ސަރުކާރުން ދިން ޔަގީންކަން މުއިއްޒު ބަލައިގެންފި

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ޑރ. މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ ސަރުކާރުގެ އިޝާރާތްތައް ނަންގަވަނީ ޕޮޒިޓިވްކޮށް ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ޑރ. މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ ސަރުކާރުގެ އިޝާރާތްތައް ނަންގަވަނީ ޕޮޒިޓިވްކޮށް ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައްޔިތުން ވޯޓުލީ ގޮތް ސަރުކާރުން ބަލައިގަންނަ ކަމަށާއި މަސައްކަތް ކުރާނީ ރައްޔިތުންގެ ވިންދާ އެއްކޮށް ކަމަށް ބުނުމުން މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަން ބަލައިގެންފި އެވެ.

މާލޭ މޭޔަރު ކަމުގެ ގޮނޑި ގާތްގަނޑަކަށް 60 ޕަސެންޓު ވޯޓާއެކު ކާމިޔާބު ކުރެއްވި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓު މުއިއްޒު "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަރުކާރުގެ ފަރާތުން މިހާތަނަށް ފެނިފައި ވަނީ "ޕޮޒިޓިވް" އިޝާރާތްތަކެއް ކަމަށެވެ.

"ސަރުކާރުގެ ވާހަކަތައް އެއީ އަޅުގަނޑު ވަރަށް ބަލައިގަންނަ ވާހަކަތަކެއް. އަޅުގަނޑު ދެކެން ޖެހޭނީ ޕޮޒިޓިވްކޮށް، މަސައްކަތް ފަށައިގަނެ، ރައްޔިތުންގެ އެދުމަށް ވާސިލްވުމަށް ހުރަސްނޭޅޭހާ ދުވަހަކު،" މުއިއްޒު ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ރައީސް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލާމަރުކަޒީ ނިޒާމުން ގައުމު ހިންގުމަށް އިންތިހާބުވި ހުރިހާ ކެންޑިޑޭޓުންނަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"މި އިންތިހާބުގައި ރައްޔިތުން ލީ ވޯޓާއި ރައްޔިތުންގެ އިހްސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަނެ، އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން [ރައީސް ސޯލިހު] އަރުވަ އެވެ،" އެ ބަޔާނުގައިވެ އެވެ.

މުއިއްޒު ވިދާޅުވީ ރައީސް އޮފީހުން ނެރުނު ބަޔާނުގެ މާނައަކީ، ސަރުކާރާމެދު ރައްޔިތުންގެ ހިތުގައި އޮތް ހިތްހަމަނުޖެހުން ސަރުކާރުން ބަލައިގަތުމެވެ.

"ސަރުކާރުގެ ބަޔާނުން އަޅުގަނޑަށް ދޭހަވަނީ، ސަރުކާރުން މިހާތަނަށް މަސައްކަތް ކުރަމުން އައި ގޮތާމެދު ރައްޔިތުންގެ ތެރޭގައި އޮތް ހިތްހަމަނުޖެހުން ބަލައިގަންނަމޭ. އަޅުގަނޑަށް ވެސް އެއްބާރުލުން ދޭނަމޭ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކުރާ ނަމަ ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ދައްކަމުން އައި ވާހަކައަކީ، އަޅުގަނޑު މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ހުރެގެން، ރައްޔިތުންގެ އެދޭ ކަންކަން ކުރުމަށް އަޅުގަނޑު އިސް ނަގައިގެން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ އެދުންތައް ފުރިހަމަ ކޮށްދެވޭތޯ،" މުއިއްޒު އޭނާގެ ވިސްނުން ހާމަ ކުރެއްވަމުން ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ އިތުރުން، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމްޑީޕީގެ ކޮންޓްރޯލް ނެތް ކައުންސިލްތަކަށް ހުރަސްނާޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އިދިކޮޅަށް އަގުލަބިއްޔަތު މާލޭ ސިޓީ ކައުންސިލުން ކާމިޔާބު ޕްރޮގްރާމެއް ކުރިއަށް ގެންދާނަމަ، އެކަމަށް އެމްޑީޕީން ވެސް އަދި ސަރުކާރުން ވެސް ހުރަހެއް ނާޅާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި އޮތް ދެ އަހަރުގެ ތެރޭގައި މުއިއްޒު ނިކަމެތިކޮށްލެވިދާނެ. އެކަމަކު އެކަން ކޮށްފިނަމަ ހަގީގަތުގަ ނިކަމެތިވެގެންދާނީ ރައްޔިތުން،" ނަޝީދު އިއްޔެ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ އިންތިހާބުގައި މުޅި ރާއްޖޭގެ ގިނަ ކައުންސިލްތަކެއްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު ނަމަވެސް ބޮޑެތި ކައުންސިލްތަކެއްގެ ބާރު ވަނީ ގެއްލިފަ އެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު ލިބުނީ ވެސް އިދިކޮޅު ޕީޕީއެމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox