މަސައްކަތް ކުރާނީ ސަރުކާރާއެކު ރައްޔިތުންގެ ފަޅީގައި ހުރެގެން: މުއިއްޒު

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވި މުއިއްޒު: ވިދާޅުވީ މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ފަޅީގައި ހުރެގެން ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވި މުއިއްޒު: ވިދާޅުވީ މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ފަޅީގައި ހުރެގެން ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ފަޅީގައި ހުރެގެން ސަރުކާރާއެކުގައި ކަމަށް މާލޭ މޭޔަރު ކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ އޭނާ މޭޔަރު ކަމަށް ވާދަ ކުރެއްވީ މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި ކަމަށާއި އެ ފުރުސަތު މާލޭ ރައްޔިތުން ދިނީތީ އުފާ ކުރައްވާ ކަމަށެވެ.

"މާލޭގެ ހުރިހާ ރައްޔިތުންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން. އަޅުގަނޑު އުފާވަނީ ފުރުސަތު ދެއްވީތީ. އަޅުގަނޑަށް އިތުބާރު ކުރެއްވީތީ. ތި ބޭފުޅުން ކުރެއްވި އިތުބާރު އަޅުގަނޑު އިހުލާސްތެރިކަމާއެކު ދަމަހައްޓާނަން،" ހޮވުނު އެހެން ކެންޑިޑޭޓުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކުރި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުންނާއި އެ ކޯލިޝަންގެ ވެރިން-- މުއިއްޒު ވިދާޅުވީ ތަފާތު ދައްކާނެ ކަމަށް-- ފޮޓޯ: އާއިމް/އަދަދު
މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކުރި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުންނާއި އެ ކޯލިޝަންގެ ވެރިން-- މުއިއްޒު ވިދާޅުވީ ތަފާތު ދައްކާނެ ކަމަށް-- ފޮޓޯ: އާއިމް/އަދަދު

މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކުރި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުންނާއި އެ ކޯލިޝަންގެ ވެރިން-- މުއިއްޒު ވިދާޅުވީ ތަފާތު ދައްކާނެ ކަމަށް-- ފޮޓޯ: އާއިމް/އަދަދު

ވައުދުތަކަށް އަލި އަޅުއްވާލައްވައި މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުން ވޯޓު ދިނީ ގުޅިފަޅަކީ ގެދޮރުގެ މަންޒިލަކަށް ހަދަން ބޭނުންވާތީ ކަމަށެވެ. އެހެންކަމުން ރަސްމީކޮށް މަސައްކަތް ފަށާ ދުވަހު ގުޅިފަޅަކީ ގެދޮރުގެ މަންޒިލަކަށް ހަދައި ދިނުމަށް ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށް ދިނުމަށް މަސައްކަތް ކުރައްވާނީ ހޮވުނު 18 މެމްބަރުންނާ ގުޅިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ހޮވުނު ކައުންސިލަރުން ވާނީ ޒިންމާދާރު ބަޔަކަށް ކަމަށާއި ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށެވެ.

އަޅުގަނޑު ޔަގީންކަން ދެން، ސިޓީ ކައުންސިލަށް އިންތިހާބުވި 18 ކައުންސިލަރުންނާއެކު، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރޭނަން. ސަރުކާރުން ކުރިޔަސް ރައްޔިތުންނަށް ފައިދާ ހުރި ކަންކަމަށް ފުރިހަމަ އެއްބާރުލުން ދޭނަން

މާލޭގެ އިންތިހާބެއް ފުރަތަމަ ފަހަރަށް އިދިކޮޅަށް ކާމިޔާބު ކުރެވުނުއިރު މުއިއްޒު ވިދާޅުވީ މިއަދު ރައްޔިތުން ނިންމި ނިންމުމަކީ ވަރަށް ތާރީހީ ނިންމުމެއް ކަމަށެވެ. އަމިއްލަ އެޖެންޑާއަކަށްވުރެ ގައުމުގެ އެޖެންޑާ އިސްކުރަންޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކޮށްދެއްވައި އިންސާފު ގާއިމުކޮށް ދިނުމަށް ވެސް މުއިއްޒު ސަރުކާރަށް ގޮވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox