ދިވެހިންނާއި ކަޓިންބޯޑު: ފާޑުވެރިކަމާ އެކު ކޮށުމާއި ކެފުމާއި ފޮތިކުރުން

ދިވެހިންނާއި ކަޓިންބޯޑު: ފާޑުވެރިކަމާ އެކު ކޮށުމާއި ކެފުމާއި ފޮތިކުރުން

ރޯދަ ވީއްލުމަށް ގުޅަ، ބަޖިޔާ ތެއްލައި، ހިކި ރިހަ ކައްކަން ތައްޔާރުވަނީ އެވެ. އެއްބަޔަކު މިރުސް ކޮށާއިރު އަނެއްބަޔަކު މަސް ކޮށަނީ އެވެ. ދެން ހުރި މީހަކު ހުނި ގާނަނީ އެވެ. އަތް ހުސްކޮށް ހުރީ އަހަރެން އެކަންޏެވެ. ބަލާކަށް ނުހުރެ އަތުކުރި އޮޅާލާފައި ބޮޑު ވަޅި އަތަށް މަހާލައިގެން ގޮސް ލަކުޑި ކަޓިން ބޯޑު ހިފައިގެން އައިސް ފިޔާ ނޮޅަން އިން މަންމަ ކައިރީ ހުއްޓި ފިޔައެއް ނަގައިފީމެވެ. މަންމަ ވަގުތުން ނުރުހުން ފާޅުކޮށް ފިޔާ އަތުލައިފި އެވެ. ތިޔަ ކަޓިން ބޯޑަކުން މޮޑެން ކަމުދާހާ ތުނިކޮށް ފިޔައެއް ނުކޮށޭނޭކަމަށް ބުނުމުން ދައްތަ އާއި ފަހަރިވެސް އެއްބަސްވެއްޖެ އެވެ. އަހަރެން ދެކޮޅު ހެދީމެވެ. އަތުން ކޮށާ ކޮންމެ ގޮތަކަށް ބޯޑުންވެސް ކޮށޭނޭކަމަށް ބުނެ ފޮނިކަނޑަން ރަނގަޅަށް ފަށައިނުގަނެވިގެން އުޅެނިކޮށް، އަހަރެން ހުތް ވެއްޖެއެވެ.

ތެދެކެވެ. ހަމަ ގައިމުވެސް އަހަރެން ބޯޑުން ކޮށާއިރު، މޮޑެން ކޮށާ ގޮތަށް، މީރުކުރަން ކޮށާގޮތަށް، އަރިއަށް ނޫނީ ވަށްކޮށް ކޮށާކަށް އެހާ މޮޅެއް ނޫނެވެ. އެ ގޮތްގޮތަށްވެސް ކޮށެއެވެ. އެހެންނަމަވެސް މަންމަ، ވައަތުން ފިޔާ ހިފަހައްޓައިގެން ހުރެ، ކަނައަތުގެ ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިއްޔާ ދެމެދަށް ވަޅީގެ ތިލަ ލައިގެން އެއް ހަމައެއްގައި އަތް ހިންގަމުން ފިޔާ ކޮށާލާއިރު އެ ހުންނަ ތުނިކަމެއް، ބޯޑުން ކޮށީމާ ނުހުރެއެވެ. އަދި ކިއެއްތަ، ދިވެހި ހެދިކާ ހަދާއިރު އަދި ދިވެހި ރަހަތަކަށް، އަތުން ކޮށާ ކޮށުމުން ތަފާތު ގެނުވާކަމީ، ޝައްކެއް އޮތް ކަމެއް ނޫނެވެ.

މިއީ ކަޓިން ބޯޑު ދޫކޮށްލަން އަޑު އުފުލާ ލިޔުމެއް ނޫނެވެ. ޒަމާނީ ޓެކްނޮލޮޖީއާ ދެކޮޅަށް ކުރާ ކެމްޕެއިނެއް ވެސް ނޫނެވެ. އެހެންނަމަވެސް ދިވެހި ކެއްކުމުގައި ހުރި އެފަދަ ފަންނުތައް ދެމެހެއްޓުމުގެ މުހިއްމުކަމެއް އޮތްތޯ އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދުނީތީ ފާޅުކުރާ ޝުއޫރެކެވެ.

Advertisement

އެކި ސަގާފަތްތަކުގައި އެކި ރެސިޕީތައް ލިޔުމަށް ތިރިކުރާއިރު، އެ ރެސިޕީއަކަށް ބޭނުންވާ ގޮތަށް ތަކެތި ކޮށަން ކަންކުރާންޖެހޭ ގޮތްވެސް ލިޔެފައި އޮވެއެވެ. މިސާލަކަށް ގިނަ ކައްކާއިން ދަންނަ "ޖޫލިއެން" ކުރުން ނުވަތަ ފްރެންޗް ކަޓަށް ބަލާލަމާ ހެއްޔެވެ. އެއީ ފަރަންސޭސި ކެއްކުމުން އައި ފަންނެކެވެ. އެގޮތަށް ކޮށުމަކީ ހާއްސަކޮށް އެކި ބާވަތުގެ ތަރުކާރީ، އަލިފާންދަނޑިތަކެއްހެން ތުނިކޮށް، ދިގުކޮށް ކޮށުމެވެ. އެ ރެސިޕީތަކަށް ކޮށަން ޖެހޭނީ އެހެންކަން އެންމެންވެސް ދަނެ އެވެ.

ދިވެހި ކުރީގެ ކައްކާ ފޮތްތަކުގައިވެސް ކޮށުމުގެ ފަންނުގެ ބައެއް ކަންކަން މިގޮތަށް ތަފްސީލުކޮށްދީފައިވެއެވެ. "ވައްކޮށް" އަދި "އަރިއަށް" ފިޔާ ކޮށުން ނުތަވަ "ތުނިކޮށް" ފިޔާ ކޮށުމެވެ. އެހެންނަމަވެސް މި ފަންނު ދަންނަ މީހުންގެ ޢަދަދަކީ ކޮބައިތޯ ސުވާލު އުފައްދަން ޖެހެ އެވެ.

ފިޔާ އަދި ކަޓިން ބޯޑު ދޫކޮށްލަމާތޯ އެވެ. ފޮނި ކާތަކެތި ކޮށާ ގޮތްތައް އަހަރެމެން ދަންނަމުތޯ އެވެ. މިއީ ދެން މާ ބޮޑު ފަންނުވެރިކަމެއް ބޭނުންވާ ކަމެއް ނޫނެވެ. ދިވެހި ފޮނި ކާތަކަތި، ހާއްސަކޮށް ހިލުމަށްފަހު ދޮލަނގަށް އަޅައިގެން ހިއްކާ ޒާތުގެ ތަކެއްޗާއި އާވިން ކައްކާ ތަކެތި (ހަލުވާ، ހަލުވިދާ، މެޓާ، ޓޮފީ، ޕުޑިން އަދި ކިރުބޯކިބާ ފަދަ ތަކެތި) އަހަރެމެން މިހާރު ކަފަނީ ހަތަރެސް ކަނަށެވެ. އެހެނަސް އޭރު، އެ ފަދަ ފޮނި ކާތަކެތި ކެފުން ޙާއްސަ ބައްޓަމަކީ ތުތިމަހެވެ. އެއްގޮތަކީ މި ތަކެތި ތުތިމަހަށް، އެއީ ހަތަރެސްކަނަށްވުރެން ކަންކުތިކޮށް ދިގުކޮށް، އަނެއް ދެކަން ކުރުކޮށް ހުންނައިރު ހުންނަގޮތަށް ކެފުމެވެ. އަނެއް ގޮތަކީ އެ ފަދަ ތަކެތި ތުތިމަސްކޮށް ހުންނަ ތައްގަނޑަށް އޮބުމެވެ. މިއީ މިހާރުވެސް ކުރެވޭނޭ ކަންކަމެވެ. ކުޑަ މަސައްކަތަކުން ދިވެހިންގެ އަމިއްލަވަންތަކަން ދިރުވާ އާލާކުރެވުނީ އެވެ.

އަހަރެމެންގެ ދުފުމަށް ދަމާހެއްޔެވެ. އަހަރެން ކުޑައިރު ގޭ ދުފާތަބަކުގައި ހުންނާނީ ފޯއް ކިބަތަކަކާއި ބިލެތާއި ކަރަންފުލާއި ހުނި އަދި ކުޑަ ފޯއްވަޅިއެކެވެ. ދުފާ އުމުރަށް އަޅާ ކޮންމެ ކުއްޖަކަށް ފޯއް ވަޅިން އަމިއްލައަށް ފޯއް ކޮށަން އެނގޭނެ އެވެ. ފުރާވަރުގެ ދެ ޖިންސުގެ ކުދިންވެސް އެއް އަތުން ފޯއްކިބަ ނަގައިގެން ފޯއްވަޅީގެ ފައި ބަނޑުގައި ވިއްދައި، އަނެއް އަތުން ފަރިތަކޮށް ފޯއް ކޮށާލަން ތިބޭ މަންޒަރަކީ އާއްމުކޮށް ފެންނަ މަންޒަރެކެވެ. އެއީ އަދި އާދައިގެ ކޮށުމުގެ ވާހަކަ އެވެ. ފޯއް ކޮށާވެސް ހާދަހާ ގޮތެއް އޭރު އޮވެއެވެ.

މުސްކުޅިންނަށް (ދަތް ނެތް މާމަ ކާފަމެން) ދުފަން ފޯއް ކޮށާނީ، ފޯއް ކިބަ ގާނާހާ ތުނިކޮށެވެ. އާއްމުކޮށް ކެއުމަށްވެސް ކޮށާނީ ތުނިކޮށެވެ. ފޯއް ފޮތި ތުނިކަމުން ދެ ފަރާތުން އޮޅިފައި އޮތުން އެއީ މޮޅު ގޮތެކެވެ. އެކަމަކު އޭގެ ވެސް އެންމެ ޝާހީ ގޮތަކީ، ފަސްފިޔަ މަލަށް ފޯއް ކޮށުމެވެ. ކައިވެނި ސަޔަށް ނުވަތަ އެނޫން ވެސް ހާއްސަ މުނާސަބާތަކަށް ފޯއް ކޮށާ އިރު ފޯއް ކިބަ ފޯކޮށްފައި އޭގެ އަރިމަތި ވަޅިއަކުން ކަފައިގެން، ފަސް ފިޔަ ފެންނަ ގޮތަށް، ކާމަރަނގައެއްގެ ބައްޓަން ގެނުވަ އެވެ. ދެން މި ގޮތަށް އޮންނަ ފޯއްކިބަ ފޯއްވަޅިން ކޮށުމުން، އެ ފޯއް ފޮތިތައް ހުންނަނީ ފަސް ފިޔަ މާތަކެއް ހެންނެވެ.

ހަމަ ގައިމުވެސް އަހަރެންގެ ހަމަ ލޮލަކަށް އެ ގޮތަށް ފޯއް ކޮށާ މަންޒަރެއް ނުދެކެމެވެ. އެހެންނަމަވެސް، ދިވެހި ކެއްކުންތަކަށް ހާއްސަ ވިޔަފާރިއެއް ކަމަށްވާ "އައިމިނައިދީސް"ގެ ސޯޝަލް މީޑިއާގައި މި ގޮތަށް ފޯއް ކޮށާ ވީޑިއޯއެއް ދާދި ފަހުން ހިއްސާކޮށްފައިވެއެވެ.

މި ވީޑިއޯ ބަލައިލުމުންވެސް ދިވެހި ސަގާފަތުގެ ހާއްސަ ކަންކަމުގެ ތެރޭގައި ހުރި މި ފަދަ އެތައް ކަމަކަށް އަހަރެމެން ބީރައްޓެހި މިންވަރު އިހުސާސްކުރެވުނެވެ. މިއީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތަކުން އިތުރަށް ދިރުވާ ކުރިއެރުވޭނޭ ފަންނުތަކެވެ. ލިޔެލާޖެހުމާއި ކުނާވިޔުން ޒަމާނީ ވީ ފަދައިން ޒަމާނީކޮށް، އާއްމުކުރެވޭނޭ ފަންނުތަކެވެ. ކައިވެނީގެ ރަންކިޔުމަށް ލިބާސް ލުމުގެ ސަގާފަތް ގެނެސް ދިވެހިވަންތަކަން ދިރުވާ އާލާކުރި ޖީލަކަށް، މިއީ އަދި ފެންމެޓަލެވެ.

މި ރޯދަމަހު އަތުން، އަރިއަށާއި ވައްކޮށް ފިޔާ ކޮށަން ދަސްކުރަމާ ހެއްޔެވެ. ރޯދަ ސޭލަކުން ފޯއްވަޅިއެއް ގެއަށް ގަނެ، ފަސް ފިޔަ މަލަށް ނޫނަސް، ފޯއްކޮށަން ދަސްކުރަމާ ހެއްޔެވެ. އީދު ކޭމަށް އަޅާ ހަލުވިދާ، ތުތިމަހަށް ކަފާލަމާހެއްޔެވެ. ކުޑަ ކުޑަ ހިތްވަރެއް ކޮށްލައިގެން އަހަރެމެންގެ ސަގާފަތް ދަމަހައްޓަމާ ހިނގާށެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox