ހިއްސާދާރުންގެ ގޮތުގައި އައްޒަ ސިފަ ކުރޭ

އައްޒަގެ މަސައްކަތުގެ އެއް ދުވަސް ދާ ގޮތް އަހަރެމެންނަށް ވަރަށް ކުރުކޮށް ކިޔައިދީބަލަ؟

އައްޒަ: ހެނދުނު ހޭލާފަ ތައްޔާރުވެގެން ގިނަ ދުވަސްތަކުގައި އޮފީހަށް ދާނީ ނާސްތާ ނަގައިގެން. އާންމުކޮށް ހެނދުނު އޮންނާނެ ޑިޕާޓްމަންޓް ސްޓާފުންނާ އެކު މީޓިން އެއް. އެ މީޓިންގަ ދާނީ ޓާސްކްތައް އައިޑެންޓިފައި ކުރުމާ ގުޅުންހުންނަ މަޝްވަރާތައް. މެނޭޖްމަންޓް މީޓިން އެއް އޮންނަ ދުވަހެއްގައި ނަމަ، ހަފްތާ ފައްޓާ ދުވަހާއި ނިންމާ ދުވަހު އޮންނާނެ މެނޭޖަރުންގެ ބައްދަލުވުމެއް. އެ ބައްދަލުވުމަކީ މެނޭޖަރުން އަޕްޑޭޓް ހިއްސާކުރާ މީޓިން. ޑިޕާޓްމަންޓް ޓާސްކް ތަކެއް އޮތް ނަމަ އެ ޓާސްކް ތަކެއްގެ އަޕްޑޭޓް ގޮސްފައި އޮތް މިންވަރާއި މިހެން ގޮސް މިކަހަލަ މައުލޫމާތުތައް.

އެ މީޓިން ނިމިގެން އައިސް ޓީމަށް ބްރީފް ކުރާނީ. އާންމުކޮށް ދުވާލަކު ވަރަށް ގިނަ މީޓިން ތަކަށް އެޓެންޑް ކުރާނެ. ކޮމިޓީ ތަކުގެ ބައްދަލުވުންތަކާއި ޔުނިޓް ބައްދަލުވުންތަކާއި އެހެން ގޮސް ގިނަ ބައްދަލުވުންތަކެއް އޮންނާނެ.

މަސައްކަތު ދުވަހެއްގައި އޮފީހުގައި ރަސްމީކޮށް ހޭދަކުރާނީ ހެނދުނު 8:30 އިން 4:00 އަށް. އެއީ ހާއްސަ ކަމެއް ނުކުރާ ނަމަ.

ވަރަށް ގިނަ ޒިންމާތަކެއްގެ ވާހަކަ ތި ދެއްކީ. އެހާ ހަގު އުމުރެއްގަ އެވަރުގެ މަގާމަކަށް އައީ އަމިއްލަ ނަފްސަށް ކިހާ ވަރެއްގެ އިތުބާރެއް އޮވެގެންތަ؟

އައްޒަ: އެންވަޔަރަމަންޓް މިނިސްޓްރީ އަކީ ވަރަށް ބޮޑަށް މަސައްކަތުގެ މާހައުލަށް ލޯ ހުޅުވިގެންދިޔަ މާހައުލެއް. ސަމިޓްތައް ބޭއްވުމާ މިނިސްޓަރާ އެކީ ދަތުރުކުރުމާއި، މިހެން ގޮސް ވަރަށް ގިނަ އިދާރީ ކަންކަން ކުރާނެ ގޮތް ދަސްވި. ބިއުރޯގައި އުޅުމަށްފަހު، ޑިގްރީ ނިމުމުން ދެން ބަދަލުވީ އެޗްއާރް ޑިޕާޓްމަންޓަށް. އެތަނުގައި ވެސް އަހަރެއް ވަރު ހޭދަކުރިން. އެހެންވީމަ މަސައްކަތަށް ވަރަށް ބޮޑަށް އަހުލުވެރިވެވިފަ ހުރީ. ދެން ދާއިރާއިން ފައުންޑޭޝަން ލެވެލް އިން ފެށިގެން ޑިގްރީ އާ ހަމައަށް އޭރު ހުރީ ކިޔެވިފަ. މިހާރު މާސްޓާޒް ވެސް ނިންމައިފިން. މި ހުރިހާ ކަމަކާ އެކު، އެ ކަމަށް އެވަރަށް ޖޯޝު ހުންނާތީ ވަރަށް ކޮންފިޑެންޓު ކޮށް ހުރީ. އަޅުގަނޑަކީ ސްކޫލު ދައުރުގައި ވެސް ކަންކަން ކުރަން އިސްނަގާ ހިތްވާ ކުއްޖެއް. އެހެންވީމަ މި ހުރިހާ ކަމެއް އެޑްއަޕް ވެގެން އައި ހިއްވަރެއް ކަމަށް ވެދާނެ.

މުވައްޒަފުންތަކަކާ އެކު އައްޒަ: އޭނާގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ އެޗްއާރް އެއް ބިނާކޮށް މީހުންގެ އިތުބާރު ވަރުގަދަ ކުރުން
މުވައްޒަފުންތަކަކާ އެކު އައްޒަ: އޭނާގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ އެޗްއާރް އެއް ބިނާކޮށް މީހުންގެ އިތުބާރު ވަރުގަދަ ކުރުން

މުވައްޒަފުންތަކަކާ އެކު އައްޒަ: އޭނާގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ އެޗްއާރް އެއް ބިނާކޮށް މީހުންގެ އިތުބާރު ވަރުގަދަ ކުރުން

ސްޓްރެސް ފްރީ ކޮށް މަސައްކަތްތައް މެނޭޖްކުރަން އައްޒަ ގެންގުޅޭ ހާއްސަ އުކުޅެއް ނުވަތަ ޓެކްނިކެއް ބުނަބަލަ؟

އައްޒަ: ކެބިންގަ ހުންނާނެ ވައިޓް ބޯޑެއް. ކޮންމެ ދުވަހަކު ވެސް އޮފީހަށް އައިސް ބޯޑު އަޕްޑޭޓްކޮށްލާނަން. ދެން މަސައްކަތްތައް ނިމޭ ވަރަކުން އޭގަ ފާހަގަ ޖަހަމުން ދާނީ. ދެން މީޓިން ތައް ހޭންޑްލް ކުރަން ގޫގުލް ކަލަންޑާ ބޭނުންކުރަނީ. ދެން ހަމަ އެކުގައި ޓީމުގައި އުޅޭ ކުދިންނާ ވާހަކަ ދައްކައިން އެކުދިންނަށް ވީހާވެސް އަޕްޑޭޓް ދީގެން އުޅުނީމަ ވަރަށް ފަސޭހަވޭ.

މަސައްކަތުގެ ކުރިއެރުމާއި ކުންފުނީގެ މީހުންގެ ހިތްހަމަޖެހުން ލިބޭ މީހަކަށް އައްޒަ ވަނީ، އަމިއްލަ ނަޒަރުގައި ކޮން ސަބަބަކާ ހެދިގެންތަ؟

އައްޒަ: އަހްލާގަކީ ވަރަށް މުހިއްމު އެއްޗެއް. އަމިއްލަ ދިރިއުޅުމުގައި ވެސް، މަސައްކަތުގެ މާހައުލުގައި ވެސް. ޑިސިޕްލިން ގެ މާނަ އަކީ މީހަކު ބުނާ ކޮންމެ ކަމަކަށް އެއްބަސްވުމެއް ވެސް ނޫން. މަސްއޫލިއްޔަތާ ގުޅިގެން ދައްކަން ޖެހޭ ކޮންމެ ވާހަކައެއް ދެއްކުމާއި ބަސް ބުނަން ކެރުން ވެސް މީގަ ހިމެނޭ.

ހާއްސަކޮށް މީހުންނާ އެކު މަސައްކަތް ކުރަންޖެހޭ މީހުންގެ ހުންނަންޖެހޭ ވަރަށް މުހިއްމު ސިފަ އެއް، ވާހަކަ ދެއްކުމުގެ އަހުލާގާއި އޯގާތެރިކަމަކީ. ސިމްޕަތީ އާއި އެމްޕަތީ، މިއީ ވަރަށް މުހިއްމު ދެ ކަންތައް. މި ޒަމާނުގަ ސްޓާފުން ގެންގުޅެވޭނީ މިކަންކަން ގަބޫލުކޮށްގެން، މިކަންކަމަށް މަސައްކަތް ކޮށްގެން.

ތިން ވަނަ ކަމަކަށް، ތިމާއަށްވުރެ ދަށުގައި ވިޔަސް، މަތީގައި ވިޔަސް މަސައްކަތް ކުރާ މީހުންނަށް އިހުތިރާމް ކުރުން. ސަބަބަކީ ބޮޑު މަގާމެއްގައި ހުރުމުގެ މާނައަކީ އެންމެންނަށް ވުރެ މޮޅު ވުމެއް ނޫން. ކުންފުންޏެއްގެ އެކި މަގާމްތަކުގައި ތިބޭނެ ތިމާއަށްވުރު މާ މޮޅު މީހުން، ދުވަސްވީ މީހުން، ތަޖުރިބާ ހުރި މީހުން.

ވެމްކޯގެ ޓީމާއި އެކު އައްޒަ: އޭނާ އަކީ މުޅި ޓީމްގެ ލޯބި ލިބިފައިވާ ކުންފުންޏަށް މުހިއްމު ނަމެއް
ވެމްކޯގެ ޓީމާއި އެކު އައްޒަ: އޭނާ އަކީ މުޅި ޓީމްގެ ލޯބި ލިބިފައިވާ ކުންފުންޏަށް މުހިއްމު ނަމެއް

ވެމްކޯގެ ޓީމާއި އެކު އައްޒަ: އޭނާ އަކީ މުޅި ޓީމްގެ ލޯބި ލިބިފައިވާ ކުންފުންޏަށް މުހިއްމު ނަމެއް

އައްޒަގެ ޒިންމާތައް ފުރިހަމަ ކުރުމުގައި އެހީތެރިވެދެނީ ކޮން ބައެއް؟ އެމީހުންގެ އެހީ ހޯދަނީ ކޮން ގޮތަކަށް؟

އައްޒަ: އަޅުގަނޑުގެ ޓީމުގައި ހިމެނޭނެ ވަރަށް ހުނަރުވެރި، މަސައްކަތްތެރި ސްޓާފުން. އެއީ އެންމެ ބޮޑަށް އެހީތެރިވެދޭ މީހުންނަކީ. މުޅި ޓީމުގަ މި އުޅެނީ ވަރަށް ގުޅިގެން މަސައްކަތް ކުރާ ބައެއް. އެކަކަށް ނޭނގޭ ކަންތަކުގަ އަނެކެއްގެ އެހީތެރިކަން ހޯދަން. އެހެންވީމަ މުޅި ޓީމް މީގަ މި ހިމެނެނީ. ހާއްސަކޮށް އެކްޓިން ގެނެރެލް މެނޭޖާ އުބައިދުގެ އެހީތެރިކަން ވެސް ފާހަގަކޮށްލަން. އެހެންވީމަ، އޮފިސަރަކަސް، އެސިސްޓެންޓަކަސް، ކޮންމެ މީހަކަށް ވެސް އިތުބާރު ކުރެވޭތީ ވަރަށް ހިތްހަމަޖެހޭ.

މަސައްކަތުގެ މާހައުލުގައި މިސްޓޭކްސް ހެދޭތަ؟ އެހެން ކަމަށް ވާނަމަ އެކަންކަން ރަނގަޅުކުރަން މަސައްކަތް ކުރަނީ ކިހިނެއް؟

އައްޒަ: ވަރަށް ހަގު އުމުރުގަ މަގާމަށް އައީ. އެހެންވީމަ، ވަރަށް ގިނަ މިސްޓޭކް ތައް ހެދިފަ ހުންނާނެ. އެކަމަކު ހެދޭ ކޮންމެ ގޯހަކުން ވަރަށް ގިނަ ކަންކަން ދަސްކުރަން. ބޮޑަށް އެކަންކަން ދަންނަ މީހުންގެ އެހީ ހޯދަން. ވާހަކަ ދައްކަން. ރަނގަޅަށް ކުރެވޭނީ ކޮން ގޮތަކަށްތޯ އޮޅުންފިލުވައިގެން ޓީމާ ވާހަކަ ދައްކައިގެން ބްރެއިންސްޓޯމް ކޮށްގެން ހައްލު ހޯދަން މަސައްކަތް ކުރަން. ވަރަށް މުހިއްމު ކަމެއް ވާހަކަ ދެއްކުމަކީ. އެކި މީހުންގެ ހިޔާލަކީ ހީވެސް ނުކުރާހާ މުހިއްމު، އެހާމެ ސްޓްރޯންގް ޓޫލް އެއް.

ވެމްކޯގެ ސްޓާފް ކްލަބް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އައްޒަ އާއި ކުންފުނީގެ އިސް މަގާމުތަކުގެ މީހުންނާއި ޓީމް މެންބަރުން
ވެމްކޯގެ ސްޓާފް ކްލަބް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އައްޒަ އާއި ކުންފުނީގެ އިސް މަގާމުތަކުގެ މީހުންނާއި ޓީމް މެންބަރުން

ވެމްކޯގެ ސްޓާފް ކްލަބް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އައްޒަ އާއި ކުންފުނީގެ އިސް މަގާމުތަކުގެ މީހުންނާއި ޓީމް މެންބަރުން

ކޮބާ ޕާސަނަލް ލައިފް ގަ ވިޔަސް، ޕްރޮފެޝަނަލް ލައިފްގައި ވިޔަސް، އައްޒަގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ފާހަގަކޮށްލާނެ ކަމަކީ؟

ކުންފުނީގެ މެނޭޖްމަންޓާ މެދު މީހުން ދެކޭ ގޮތް ބަދަލުކޮށްލެވުމަކީ އެންމެ ބޮޑު ކާމިޔާބީ. އެގެ މާނައަކީ، ޒަމާނީ އެޗްއާރްއެއްގެ ކުލަ ވެމްކޯގައި ޖެއްސުން. ކުރިން ގެންގުޅުނު އިދިކީލަ ގަވާއިދުތައް ދޫކޮށްލާފަ ވަރަށް މިނިވަން، އެކަމަކު އުފެއްދުންތެރި މަސައްކަތުގެ މާހައުލެއް ވެމްކޯގެ ތެރޭގައި މިހާރު އޮތީ.

ފުރަތަމަ ފަށައިގަތް އިރު، ވެމްކޯގައި މުވައްޒަފުން ހަރުނުލާތީ މުވައްޒަފުންގެ ދަތިކަން އޮތް. ޓާންއޯވާ ރޭޓް ވަރަށް މަތީގަ އޮތީ. މީހުން މަސައްކަތް ބަލައެއް ނުގަނޭ، ކުންފުންޏަށް އިތުބާރެއް ނުކުރޭ. މިހާތަނަށް ކުރެވުނު މަސައްކަތުން، ވެމްކޯގެ ޓާންއޯވާ ރޭޓް ވަރަށް ދަށް ވެއްޖެ. ތަން ދެކެ ލޯބިވާ މުވައްޒަފުން މިހާރު އެބަތިބި. މީހުން ވެމްކޯގެ މަސައްކަތް ވެސް ބަލައިގެންފި.

އައްޒަ އަށް މިހާތަނަށް މީހަކު ދިން އެންމެ އަގުހުރި ނަސޭހަތަކީ ކޮބާ؟

އައްޒަ: މަންމަ އާއި ބައްޕަގެ ފަރާތުން. އަބަދުވެސް ނަސޭހަތްދޭނެ، ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށް އުޅުނަސް އަހުލާގު ހިފަހައްޓަން. ހިތްތިރި މީހަކަށް ވާން، މީހުންގެ ވާހަކަ އަޑުއަހާ، މީހުންނަށް އޯގާތެރި މީހަކަށް ވާން.

އައްޒަ އޭނާގެ ގްރެޖުއޭޝަން ގައި މަންމަ އާއި ބައްޕަ އާއި އެކު ނަގާފައިވާ ފޮޓޯ އެއް
އައްޒަ އޭނާގެ ގްރެޖުއޭޝަން ގައި މަންމަ އާއި ބައްޕަ އާއި އެކު ނަގާފައިވާ ފޮޓޯ އެއް

އައްޒަ އޭނާގެ ގްރެޖުއޭޝަން ގައި މަންމަ އާއި ބައްޕަ އާއި އެކު ނަގާފައިވާ ފޮޓޯ އެއް

އައްޒަ، ޒުވާނަކަށް ނުވަތަ ކިޔަވާ ކުއްޖަކަށް ދޭނެ އެންމެ އަގުހުރި ނަސޭހަތަކީ ކޮބާ؟

އައްޒަ: ކިޔަވައި ނިމޭ އިރު އަމިއްލަ އަށް ޝައުގުވެރިވާ ކަމެއް، ނުވަތަ އަމިއްލަ މީހާގެ ކިބައިން ހާއްސަ ހުނަރެއް ފާހަގަ ވާނަމަ އެކަމެއް ދެނެގަނެ، ލޯބި ވާ ދާއިރާއަކުން ކުރިއަށްދާން ކުރަން ޖެހޭ މަސައްކަތް ކުރަން އިސްކަން ދޭން ބުނާނީ.

އޯލެވެލް ނިމޭއިރު އެހާ ބޮޑަށް ކުރިއަށް ދާންވީ ދިމާ ނޭނގިދާނެ. އެހެން ކަމަށް ވާނަމަ ދެން ބަލާނީ އެކި ތަންތަނުން އިންޓާންޝިޕް ފުރުސަތުތައް ކަހަލަ ފުރުސަތު ހޯދައިގެން ވިޔަސް ވަޒީފާގެ މާހައުލު އެކްސްޕްލޯ ކުރަން. ހުހަށް ނުހުރެ ކުރިއަށް ދާން އަބަދު ވެސް މަސައްކަތް ކުރުން ވަރަށް މުހިއްމު.

ފަހުގެ ޚަބަރު

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ނާނާ ޕަޓޭކަރު މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނާނާ ޕަޓޭކަރު އުމުރުން 75 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން ގޯއާގައި ހުންނަ އޭނާގެ ގޭގައި މަރުވެއްޖެއެވެ. އިންޑިއާގެ ގައުމީ ފިލްމީ އެވޯޑްތައް ހާސިލްކޮށްފައިވާ މި ހުނަރުވެރި ތަރި މަރުވިއިރު، އޭނާ ވަނީ ސީރިއަސް އަދި ކޮމެޑީ ރޯލުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

އެންމެ ގިނަ ޕެންގުއިން އުޅޭ ރަށުން އާބާދީގެ ބޮޑުބައެއް ނެތިގޮސްފި

ދުނިޔޭގައި އެންމެ ގިނައިން ޕެންގުއިން އުޅޭ ޒަވޮޑޮވްސްކީ އައިލެންޑުގެ "ޗިންސްޓްރެޕް" ޕެންގުއިންގެ އާބާދީ 63 އިންސައްތަ މަދުވެފައިވާކަން އާ ދިރާސާއަކުން ދައްކައިފިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާ ލިބުން ދަތިވެ، މި ބާވަތުގެ ޕެންގުއިން ނެތިދިއުމުގެ ބިރު އޮތްއިރު، އެ ރަށުގައި އުޅޭ "މެކަރޯނީ" ޕެންގުއިންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox