ޕޮލިޓިކަލް ތުރިލާ "މަރްޔަމް" ރިލީޒްކޮށްފި

Apr 10, 2021, 10:03 AM
ޕޮލިޓިކަލް ތުރިލާ "މަރްޔަމް" ރިލީޒްކޮށްފި

"މީޑިއާނެޓް އޮރިޖިނަލްސް" ގެ ފުރަތަމަ ފީޗާ ފިލްމް "މަރްޔަމް" މީޑިއާނެޓުގެ މަލްޓި-ސްކްރީން އެޕްލިކޭޝަނަށް ބުރާސްފަތި ދުވަހު ރިލީޒްކޮށްފި އެވެ.

މި ޕޮލިޓިކަލް ތުރިލާ އަކީ ރާއްޖެ އެކަމަކަށް ގޮސް ހުސްވެފައިވާ ސިޔާސީ ދާއިރާގެ ހާދިސާއަކަށް، ސައްތައިން ސައްތަ ބިނާކޮށް ރާއްޖޭގައި އުފެއްދި ފުރަތަމަ ފިލްމެވެ.

ފިލްމުގައި ދައްކަނީ ހިޔާލީ ދާއިރާއެއް ކަމަށްވާ ކަނޑިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ނުކުންނަ މަރްޔަމް ކިޔާ ކެންޑިޑޭޓެއްގެ ވާހަކަ އެވެ. ސިޔާސީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތި މަރްޔަމް، ދާއިރާގެ ނުފޫޒު ގަދަ ސިޔާސީ މީހަކާ ދެކޮޅަށް ނުކުތުމުން ދެން ވާނެ ގޮތް ޖެހޭނީ ފިލްމުން ބަލާލާށެވެ.

އިބްރާހިމް ވިޝާމް (ކަނޑި) ޑައިރެކްޓްކުރި މި ފިލްމުގައި މަރްޔަމްގެ ރޯލު ކުޅެފައިވަނީ ޑާކްރެއިންގެ ފިލްމުތަކުން މަޝްހޫރުކަން ހޯދި މަރިޔަމް މަޖުދާ އެވެ. އިދިކޮޅު ސިޔާސީ މީހާގެ ބައި ކުޅެނީ ތަޖުރިބާކާރު އެކްޓަރު އަހުމަދު ސައީދެވެ. މ. މުލަކުގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ބައެއް ރޯލްތަކަށް އެ ރަށުގެ މީހުން ވެސް ވަނީ ކާސްޓްކޮށްފަ އެވެ.

ފިލްމުގެ ކޯ ޕްރޮޑިއުސަރު އަދި ސްކްރީން-ލިޔުންތެރިޔާ އަހުމަދު ޒަރީރު "އަދަދު" އަށް ބުނި ގޮތުގައި މިއީ ސިނެމާ އަށް އުފެއްދި ފިލްމެއް ކަމަށާއި އެކަމަކު ކޮވިޑުގެ ހާލަތުގެ ސަބަބުން ސިނަމާގައި ބަންދު ބޯޑު އަޅުވާފައިވާތީވެ ސްޓްރީމިން އަށް ދިޔައީ ކަމަށެވެ.

"މީޑިއާނެޓުގެ މަލްޓި-ސްކްރީން ސްޓްރީމިން އަކީ ވެބުން ވެސް ފެންނަ އަދި ޓީވީ އަށް ވެސް ކާސްޓް ކުރެވޭ ސާވިސްއެއް. އެހެންވެ ސިމަކާ އަކަށް ނުގޮސް ސިނަމާގެ ތަޖުރިބާ ބެލުންތެރިންނަށް އެންމެ ބޮޑަށް ކުރެވޭނީ މަލްޓި-ސްކްރީން އިން ކަމަށްވާތީ އޭގައި މި ރިލީޒް ކުރީ،" ޒަރީރު ބުންޏެވެ.

އެކަމަކު ސިނެމާތައް ހުޅުވުމުން، ހާއްސަ ދައުވަތު ދީގެން ދެ ތިން ޝޯ ބޮޑު ސްކްރީނުގައި އަޅުވާނެ ކަމަށް ޒަރީރު ބުންޏެވެ.

ޒަރީރާއި ހަސަން އަދި ކަނޑިގެ "އެއް ކާފު" ސްޓޫޑިއޯ އިން އުފެއްދި މި ފިލްމުގައި ހިމެނޭ ލަވަތައް ވަނީ މިހާރު ސްޕޮޓިފައި އާއި އައި-ޓިއުންސް އަށް ދޫކޮށްލައިފަ އެވެ. ލަވަތަކުގެ މެލޮޑީ އާއި ލިރިކްސް ހަދައި އަދި ކިޔާފައިވަނީ ނަސްމާ އަބްދުލްމުހުސިން (ނައްކޮ) އެވެ.

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox