އިޒްރޭލުގެ ފުލުހުން ސިޔާސީ ލީޑަރަކަށް އަނިޔާކުރާ ވީޑިއޯއެއް އާއްމުވެއްޖެ

އަރަބް ޖޮއިންޓް ލިސްޓު ޕާޓީގެ މެމްބަރު، އޮފާ ކާސިފް ހައްޔަރު ކުރަނީ. ފޮޓޯ: އޭއެފްޕީ

އަރަބް ޖޮއިންޓް ލިސްޓު ޕާޓީގެ މެމްބަރު، އޮފާ ކާސިފް ހައްޔަރު ކުރަނީ. ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ އިރުމަތީ ގުދުސްގެ ސަރަހައްދެއްގައި ޔަހޫދީން އާބާދު ކުރުމާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ފުލުހުން އަނިޔާކޮށްފި އެވެ.

ފުލުހުން އަނިޔާކުރި އޮފާ ކާސިފްއަކީ ގިނަ އަދަދެއްގެ އަރަބިން ހިމެނޭ އަރަބް ޖޮއިންޓް ލިސްޓު ޕާޓީގެ މެމްބަރެކެވެ. އޭނާ މުޒާހަރާ ކުރަމުން ދިޔެއީ އިޒްރޭލުން ވެރިވެގަނެފައިވާ އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ސަރަހައްދުގައި ޔަހޫދީން އާބާދު ކުރުމާ ދެކޮޅަށެވެ.

"އެމީހުން އަޅުގަނޑަށް އަނިޔާ ކުރަން ފެށީ، އައިނު ވެސް ބިންދާލީ. އެމީހުން ތިބީ މޮޔަވެފައި،" ޗެނަލް13 އަށް ދެއްވި އިންޓަވިއުއެއްގައި ކާސިފް އިއްޔެ ވިދާޅުވި ކަމަށް އަލްޖަޒީރާގައި ވެއެވެ.

Advertisement
އަޅުގަނޑަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ނަމަވެސް އެމީހުންނަށް ވަރިހަމަ -- އޮފާ ކާސިފް

ފުލުހުން ކާސިފްއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯގައި އޭނާގެ ލޯމަތިވެ ދުޅަވެ، ޓީޝާޓް ވީދި، އައިނު ހަލާކުވެފައިވާ މަންޒަރު ފެނެ އެވެ.

ކާސިފްގެ ތަރުޖަމާނު އިތައި އަކްނިން އޭއެފްޕީއަށް ވިދާޅުވީ ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށެވެ. އަދި އެއްވުމުގައި ހަމަނުޖެހުން އުފެއްދީ ފުލުހުން ކަމަށް ތުހުމަތު ކުރެއްވި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް ބެލި ބެލުމުން "މުޒާހަރާގެ ބައިވެރިއަކު ފުލުހަކަށް ހަމަލާ ދިން ކަމަށް" އެނގިފައިވާ ކަމަށެވެ. ހަމަލާދިނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަން އެނގުމާއެކު ފުލުހުންގެ ހައްޔަރުން ދޫކޮށްލި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ފުލުހުން އެހެން ބުނި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަން ގޮވާލާ، ކާސިފްގެ ދިފާއުގައި އިޒްރޭލުގެ ގިނަ ސިޔާސީ ވެރިން އަންނަނީ ވާހަކަދައްކަވަމުންނެވެ.

ފަލަސްތީނުގެ ބައެއްގެ ގޮތުގައި އޮތް އިރުމަތީ ގުދުސްއަށް އިޒްރޭލުން ވެރިވެގަތީ 1967 ގައި ހިންގި ހަނގުރާމައަކަށް ފަހު އެވެ. ގިނަ ގައުމުތަކާއި އދ. އިން ވެސް އިޒްރޭލުން އެތަނަށް ވެރިވެގަނެފައި އޮތް އޮތުން ބަލައެއް ނުގަނެ އެވެ.

އިޒްރޭލުން ދެކޭ ގޮތުގައި މުޅި ގުދުސްއަކީ ޔަހޫދީންގެ ވެރިރަށެވެ. ނަމަވެސް ފަލަސްތީނުން ބޭނުންވަނީ އިރުމަތީ ގުދުސްއަކީ ފަލަސްތީނު ދައުލަތުގެ ވެރިރަށުގެ ގޮތަށް ހެދުމަށެވެ.

މިހާރު ޔަހޫދީން އާބާދު ކުރަމުންދާ އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާގައި 3،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ދިރިއުޅެ އެވެ. ނަމަވެސް އިޒްރޭލުގެ ކޯޓުތަކުން އަންނަނީ އެ މީހުން ގެތަކުން ނިކުތުމަށް އަންގަމުންނެވެ.

އެ ތަނުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ފެށީ 2001 ގައެވެ. އިޒްރޭލުން ބޭނުންވަނީ ގުދުސްގެ އާބާދީގެ 70 ޕަސަންޓަކީ ޔަހޫދީންނަށް ހެދުމަށެވެ. އަދި އާބާދީގައި ފަލަސްތީނު ރައްޔިތުންގެ ނިސްބަތް އެންމެ ގިނަވެގެން 30 ޕަސަންޓަށް ކުޑަ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox