ގްރީން ސްޓްރީޓްސް އަށް ކޮންމެ ޓީމަކާ ވެސް ޗެލެންޖްކުރެވޭނެ: ސާއިފް

ލީގުގެ މެޗެއްގެ ތެރެއިން ސާއިފް.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލީގުގެ މެޗެއްގެ ތެރެއިން ސާއިފް.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ނިސްބަތުން ޒުވާން ސްކޮޑަކާ އެކު މި ފަަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކްލަބް ގްރީން ސްޓްރީޓްސް އަށް ލީގުގައި ވާދަކުރާ ކޮންމެ ޓީމަކާ ވެސް ޗެލެންޖް ކުރެވިދާނެ ކަމަށް އެ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު ސާއިފް ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ގްރީން ސްޓްރީޓްސް އިން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސާއިފް އެވެ. އޭނާ އަކީ މި ފަހަރު ގްރީން ސްޓްރީޓްސް އިން ލީގުގައި ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.

ގްރީން ސްޓްރީޓްސް މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 12 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ސާއިފް ބުނީ ގްރީން ސްޓްރީޓްސް އިން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ތިން ޕޮއިންޓަށް ޓާގެޓް ކޮށްގެން ކަމަށެވެ.

"އަސްލު ހަގީގަތުގައި ގްރީން މިއީ ވަރުގަދަ ޓީމެއް. ހުރިހާ ޓީމަކާ ވެސް ޗެލެންޖް ކުރެވޭނެ ވަރުގެ ޓީމެއް. ދެން (ޓީސީ މެޗުގައި ވެސް) މޮޅަކަށް ކުޅުނީ ދެން މޮޅުވުމާއި ނުވުން އެއީ އެހެން ފަރާތަކުން ވާ ކަމެއް،" ސާއިފް ބުންޏެވެ.

އުމުރުފުރާ ގައުމީ ޓީމުތަކުގައި ކުޅުނު ސާއިފް ވަނީ ގައުމީ ސީނިއާ ޓީމުން ވެސް ފުރުސަތު ހޯދައިފަ އެވެ. ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ވެސް ފާހަގަވި ސާއިފް ފުރަތަމަ ޑިވިޝަނުގައި ޒުވާން އުމުރުގައި ކުޅެން ފެށި އެވެ. ސާއިފް ވަނީ ކްލަބް ވެލެންސިއާ އާއި މާޒިޔާގެ އިތުރުން ވިކްޓްރީ އަށް ވެސް ކުޅެފަ އެވެ. ގްރީން ސްޓްރީޓްސް އަށް ބަދަލުވުމަށް ފަހު ސާއިފް ވަނީ ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

Mohamed Saaif
Mohamed Saaif

ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ގްރީން ސްޓްރީޓްސް ކުޅުނު މެޗުގެ ތެރެއިން ސާއިފް ބޯޅަ ހިފައިގެން-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ އަލީ ނިސްތާރު މުހައްމަދު، މިދިޔަ އަހަރު ހަވާލުވިފަހުން އެ ޓީމު އޮތީ ވަރަށް ބޮޑަށް ޒުވާންވެފަ އެވެ. ސާއިފް ބުނީ ޒުވާން ކުޅުންތެރިން ގިނަ ސްކޮޑަކާ ބަލާއިރު، އެ ޓީމުން ނެރޭ ނަތީޖާތައް ރަނގަޅު ކަމަށެވެ.

"(ޒުވާން) ޔަންގް ކުޅުންތެރިންނާ ބަލާފައި ހަމަ ވަރަށް ރަނގަޅު މި ޓީމު ހަމަ. އަނެއްހެން ބުނާނަމަ އޯލްޑް (ދުވަސްވީ) ޕްލޭޔަރުންނެއް އަނެއްހެން ނުއެއް ނެތް. ނަން މަޝްހޫރު ކުޅުންތެރިންނެއް ވެސް ނެތް. ދެން ރިލޭ (ރިލްވާން ވަހީދު) ހުރީ. އެއީ އަޅުގަނޑުމެންގެ ކެޕްޓަން. ޔަންގް (ޒުވާން) ސްކޮޑަކާ ބަަލައި ވަރަށް ރަނގަޅު ޕާފޯމަންސް (ކުޅުމެއް) ދައްކަމުން މިދަނީ،" ސާއިފް ބުންޏެވެ.

އުމުރުން 27 އަހަރުގެ ސާއިފަކީ މި ސީޒަނުގައި ގްރީން ސްޓްރީޓްސްގެ ހުރިހާ މެޗެއްގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. ލީގުގެ ގިނަ މެޗުތަކެއްގައި އެއް ފެންވަރެއްގައި ކުޅުން ދަމަހައްޓަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

"މި ބަލަނީ ކޮންމެ މެޗެއްގައި ވެސް 100 ޕަސެންޓް ދެވޭތޯ. ގިނަ ފަހަރަށް 100 ޕަސެންޓް ދިނިއްޔާ މި ދަނީ ރަނގަޅަށް،" ސާއިފް ބުންޏެވެ.

ލީގުގައި ގްރީން ސްޓްރީޓްސް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެެވެ. މެޗު ފަށާނީ ގަޑިން 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox