ޕީއެސްޖީން ބަޔާން ކަޓުވާލައިފި، ޗެލްސީ ސެމީ އަށް

Apr 13, 2021, 11:32 PM
މެޗަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސެވިލް (އޭޕްރިލް 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގެ މެޗުތަކުން މިރޭ ބަލިވި ނަމަވެސް ޕީއެސްޖީ އާއި ޗެލްސީ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަތައް ކަށަވަރުކޮށްފި އެވެ.

ޗެލްސީގެ ހޯމް މެޗުން މިރޭ ޕޯޓޯ އަތުން 1-0 އިން ބަލިވި ނަމަވެސް އެގްރިގޭޓަށް ބަލައި ޗެލްސީ އަށް ކުރި ލިބުނީ 2-1 އިންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ވަނީ 1-0 އިން ޕީއެސްޖީ ދަނޑުގައި މޮޅުވެފަ އެވެ. އެކަމަކު ޕީއެސްޖީ އަށް ކުރި ލިބުނީ އެގްރިގޭޓް 3-3 އިން އެއްވަރުވިއިރު، ރަށުންބޭރުގައި ޖަހާފައިވާ ގޯލުގެ ގަވާއިދުންނެވެ.

ޗެލްސީ އާއި ޕޯޓޯ މިރޭ ދެ ވަނަ ލެގު ވެސް ކުޅުނީ ފުރަތަމަ ލެގު ކުޅުުނު ސްޕެއިންގެ ސެވިލްގަ އެވެ. ދެ ލެގު ވެސް ސްޕެއިނުގައި ކުޅެން ނިންމީ ކޮވިޑް-19ގެ ސަބަބުން ޕޯޗުގީސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިންގްލެންޑަށް ގޮސްގެން ޕޯޓޯ އަށް މެޗު ކުޅެވޭނެ ގޮތެއް ނުވުމުންނެވެ. މެޗު ފަށައިގެން ޕޯޓޯ އިން ދިޔައީ ނުރައްކާކުރަމުންނެވެ.

މެޗުގެ ކުރީކޮޅުގައި ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ހެދި ގޯހެއްގެ ފައިދާނަގައި ލީޑުނަގަން ޕޯޓޯގެ ހެސޫސް ކޮރޯނާ ޖެހި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ. ފުރަތަމަ ހާފުގައި ޗެލްސީ އަށް ލީޑުނަގައިދޭން ކައި ހަވާޓްޒް ޖެހި ބޯޅަ ވަނީ ޕޯޓޯ ކުޅުންތެރިން ބްލޮކްކޮށްފަ އެވެ. ދެ ވަނަ ހާފްގައި ޗެލްސީގެ މޭސަން މައުންޓާއި ކްރިސްޓިއަން ޕުލިސިޗަށް ވެސް ލަނޑު ޖަހާނެ ފުރުސަތެއް ލިބުނު ނަަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ތަރޭމީ އޯވަހެޑް ކިކަކުން ޗެލްސީ ކޮޅަށް ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ޕޯޓޯ އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ އިތުރު ވަގުތުގަ އެވެ. އީރާންގެ ފޯވާޑް މަހުދީ ތަރޭމީ މި ގޯލު ޖެހީ އޯވަހެޑްކިކަކުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތަރޭމީ ސަސްޕެންޝަނުގެ ސަބަބުން ފުރަތަމަ ލެގުގައި ނުކުޅެ އެވެ.

މި މެޗުން ޗެލްސީ ބަލިވިއިރު، މިއީ މި މުބާރާތުގައި މެޗަކުން އެ ޓީމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ފާއިތުވި ހަތް އަހަރު ތެރޭ ކުޅޭ ފުރަތަމަ ސެމީގައި ޗެލްސީ ބައްދަލުކުރަން ޖެހޭނީ ލިވަޕޫލާއި ރެއާލް މެޑްރިޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފުރަތަމަ ލެގުން ރެއާލް ވަނީ އަމިއްލަ ދަނޑުގައި 3-1 އިން މޮޅުވެފަ އެވެ.

ޕީއެސްޖީ ދަނޑުގައި މިރޭގެ މެޗަށް ބަޔާން ނުކުތްއިރު އެ ޓީމަށް ސެމީގެ ފުރުސަތެއް ލިބެން އޮތީ މަދުވެގެން ދެ ގޯލުން މޮޅުވެގެންނެވެ. ނޫނީ 3-2 އަށް ވުރެ ބޮޑު ނަތީޖާ އަކުން އެއް ގޯލުގެ ފަރަގުން މޮޅުވެގެން ވެސް ބަޔާނަށް ސެމީ އަށް ދެވޭނެ އެވެ.

ފުރަތަމަ ހާފުގައި އެރިކް މެކްސިމް ޗޮޕޫ މޯޓިން ޖެހި ގޯލުން ބަޔާން އުއްމީދެއް ހޯދި އެވެ. އެކަމަކު ކުރިން ޕީއެސްޖީ އަށް ކުޅުނު ޗޮޕޫ މޯޓިންގެ މި ގޯލުގެ އިތުރުން ދެން ބަޔާނުން ގޯލެއް ޖަހަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ. ލެރޯއި ސާނޭ އާއި ކިންގްސްލީ ކޯމަން އަށް ރަނގަޅު ފުރުސަތުތައް ލިބި ބޭނުމެއް ނުކުރެވުނެވެ. އަދި އަނިޔާގެ ސަބަބުން ރޮބަޓް ލެވަންޑޯސްކީ ނުލައި ބަޔާނުން ކުޅުނު މި މެޗުގައި އެ ޓީމުން ފޮނުވާލި ބައެއް ހަމަލާތައް ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް ވަނީ ހުއްޓުވައިފަ އެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ފޮނުވާލި ބައެއް ޝޮޓްތައް ވަނީ ނުރައްކާކޮށްފަ އެވެ. އޭނާ ފޮނުވާލި ދެ ބޯޅައެއް ވަނީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ. ދެ ވަނަ ހާފުގައި ކީލިއަން އެމްބާޕޭ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މިއީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަޔާން އަތުން ވީ ބަލި ހަނދާނުން ފޮހެލަން ޕީއެސްޖީ އަށް ރަނގަޅު ބަދަލުހިފުމެކެވެ. ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުުން ފުރުސަތު ހޯދިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ މެންޗެސްޓާ ސިޓީ އާއި ބޮރޫޝިއާ ޑޯޓްމަންޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ފުރަތަމަ ލެގުން ސިޓީ ވަނީ 2-1 އިން ޑޯޓްމަންޑް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox