މޫސުމަށް އަންނަ ބަދަލު ކުޑަކުރަން އިންޑިއާއިން ކުރާ މަސައްކަތަށް އެމެރިކާގެ ތައުރީފް

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އެމެރިކާގެ މޫސުމާ ބެހޭ މަންދޫބު ޖޯން ކެރީ-- ފޮޓޯ: އިންޑިއާ ޓުޑޭ

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އެމެރިކާގެ މޫސުމާ ބެހޭ މަންދޫބު ޖޯން ކެރީ-- ފޮޓޯ: އިންޑިއާ ޓުޑޭ

މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމަށް އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމުގައި އިންޑިއާއަކީ އެހެން ގައުމުތަކަށް މިސާލެއް ކަމަށް ވިދާޅުވެ، މޫސުމާ ބެހޭ ކަންކަމަށް ކަނޑައަޅާފައިވާ އެމެރިކާ ރައީސްގެ ހާއްދަ މަންދޫބް ޖޯން ކެރީ ތައުރީފު ކުރައްވައިފި އެވެ.

އޯޒޯން ފަށަލައަށް ގެއްލުންދޭ ވިހަ މާއްދާތައް އެންމެ ގިނައިން ބޭރުކުރާ ގައުމުތަކަކީ ޗައިނާ، އެމެރިކާ އަދި އިންޑިއާ އެވެ. 2050 ގެ ކުރިން ވިހަ ގޭސް ބޭރު ކުރާ މިންވަރު މަދު ކުރަން ގިނަ ގައުމުތަކުން ވަނީ ލަނޑުދަނޑި ކަނޑައަޅާފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ގައުމުތަކުގެ ލީޑަރުންނާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑެން ބާއްވަވާ ބައްދަލުވުމެއް މި މަހު އޮންނާނެ އެވެ. އެ ބައްދަލުވުމުގެ ކުރިން ކެރީ ގެންދަވަނީ ގައުމުތަކުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.

އެފަދަ ބައްދަލުވުމެއްގައި ކެރީ ވިދާޅުވީ އިންޑިއާއިން ދަނީ ލަނޑުދަނޑިއަށް ވާސިލްވަމުން ކަމަށާއި އިންޑިއާއަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި ދުނިޔޭގެ ލީޑަރެއް ކަމަށެވެ.

އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމުގައި އިންޑިއާއިން އިސް ދައުރެއް އަދާ ކުރި ނަމަވެސް، އެ ގައުމުން ހަކަތަ ބޭނުން ކުރާ މިންވަރު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭތީ 2050 ގެ ކުރިން ވިހަ ގޭސް ބޭރުކުރުން ނެޓް ޒީރޯއަށް ތިރިކުރަން އިންޑިއާއިން އަޒުމްކަނޑައަޅާފައެއް ނުވެ އެވެ.

އެމެރިކާއިން މަސައްކަތް ކުރަމުން ދަނީ ގައުމުތަކުގެ ތަރައްގީ އަންދާޒާ ކުރުމަށް ފަހު އެންމެ އެކަށީގެންވާ ލަނޑުދަނޑިތައް ކަނޑައެޅުމަށެވެ. ރައީސް ބައިޑެން އާއެކު ގައުމުތަކުގެ ވެރިން މި މަހު 22 ގައި ބާއްވަވާ ބައްދަލުވުމުގެ ކުރިން ލަނޑުދަނޑިތައް ކަނޑައެޅޭތޯ ދަނީ ބަލަމުންނެވެ.

މި މަހު އެމެރިކާއިން އިސްނަގައިގެން މޫސުމަށް އަންނަ ބަދަލާ ގުޅޭ މުހިއްމު ބައްދަލުވުމެއް ބާއްވާއިރު، މި އަހަރުގެ ފަހުކޮޅު އދ. ގެ ކްލައިމެޓް ސަމިޓު ވެސް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox