ވަކި މީހަކު ހޮވަން އީސީން އެއްވެސް ކަމެއް ނުކުރާނެ: ޝަރީފް

އީސީގެ ރައީސް އަހުމަދު ޝަރީފް: ވިދާޅުވީ އީސީއަށް ވެސް ވޯޓް އޮޅުވައި ނުލެވޭނެ ކަމަށް -- ފޮޓޯ: ހުސައިން ވަހީދު / އަދަދު

އީސީގެ ރައީސް އަހުމަދު ޝަރީފް: ވިދާޅުވީ އީސީއަށް ވެސް ވޯޓް އޮޅުވައި ނުލެވޭނެ ކަމަށް -- ފޮޓޯ: ހުސައިން ވަހީދު / އަދަދު

އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މިނިވަން ނުވާނެ ކަމަށާއި ވޯޓު އޮޅުވާލާނެ ކަމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި ވަކި މީހަކު ހޮވަން އިލެކްޝަންސް ކޮމިޝަނުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބު އޮޅުވާލި ކަމުގެ ތުހުމަތަށް ބާރު ދެމުން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ދަނީ މި އިންތިހާބު "ވަގަށް ނަގާފާނެ" ކަމަށް ބުނަމުންނެވެ. އިދިކޮޅަށް ނިސްބަތްވާ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ވެސް ވަނީ މި ތުހުމަތުތައް ކުރައްވައިފަ އެވެ.

އިންތިހާބާ މެދު ކުރާ ޝައްކުތަކަށް ރައްދު ދެއްވައި އީސީގެ ރައީސް "އަދަދު" އަށް ވިދާޅުވީ ވޯޓުލާ މަރުކަޒަށް ވޯޓު ފޮށި ގެންދާ ހިސާބުން ކޮމިޝަނުގެ ބާރު ކެނޑޭ ކަމަށެވެ. އޭގެ ފަހުން ވޯޓު ފޮއްޓަށް ބާރު ހިންގޭނީ ފޮށީގެ ވެރިޔާ އާއި އޮފިޝަލުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮފިޝަލުންނަށް ގިނައިން ތިބޭނީ ރަށަކުން އަޅުގަނޑުމެން ރެކްރޫޓް ކޮށްފައި ތިބޭ މީހުން. އެ މީހުން ވޯޓް ގުނާނީ އާއްމު ރައްޔިތުންގެ ކުރިމަތީގަ.. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ ރައްޔިތުންލާ ވޯޓެއް އެތާ ތިބި މީހުންނަކަށް އޮޅުވައެއް ނުލެވޭނެއޭ. ކޮމިޝަނަކަށް ވެސް އޮޅުވައެއް ނުލެވޭނެ،" އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ވޯޓުލުމުގައި ރައްޔިތުން ހަދާ މަކަރެއް ހެދޭނީ. ކޮމިޝަނަކަށް އޮޅުވައެއް ނުލެވޭނެ."

ޝަރީފް ވިދާޅުވި ގޮތުގައި ވޯޓުލުމަށް ރާއްޖޭގައި ގެންގުޅޭ ގާނޫނީ އޮނިގަނޑަށް ވުރެ ފުރިހަމަ ނިޒާމެއް މުޅި ދުނިޔޭގައި ވެސް މަދުވާނެ އެވެ. އެހެންކަމުން ވޯޓު އޮޅުވާ ނުލެވޭނެކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަކި ބައެއް ހޮވަން ވެގެން ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް. އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފަކު ނުވަތަ މެމްބަރަކު މިވެނި ކަމެއް ކޮށްދޭނެ ކަމަށް ބުނާ ކަމަށް ވަންޏާ އެއީ ދޮގެއް. ނުކުރެވޭނެ އެކަމެއް. -- ޝަރީފް

މިފަހަރުގެ އިންތިހާބަކީ ބުރަބޮޑު އަދި ހަރަދު ވެސް ބޮޑު އިންތިހާބެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު ބާއްވަން އުޅުނު ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހުނީ ކޮވިޑްގެ ސަބަބުންނެވެ. އަންނަ ހޮނިހިރު ދުވަހު ހާއްސަ އިންތިޒާމުތަކެއްގެ ދަށުން އިންތިހާބު ބާއްވަނީ އެތައް ތާރީހެއް ކުރިން ކަނޑައަޅައި ފަސް ކުރުމަށް ފަހުގަ އެވެ.

މި އިންތިހާބުގައި 273،128 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެ އެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު މި އަހަރަށް ފަސް ކުރުމުން އެ މުއްދަތުގެ ތެރޭގައި 18 އަހަރު ފުރުނު މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox