ބިލިއަނަރުންގެ ލިސްޓަށް މިފަހަރު ކިމް

ބިލިއަނަރުންގެ ލިސްޓަށް މިފަހަރު ކިމް

ކާޑޭޝިއަން-ޖެނާ އާއިލާ އިން އަނެއްކާ ވެސް މިވަނީ ލަގްޒަރީ މަޖައްލާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާފަ އެވެ. ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުން އެ އާއިލާގެ ދެ ވަނަ އަށް އެންމެ ހަގު، ކައިލީ ޖެނާގެ ނަން ނެގި ތާ އަހަރެއް ނުވަނީސް ކިމް ކާޑޭޝިއަން މި ވަނީ އެ ލިސްޓަށް އަރައި އާއިލާއަށް ގެއްލުނު މަގާމު އަލުން ހޯދައިދީފަ އެވެ.

ކިމް އާއި ކާންޔޭގެ ވަރީގެ މައްސަލަ ހޮލީވުޑް "ގްލޭމް ވޯލްޑު"ގެ ބޮޑު ވާހަކަ އަށް ވެފައި އޮއްވައި ފޯބްސް އިން އެންމެ ފަހުން އިއުލާނުކުރި ބިލިއަނަރުންގެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވަނީ މިލްކިއްޔާތުގައި އެއް ބިލިއަން ޑޮލަރު ހުރި ކަމަށް އަންދާޒާކޮށްފަ އެވެ. ކިމް އަކީ 2017 ވަނަ އަހަރުން ފެށިގެން "ކޭކޭ ޑަބްލިއު އެންޑް ސްކިމްސް" ގެ ނަމުގައި އަމިއްލަ ބްރޭންޑެއް އުފައްދައި ކޮންމެޓިކްސް އާއި ބޮޑީޝޭޕް ވެއާ ސާމާނު ވިއްކަމުން އަންނަ ކާމިޔާބު ވިޔަފާރިވެރި އެކެވެ.

ފޯބްސް އިން ލަފާކޮށްފައިވާ ގޮތުން، ކިމްގެ މިލްކިއްޔާތުގައި 2020 ވަނަ އަހަރުގެ އޮކްޓޯބަރު ހިސާބުގައި ހުރީ 780 މިލިއަން ޑޮލަރެވެ. އެހެންވެ، މި ދެމެދުގައި ހޯދާފައިވާ ކުރިއެރުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އުމުރުން 40 އަހަރުގެ ކިމް، ބިލިއަނަރުންގެ ލިސްޓަށް އެރި އިރު، އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓަކީ މިހާރު ވެސް މި ލިސްޓުގައި ހިމެނޭ ނަމެކެވެ.

ކިމްގެ ކޮސްމެޓިކްސް ވިޔަފާރި "ކޭކޭ ޑަބްލިޔު" 2017 ވަނަ އަހަރު ފަށައިގެން ހިންގަމުން އައީ އޮންލައިން ވިޔަފާރިއެއްގެ ގޮތުގަ އެވެ. އޭނާގެ ބޮޑީ ޝޭޕް ވެއާގެ އުފެއްދުންތައް ބާޒާރަށް ނެރުނީ 2019 ވަނަ އަހަރު އެވެ. އޮންލައިންކޮށް ވިޔަފާރި ކުރުމަށްފަހު މިދިޔަ ހަފްތާގައި ޕޯސްޓުކުރި ބީޗް ފޮޓޯ އަކާ އެކު ކިމް ވަނީ، ލޮސްއެންޖެލިސް ގައި އޭނާގެ ބިކިނީ އާއި ބޮޑީ ވެއާ އުފެއްދުންތައް ވިއްކާ ޕޮޕް އަޕް ފިހާރައެއް ހުޅުވާފައިވާކަން އިއުލާންކޮށްފަ އެވެ.

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox