އެއްބާރުލުންދޭނެކަމުގެ ޔަގީންކަމާއެކު މުއިއްޒަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ރައީސް ސޯލިހު ޕްރެސް ކޮންފަރެންސެއްގައި: އިންތިހާބުވި މޭޔަރުންނަށް ގުޅުއްވައި މަރުހަބާ ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ޕްރެސް ކޮންފަރެންސެއްގައި: އިންތިހާބުވި މޭޔަރުންނަށް ގުޅުއްވައި މަރުހަބާ ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

މާލޭގެ މޭޔަރު ކަމުގެ މަގާމު ކާމިޔާބު ކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު، އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލްސައްތާރު ބޮޑު ތަފާތަކުން ބަލި ކުރެއްވުމަށްފަހު އެވެ.

އެމްޑީޕީގެ ވަރަށް ގިނަ އިސް ބޭފުޅުންތަކެއް ނުކުންނަވައި، އެމްޑީޕީގެ އެސްޖީގެ މަގާމު އަދާކުރެއްވި އަނަސްއަށް ކެމްޕެއިންކޮށް ދެއްވި ނަމަވެސް، މުއިއްޒު ވެސް ވަރުގަދަ ކެމްޕެއިނެއް ކުރެއްވި އެވެ.

މާލޭން ބޮޑު ކާމިޔާބީއެއް މުއިއްޒު ހޯއްދަވާފައިވަނިކޮށް، ރޭ އޭނާއަށް ރައީސް ސޯލިހު ގުޅުއްވައި، ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި ރައީސް ސޯލިހު ވަނީ އިންތިހާބުވި ހުރިހާ މެންބަރުންނަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފަ ކަމަށެވެ.

"ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި،" މަބުރޫކު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުން މާލޭ ސިޓީގެ މޭޔަރު ކަމަށް ބޮޑެތި ބާރުތަކެއް ލިބޭއިރު މިއީ ރައީސް ފިޔަވައި އެންމެ ގިނަ ރައްޔިތުންތަކެއް ވޯޓުދޭ މަގާމެވެ. އެ މަގާމު ފިޔަވައި، އަނެއް ތިން ސިޓީގެ މޭޔަރުކަން އެމްޑީޕީއިން ކަށަވަރުކުރި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިންތިހާބުވި މޭޔަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި މާލޭގެ މޭޔަރު މުއިއްޒަށް ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވި ގޮތުގައި އޭނާ މަސައްކަތް ކުރައްވާނީ ސަރުކާރާއެކު ރައްޔިތުންގެ ފަޅީގަ އެވެ. ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ސަރުކާރާއެކު އެކަން އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ހަމަ އެގޮތަށް ރައްޔިތުންގެ އަޑު ވެސް އުފުއްލަވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖީއެމްއާރް ގެނައުމާ ގުޅޭގޮތުން ވޯޓަށް ނެހުނީ ގޯހުން: ނަޝީދު

ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓު ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަކީ ހެދުނު ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވި. ނަޝީދު މިހެން ވިދާޅުވީ، ރަސްމާލެއިން ބޮޑު ބިމެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ބަސް ހޯދުމަށް ގޮވާލައި ބޭއްވި މުޒާހަރާއެއްގައި ވާހަކަދައްކަވަމުން.

އަޒޭ އާއި ވިޝާލްގެ މައްސަލަ ޑްރަގު ކޯޓަށް، ޖުމައިހުއަށް ނަސޭހަތް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަޒޭ އާއި ވިޝާލް ކުށަށް އިއުތިރާފުވުމުން، އެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މައްސަލަ ޑްރަގް ކޯޓަށް ފޮނުވުމަށް ޕީޖީން ވަނީ ނިންމާފައި. އަދި މި މައްސަލައިގައި ހިމެނޭ ޖުމައިހުގެ މިއީ ފުރަތަމަ ކުށް ކަމަށްވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ވަނީ ނިންމާފައި.

ނުބައި ގެއެއްގެ ނަން ޖެހުމުން ދެ މީހަކު ހުކުމަކުން ސަލާމަތްވެއްޖެ

ގއ. ނިލަންދޫގައި ކަތިވަޅި ހިފައިގެން ބިރުދެއްކި ކަމަށް ތުހުމަތުކުރެވުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ މި މައްސަލައިގައި ދައުވާ ސާބިތުނުވީ ހާދިސާ ހިނގި ގޭގެ ނަން ދައުވާ ފޯމުގައި ނުބައިކޮށް ލިޔެފައިވުމާއި، ޝަރީއަތުގެ މަރުހަލާ ފެށުނު ފަހުން އެކަން އިސްލާހު ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ދައުލަތަށް ނުލިބޭތީ.

"ކީއްވެ؟" ފިލްމުގެ ޕްރިމިއާ ޕީއެސްއެމްއިން ލައިވްނުކުރި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޕްރިމިއާ ލައިވްކޮށްދޭން އެއްބަސްވުމަށްފަހު، ޕީއެސްއެމްއިން އެކަން ނުކުރީ ބައެއް ސިޔާސީ ބޭފުޅުން އެ ހަފުލާގައި ބައިވެރިވާތީ ކަމަށް ފިލްމު އުފެއްދި ފަރާތުން ބުނޭ. މި ނިންމުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމާފައި.

ހިޔާނާތުގެ ކުށުގައި މިދިޔަ މަހު ޖަލަށްލި ދީނާ ގޭބަންދަށް

އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މަސައްކަތް ފުރިހަމަ ނުކުރަނީސް އަމިއްލަ ކުންފުންޏަކަށް ފައިސާ ދޫކޮށް، ފެނަކައަށް ބޮޑު ގެއްލުމެއް ދިން މައްސަލައިގައެވެ. މީގެ އިތުރުން ވެސް ޚިޔާނާތުގެ އިތުރު ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ރޯވީ ނުވަ އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި

ހުޅުމާލޭގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި، ފޭސް 2 ގައި ޕާކުކޮށްފައި އޮއްވާ ރޯވެ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި. މި ހާދިސާގައި އެ ސަރަހައްދުގައި އޮތް އިތުރު ދެ ކާރަކަށް ގެއްލުން ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ބަޖެޓުން ޝަރުއީ ދާއިރާއަށް ދެ ޕަސަންޓު ދޭން ގާނޫނުން ލާޒިމުކުރަނީ

ދައުލަތުގެ އާމްދަނީގެ މަދުވެގެން ދެ ޕަސަންޓު ޝަރުއީ ދާއިރާއަށް ދިނުމަށް ލާޒިމުކޮށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި. މި ބިލުގައިވާ ގޮތުން ޝަރުއީ ދާއިރާއަށް ދޫކުރާ ފައިސާ ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން.

Newsletter

Get the latest news delivered straight to your inbox