މި ޒުވާނާ ވޯޓު ލައިފި؛ އެކަމަކު މަގުސަދު ހާސިލުވިބާ؟

މި ޒުވާނާ ވޯޓު ލައިފި؛ އެކަމަކު މަގުސަދު ހާސިލުވިބާ؟

މެންދުރުގެ ގަދައަވީގައި ނުކުމެ އެ ޒުވާނާ ވޯޓު ކިއޫގައި ހުރުމުން، ބަލާ މީހާއަށް ފެންނާނީ ގައުމު ހިންގުމުގައި ބަސްބުނަން ލިބުނު ފުރުސަތުގެ ބޭނުން ހިފަން ޒުވާނަކު ކެތްމަދުވެފައި ހުރި މަންޒަރެވެ. އެކަމަކު ސ. މީދޫ އަށް އުފަން ހައްވާ ޖީލާން، 19 އަށް އޭނާގެ އަލަތު ވޯޓުގެ ތަޖުރިބާއާ މެދު އިހުސާސްކުރަންވީ ކޮން ގޮތަކަށް ކަމެއް ޔަގީނެއް ނޫނެވެ.

އޭނާ ހެޔޮ ފާހަގަ ޖަހާފައި ނިކުތީ، އާއިލާ އިން ދެއްކި އެންމެ ރަނގަޅު ކެންޑިޑޭޓުންނަށެވެ. ވޯޓު ލާން ދިޔައީ ހަޔާތުގައި ވޯޓުލާން ލިބޭ ފުރަތަމަ ފަހަރަކީ މިއީ ކަމަށްވާތީ މިއީ ކިހިނެއް ހިނގާ ކަމެއްތޯ އަމިއްލަ އަށް ތަޖުރިބާ ކޮށްލުމަށެވެ.

"ނޭނގެ ކީކޭ ކަމެއް ބުނަންވީ؟ އަހަންނަށް ފާހަގަވީ ވޯޓު ލުމާ ބެހޭ ގޮތުން އަހަންނަށް އެނގެން ޖެހޭ ވަރަށް ގިނަ މައުލޫމާތު ލިބިފައި ނެތްކަން. ހުރިހާ އެންމެން ވެސް އަހަރެން ކައިރީގައި ބުނީ މިވެނި މީހަކަށް ވޯޓުލާށޭ، އެވަނި މީހަކަށް ވޯޓު ނުލާށޭ، ވޯޓު ލާން ގޮސް ކަންތައް ކުރަންޖެހެނީ ކިހިނެއް ކަމެއް ވެސް ކިޔައެއް ނުދޭ،" ޖީލާން ބުންޏެވެ.

ދާއިރާގެ ފޮށި ހުރި ތަނަށް ގޮސްފައި ހަދާނެ ގޮތެއް ނޭނގި ހާސްވެގެން އެއް މޭޒަށް ބަލާފަ އަނެއް މޭޒަށް ބަލާފަ، މީހަކު އައިސް އެއްޗެއް ބުނަންދެން ވާންވީ ގޮތް ނޭނގިފަ އޭނާ ހުރީ އެވެ. ޖީލާން އޭނާގެ ފުރަތަމަ ވޯޓު ތަޖުރިބާ ސިފަކުރީ ވާނުވާ ނޭނގޭ "ހާސްކަން ބޮޑު" ކަމެއްގެ ގޮތުގަ އެވެ.

އޭނާގެ ނަޒަރުގައި، އާންމުކޮށް ސިޔާސީ ދާއިރާގެ ތެރޭގައި ފުރާވަރުގެ ޒުވާން ކުދިން ނޫޅޭއިރު، އިންތިހާބުތަކުގައި އަލަށް ވޯޓުލާ ކުދިން ވޯޓަށް ހޭލުންތެރިކުރުން މުހިއްމެވެ. ވޯޓުގެ މުހިއްމު ކަމާއި ވޯޓުލާން ދާއިރު އަމަލުކުރަންޖެހޭ ގޮތްތައް ކިޔައިދޭން ޖެހެ އެވެ. އޭރުން އެމީހުން ވޯޓުލުމާ މެދު ދެކޭ ގޮތް ތަފާތުވާނެ އެވެ.

ހަމައެކަނި އާއިލާއިން ބުނީތީ ބުނާ މީހަކަށް ހެޔޮފާހަގަ އެއް ޖަހާލަން ދާން އޮންނަ ކަމެއްގެ ބަދަލުގައި، ތިމާ އަޅަން ދާ ވޯޓަކީ ކީއްވެ، ކިހާވަރެއްގެ ޒިންމާއެއް އެ ވޯޓާ ގުޅިފައިވާ ކަމެއް ކަން ކުރީބައިގައި ކިޔައިދެވިފައި އޮތް ނަމަ މިއަދު ވޯޓުލާފައި ނިކުތް އިރު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނީސް ކަމަށް ޖީލާން ބުންޏެވެ.

"ވޯޓު ލާން ދިޔައިމަ އަސްލު ވޯޓާ މެދު ފުންކޮށް ވިސްނާލެވުނީ އަލަށް ވެސް. އަސްލު މާބޮޑަކަށް ނުވިސްނަން ކުރިމަތިލާފައި ތިބި މީހުންނަކާ މެދު އެއީ ކޮން ކޮން ބައެއްތޯ އެމީހުން ސޮސައިޓީއަށް ކޮންޓްރިބިއުޓްކުރީ ކިހާ ވަރަކަށްތޯ ބަލަން،" ޖީލާން ބުންޏެވެ.

އޭނާ ބުނީ 18 އަހަރު ފުރިގެން އަލަށް ވޯޓު ލާން ދާ ކުދިންނަށް އެމީހުންނަށް 18 އަހަރު ވުމުން ގާނޫނުން ލިބިދޭ ބޮޑު ޒިންމާއަކީ ކިހާވަރެއްގެ ޒިންމާއެއް ކަން އިހުސާސްކޮށްދޭން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރާ ދުވަހެއް ދެކެން ބޭނުން ކަމަށެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި 18 އަހަރު ފުރިގެން އަލަށް ވޯޓުލާން ދާކުދިން ބައިވެރިވާލެއް މަދު ކަމުގެ ކަންބޮޑުވުން އަބަދު ވެސް އޮވެ އެވެ.

މިއަދު ވެސް، ވޯޓު ލުމަށް މާލޭގައި ބަހައްޓާފައި ހުރި ގިނަ މަރުކަޒު ތަކުގައި ތިބި އޮފިޝަލުން ބުނީ، މިއަދު، މިހާތަނަށް ވޯޓުލާން ދިޔަ މީހުންގެ ތެރެއިން އުމުރުން 18 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިން ވޯޓުލާން ނިކުތް އަދަދު ނިސްބަތުން މަދު ކަމަށެވެ.

ޖީލާން މިއަދު އެ ބޭނުންކުރީ ރަށް، އަތޮޅު ނުވަތަ ސިޓީ ހިންގުމަށް އޭނާގެ ބަސް ބުނަން ލިބިފައިވާ ފުރުސަތެވެ. އެކަމަކު ހަގީގީ މާނައަކު ނޫނެވެ. ހަމައެކަނި ކަރުދާސް ކޮޅެއްގައި ފާހަގަލީ އެވެ. ހަގީގީ މާނައިގައި ބަސް ބުނުމުގެ ފުރުސަތު ލިބޭނީ ޖީލާން ދެކޭ ގޮތުގައި، މި ހައްގުގެ ބޭނުން ހިފާނެ ގޮތާއި ސިޔާސަތުތަކުގެ މައުލޫމާތު ރަނގަޅަށް އެނގިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox