ދެބެއިންގެ ގަދަހިފުމުން މޮޅުވީ އެހެން ކެންޑިޑޭޓެއް

ހިންމަފުށި ކައުންސިލްގެ ރައީސް ކަމަށް ހޮވުނު ހަސަން ފާއިޒް އާއި އިންތިހާބު ނާކާމިޔާބުވި މިހާރުގެ ރައީސް ޝާން--

ހިންމަފުށި ކައުންސިލްގެ ރައީސް ކަމަށް ހޮވުނު ހަސަން ފާއިޒް އާއި އިންތިހާބު ނާކާމިޔާބުވި މިހާރުގެ ރައީސް ޝާން--

ހޮނިހިރުދުވަހު ބޭއްވި އިންތިހާބުގައި އެންމެ ޝައުގުވެރި އެއް ކަމަކީ ކ. ހިންމަފުށީ ކައުންސިލްގެ ރައީސްކަމަށް ދެބެއިން ވާދަކުރުމެވެ. އެ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ޕީޕީއެމްގެ މެމްބަރު، ޝާން އިބްރާހީމްއާ ވާދަކުރެއްވީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ފަރުހާދު އިބްރާހީމެވެ.

ކައުންސިލްގެ ރައީސްކަން ނެގުމުގެ އަޒުމާ އެކު ނުކުތް މި ދެބެއިންނާ އެކު އެ ގޮނޑިއަށް ހަތަރު ކެންޑިޑަކު ވާދަކޮށް ކެމްޕޭން ފޯރި ގަދަ އެވެ. އެކަކު އަނެކަކަށް ދޫނުކޮށް ދެ މީހުން ކުރިއަށް ގެންދިޔަ ކެމްޕޭންގައި މޮޅުވީ އެހެން ކެންޑިޑޭޓެކެވެ.

އެއީ، ކައުންސިލްގެ ނައިބު ރައީސަކަށް ހުންނަވައި ރައީސްކަމުގެ ގޮނޑިއަށް ވާދަކުރެއްވި ހަސަން ފާއިޒެވެ.

Advertisement

އިންތިހާބުގައި ޝާންއަށް 246 ވޯޓު ލިބިވަޑައިގަތްއިރު ހަސަން ފާއިޒު ކާމިޔާބު ހޯއްދެވީ 347 ވޯޓުނެވެ. ޝާންއާ ވާދަ ކުރި އޭނާގެ ބޭބެއަށް ލިބުނީ 27 ވޯޓެވެ.

މީގެ ކުރިން ބޭއްވި ހުރިހާ ލޯކަލް ކައުންސިލްތަކެއްގެ އިންތިހާބު ހިންމަފުށިން ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމް އެވެ. ނަމަވެސް މިފަހަރު އިންތިހާބުވީ އަމިއްލަ ފަސް މެމްބަރުންނެވެ. ޝާންއާ އެކު އިންތިހާބުގައި ޕީޕީއެމުން ވާދަ ކުރި ތިން ކެންޑިޑޭޓުން ވަނީ ފަހުން ނަން ނަގައިފަ އެވެ.

ތިން ދައުރަށް ފަހު އިންތިހާބު ނުވި ސަބަބާ ގުޅޭގޮތުން ޝާން "އަދަދު" އަށް ވިދާޅުވީ މީގެ ކުރިން ހުރިހާ އިންތިހާބެއްގައި އެ ރަށުން ޕީޕީއެމް ކުރި ހޯދި ނަމަވެސް މިހާރު އެ ޕާޓީގެ ރޫހު ދަށްވެފައިވާ ކަމަށެވެ. އަދި އޭނާއާ ޕީޕީއެމްގެ ދެ މީހަކު އަމިއްލަ ގޮތުން ވާދަ ކުރުމުން ވެސް ވޯޓްތައް ބެހިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް އޮތް ހާލަތުން ފަންޑެއް ވެސް ނުކުރި. އެވެސް ކުރިމަތިވި ކަމެއް،" ޝާން ވިދާޅުވި އެވެ.

އޭނާގެ ބޭބެ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރުމަކީ ވެސް ކުރިމަތިވި ހުރަހެއް ކަމަށް ޝާން ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލު ނޫހުގައި ޖަހަން ޝާން ބޭނުމެއް ނުވެ އެވެ.

ޝާން ވިދާޅުވި ގޮތުގައި އެ އާއިލާގައި 11 މީހުން ތިބޭއިރު އާއިލާއިން ތާއީދު ކުރީ އޭނާ އަށެވެ. ސަބަބަކީ އޭނާއަކީ ގާބިލު މީހާ ކަމަށް އާއިލާއިން ގަބޫލު ކުރުން ކަމަށް އޭނާ ދެކެ އެވެ.

ހިންމަފުށީ ކައުންސިލްގެ ރައީސްގެ މަގާމަށް ހޮވުނު ހަސަން ފާއިޒް، "އަދަދު" އަށް ވިދާޅުވިގޮތުގައި އޭނާ އިންތިހާބުވި ސަބަބަކީ ޕާޓީގެ ފިކުރަށް ވުރެން ހިދުމަތް ކުރަން ގާބިލް މީހާއަށް ރައްޔިތުން އިސްކަން ދިނުމެވެ. ވޭތުވެދިޔަ ދެ ދައުރުގައި ޕީޕީއެމްގެ ޓިކެޓްގައި އޭނާ ކައުންސިލްގައި ކުރި މަސައްކަތް ރައްޔިތުން ބަލައިގަތީ ކަމަށް ހަސަން ގަބޫލު ކުރައްވަ އެވެ.

ޝާން އާއި އޭނާގެ ބޭބެ ވާދަ ކުރުމަކީ ހަސަން ހޮވުނު ސަބަބު ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"އެ ދެ މީހުންގެ ވޯޓް އެއްކުރީމައި ވެސް އަޅުގަނޑާ ވާދައެއް ނުކުރެވޭ. އެހެންވީމަ އެހެންވެ އެއް ނޫން ހޮވުނީއެއް،" ހަސަން ބުންޏެވެ.

ހަސަން ވިދާޅުވި ގޮތުގައި އޭނާ އިސްކަން ދޭނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން މަސައްކަތް ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox