ނަޝީދު އެދިވަޑައިގަންނަވަނީ ވޯޓާ މެދު ވިސްނާ ގޮތް "މުރާޖައާ" ކުރަން

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭން ހަރަކާތުގައި މަޖިލީހުގެ ބައެއް މެމްބަރުންނާ އެކު ނަޝީދު އިއްޔެ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/އެމްޑީޕީ

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭން ހަރަކާތުގައި މަޖިލީހުގެ ބައެއް މެމްބަރުންނާ އެކު ނަޝީދު އިއްޔެ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/އެމްޑީޕީ

ވޭތުވެދިޔަ ދެ އިންތިހާބުގައި އެމްޑީޕީއަށް ދިން ވޯޓުން "ރާހަތެއް" ނުކުރާ ކަމުގެ ވިސްނުމުގައި އެ ޕާޓީގެ ސަޕޯޓަރުންނާއި މެމްބަރުން ތިބި ނަމަ, އެކަން މުރާޖައާކުރަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިއްޔެ އެދިވަޑައިގެންފި އެވެ.

އެމްޑީޕީން މާލޭގައި ބޭއްވި "ރަށްވެހި ފަތިސް" ކެމްޕޭން ހަރަކާތަކަށް ފަހު, ނޫސްވެރިންނަށް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމް އެކަށީގެންވާ ގޮތެއްގައި ހިންގަން މިހާތަނަށް އޮތީ ފުރުސަތު ނުލިބި ކަމަށެވެ. އެކަމަކު ގާނޫނަށް މި ވެރިކަމުގައި ގެނައި ބަދަލުތަކާ އެކު މި ނިޒާމުން ތަރައްގީއަށް ފަހިވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އިންތިހާބަށް ފަހު ލާމަރުކަޒީ ނިޒާމު ތަންފީޒުކުރަން ފެށި ސިޓީ ކައުންސިލަށް ބާރުތައް ފުރޮޅުނީމާ ސަރުކާރާއި މިނިސްޓްރީތަކުގެ ބާރު ކުޑަވެގެންދާނެ އެވެ. މާލެއަށް ބެލި ނަމަވެސް ގިނަ މަސައްކަތްތައް އޭރަށް ހިންގާނީ މާލޭ ސިޓީ ކައުންސިލުން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ކުރީގައި ސަރުކާރަށް ވޯޓު ދީފައިތޯ އޮތީ. އެޖެންޑާ 19 އަށް ވޯޓު ދީފައިތޯ އޮތީ, ރައީސުލްޖުމްހޫރިއްޔާ އަށް ވޯޓު ދީފައިތޯ އޮތީ, އެ ވޯޓުތަކުން އަޅުގަނޑުމެންނަށް މާބޮޑު ރާހަތެއް ކޮށްފައި ނުވާ ކަމަށް ތިޔަ ބޭފުޅުން ވިދާޅުވަމުން ދިޔަ ކަމުގައި ވިޔަސް އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު މި ދައްކާ ވާހަކަ އަޑު އައްސަވާށޭ," ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމެއް ކަމަށެވެ. މިކަމުގައި އެމްޑީޕީއަށް ވުރެން ތަޖުރިބާ ހުރި, ވިސްނުން ހުރި ބަޔަކު ނެތް ކަމަށް ވިދާޅުވި އެވެ.

"އަނަސް ހޮވަން އަޅުގަނޑުމެން އެންމެންނަށް މަޖުބޫރު. އަދި އެމްޑީޕީގެ ސިޓީ ކައުންސިލެއް އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް," ނަޝީދު ވިދާޅުވި އެވެ.

"އެއްވެސް ސަބަބަކާ ލައިގެން އެމްޑީޕީގެ ސަޕޯޓަރެއް ވެސް ޕާޓީގެ މެމްބަރެއް ވެސް އެހެން ގޮތަކަށް މިފަހަރު ވިސްނާކަމަށް ވަނީ ވިއްޔާ އަޅުގަނޑު ދަންނަވާނީ އަލުން އަނބުރާ މުރާޖައާ ކުރައްވާށޭ, ތި ބޭފުޅާގެ އަމިއްލަ ވިސްނުން. ވިސްނަވާށޭ އަޅުގަނޑުމެން މި ދައްކަނީ ކޮން ވާހަކައެއްތޯ."

އަންނަ ހޮނިހިރުދުވަހު ބާއްވާ އިންތިހާބުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް އަނަސްއާ, އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުންނަށް މުހިއްމުވާ ބޯހިޔާވަކަމާއި ގެދޮރުވެރިކަން ހިންގުމަށް އެމްޑީޕީގެ ސަރުކާރެއްގައި އަބަދުވެސް މަސައްކަތް ކުރާނެ އެވެ. ސިޓީ ކައުންސިލް މުއައްސަސާއެއްގެ ގޮތުގައި ތަރައްގީކުރުމުގެ ވިސްނުމާ ގުޅިފައި އޮތީ އެކަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކި ޑިޕާޓްމަންޓްތައް އުފައްދައި ސެކްރެޓަރީ ޖެނެރަލަކާ އެކު ހިންގާނެ އެތަނުގައި ހިމެނޭ ބޯޑުތަކުގައި މާލޭގެ ކުރީގެ މޭޔަރުންނާއި ކަމުވޮށިވެގެންވާ ބޭފުޅުން ތިއްބަވާނެ ކަމަށް ވިދާޅުވި އެވެ. އެމްޑީޕީން ހަދަން މިއުޅެނީ "ވަކި ބާވަތެއްގެ ވަޑާމެއް" ކަަމަށާއި އެއަށް ކިޔަމުން އައީ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުން ކަމަށް ވިދާޅުވި އެވެ.

"ކޮންތާކުންތޯ ގޯތި ލިބޭނީ. އާދެ, ގޯތި ލިބޭނެ ބައިވަރު ގޮތްތައް ވެސް އަޅުގަނޑުމެންނަށް ހޯދޭނެ," ނަޝީދު ވިދާޅުވި އެވެ.

އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތީ, ނަޝީދު ވިދާޅުވި ގޮތުގައި, އެއްވެސް ގައުމެއްގެ ސިޓީއަކުން އެންމެން ބޭނުންވާ ވަރަކަށް ގޯއްޗެއް ނުދެވޭނެ އެވެ. އެ ކަންކަމާ އެކު އެމްޑީޕީން މި އިންތިހާބު ކާމިޔާބުކޮށް މިސްރާބެއް އޮތް ކަމަށް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ވަނީ ޕީޕީއެމަށް ވުރެން ގާތްގަނޑަކަށް 100 ކެންޑިޑޭޓުން އިތުރަށް ނެރެފަ އެވެ. އެމްޑީޕީން ބުނަނީ އިންތިހާބު ކާމިޔާބުކުރާނީ 80 ޕަސެންޓުން ކަމަށެވެ. އެކަމަކު ދެ އިންތިހާބުގައި ވޯޓުދީފައިވާ އެމްޑީޕީގެ ވައުދުތައް ނުފުއްދޭތީ މި އިންތިހާބުގައި ރައްޔިތުން ބޮޑު އަޣުލަބިއްޔަތެއް ދޭނީ ޕީޕީއެމަށް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އަމާޒަކީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީއާ އެކު ވާދަކުރާ ގިނަ ގޮނޑިތަކެއް ކާމިޔާބުކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox