ނިއުކްލިއާ ހަކަތަ އުފައްދާ ސްޓޭޝަނުގައި ހުރި ތަގައްޔަރުވެފައިވާ ފެން ކަނޑަށް ދޫކުރަނީ

ޖަޕާނުގެ ފުކުޝިމާ ނިއުކްލިއާ ސްޓޭޝަން-- ފޮޓޯ: ރޮއިޓާޒް

ޖަޕާނުގެ ފުކުޝިމާ ނިއުކްލިއާ ސްޓޭޝަން-- ފޮޓޯ: ރޮއިޓާޒް

ހަލާކުވެފައިވާ ފުކުޝިމާ ނިއުކްލިއާ ހަކަތަ އުފައްދާ ސްޓޭޝަނުގައި ހުރި ތަގައްޔަރުވެފައިވާ ފެންތައް ކަނޑަށް ދޫކުރަން ޖަޕާނުން ނިންމައިފި އެވެ.

އެކަން އިއުލާނު ކުރުމާއެކު އަވައްޓެރި ޗައިނާ އާއި ދެކުނު ކޮރެއާއިން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އޭގެ އިތުރުން ތިމާވެށި ހިމާޔަތް ކުރަން އުޅޭ ގްރޫޕުތަކާއި މަސްވެރިކަމުގެ ސިނާއަތުގެ މީހުން ވެސް ތިބީ ހިތްހަމަނުޖެހިފަ އެވެ.

ޖަޕާނު ސަރުކާރުން ބުނީ އެ ފެންތައް ކަނޑަށް ދޫކުރުމުގެ މަސައްކަތް ފަށާނީ އަދި ދެ އަހަރު ފަހުން ކަމަށާއި އެ މަސައްކަތް އެއްކޮށް ނިންމުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށެވެ.

އެ މަސައްކަތް ކުރިއަށް ގެންދާނީ ފުކުޝިމާ ޕްލާންޓު އޮޕަރޭޓް ކުރާ ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކުންފުނިންނެވެ.

ފުކުޝިމާ ޕްލާންޓުގައި ގާތްގަނޑަކަށް އޮލިމްޕިކް ސައިދުގެ 500 ސްވިމިން ޕޫލު ފުރޭ ވަރަށް ތަގައްޔަރުވެފައިވާ ފެން އެބައް ހުއްޓެވެ. އެ ފެން މީގެ ކުރިން ޓްރީޓުކޮށްފައި ހުރި ނަމަވެސް ނުރައްކާތެރި މާއްދާތައް ވަކިކުރަން ފިލްޓާ ކުރަން ޖެހޭނެ އެވެ.

ކަނޑަށް ފެންތައް ދޫކުރުމުގެ ކުރިން ބައިނަލްއަގްވާމީ މިންގަނޑަށް ފައްތަން ޑިލިއުޓު ކުރަން ވެސް ޖެހެ އެވެ. އެކަމާ ގުޅިގެން ބޮޑުވަޒީރު ޔޮޝިހީޑޭ ސުގާ ވިދާޅުވީ މިއީ ފުކުޝިމާ ޕްލާންޓު ހުރި ސަރަހައްދު އަލުން ތަރައްގީ ކުރަން ކޮންމެހެން ވެސް ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ.

އެ ނިންމުމާ މެދު ހިތްހަމަނުޖެހި ޗައިނާއިން ނެރުނު ބަޔާނެއްގައި ބުނީ އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެ ގައުމުން އަޅާނެ ކަމަށާއި ޖަޕާނުގެ ނިންމުން ވަރަށް ޒިންމާދާރުކަން ކުޑަ ކަމަށެވެ.

ދެކުނު ކޮރެއާއިން ވެސް ބުނީ މިއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ނިންމުމެއް ނޫން ކަމަށާއި ރަސްމީކޮށް ޖަޕާނު ސަރުކާރަށް ޝަކުވާ ހުށަހަޅާނެ ކަމަށެވެ.

ޗައިނާ އާއި ދެކުނު ކޮރެއާގެ އިތުރުން ޓައިވާނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގައުމުތަކުން ކަންބޮޑުވެފައި ވަނީ އެ ފެނުގައި އެކުލެވޭ ރޭޑިއޭޝަނުގެ ސަބަބުން އިންސާނުންނާއި ތިމާވެއްޓަށް ދިގު މުއްދަތަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތުމުންނެވެ.

ހަކަތަ އުފައްދަން ޖަޕާނުގައި ބޭނުން ކުރަމުން ދިޔަ ފުކުޝިމާ ނިއުކްލިއާ ސްޓޭޝަން އެއްކޮށް ހަލާކުވީ މީގެ 10 އަހަރު ކުރިން އައި ބޮޑު ސުނާމީއެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox