ޔުނައިޓެޑް ސެމީއާ ގާތަށް، އާސެނަލް ފަހު ވަގުތު އެއްވަރު

Apr 9, 2021, 3:58 AM
ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ރެޝްފޯޑް (ކ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ރެޝްފޯޑް (ކ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޭޕްރީލް 9) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ރަށުންބޭރުގައި ސްޕެއިނުގެ ގްރަނާޑާ 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ސެމީން ފުރުސަތު ހޯދުމާ ގާތަށް ޖެހިލިއިރު، އަމިއްލަ ދަނޑުގައި އާސެނަލް ކުޅުނު ފުރަތަމަ ލެގުން ފަހު ވަގުތު 1-1 އިން ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގްއާ އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑުން ސެމީއާ ގާތަށް ޖެހިލިއިރު، އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އާއި ވާތު ބެކް ލޫކް ޝޯ އަދި މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭއި އަށް ނުކުޅެވޭނެ އެވެ. އެއީ ރޭގެ މެޗުގައި ދެެއްކި ރީނދޫ ކާޑުގެ ސަބަބުންނެވެ. އަމިއްލަ ދަނޑުގައި ގްރަނާޑާ އަތުން އެއްވަރުކޮށްލައިގެން ވެސް ޔުނައިޓެޑަށް ސެމީގެ ފުރުސަތު ހޯދޭނެ އެވެ. މިދިޔަ އަހަރުގެ ސެމީން ޔުނައިޓެޑް ބަލިވީ ސެވިއްޔާ އަތުންނެވެ.

މި ފަހަރުގެ ސެމީން ޔުނައިޓެޑަށް ފުރުސަތު ލިބިއްޖެނަމަ އެ ޓީމުން ބައްދަލުކުރަން ޖެހޭނީ ރޯމާ އާއި އަޔަކްސް ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ރޭ އަޔަކްސް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ރޯމާ ވަނީ 2-1 އިން މޮޅުވެފަ އެވެ.

ގްރަނާޑާ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ލީޑުނެގީ 31 ވަނަ މިނިޓްގައި މާކަސް ރެޝްފޯޑް ޖެހި ގޯލުންނެވެ. އޭނާ މި ގޯލު ޖެހީ ވިކްޓަ ލިންޑެލޯފް ދިން މޮޅު ބޯޅައަކުންނެވެ. ގްރަނާޑާ އަށް ކުޅެމުން އަންނަ ޔަންގެލް ހެރޭރާ ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ރޮބާޓޯ ސޮލްޑާޑޯ ފޮނުވާލި ހަމަލާތައް ގޯލާ ސީދާނުވި އެވެ. އަދި ޗެލްސީގެ ލޯން އެއްބަސްވުމެއްގެ ދަށުން ގްރަނާޑާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގް ކެނެޑީ ޖެހި ޝޮޓްތައް ޔުނައިޓެޑްގެ ގޯލުގައި ހުރި ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖެހީ އިތުރު ވަގުތުގައި ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އެވެ. ފެނާންޑޭސް ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ ގްރަނާޑާގެ ގޯލްކީޕަރު ރުއީ ސިލްވާ އަތުގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނިކޮލަސް ޕެޕޭ މެޗުގެ 86 ވަނަ މިނިޓްގައި އާސެނަލަށް ލީޑުނަގައިދިން ނަމަވެސް އެ ޓީމަށް އެ ލީޑުގައި މެޗު ނިންމައިނުލެވުނެވެ. މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ސްލާވިއާ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ތޯމަސް ހޯލްސް އެވެ.

ކުއާޓާ ފައިނަލްގެ އަނެއް މެޗުގެ ނަތީޖާ އަށް ބަލާއިރު، ޑިނަމޯ ޒަގްރެބް ދަނޑުގައި ކުޅުނު މެޗުން ވިޔަރެއާލް މޮޅުވީ 1-0 އިންނެވެ. ޑިނަމޯ ޒަގްރެބް ކުއާޓާ އިން ފުރުސަތު ހޯދީ ތިން ވަނަ ބުރުގައި ހޯސޭ މޮރީނިއޯގެ ޓޮޓެންހަމް ހޮޓްސްޕާސް ކަޓުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox