ބާކީއެއް ނުވާނެ، މި ހޯދައިދެނީ ރަށް ހިންގާނެ ފުރުސަތެއް: ނަޝީދު

އެމްޑީޕީގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނު ވިދާޅުވަނީ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް އެ ޕާޓީއަށް ލިބޭނެ ކަަމަށް. --ފޮޓޯ | އެމްޑީޕީ

އެމްޑީޕީގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނު ވިދާޅުވަނީ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް އެ ޕާޓީއަށް ލިބޭނެ ކަަމަށް. --ފޮޓޯ | އެމްޑީޕީ

ސަރުކާރުން ތިމަންނާމެންގެ ރަށް ބާކީކޮށްފައި އެހެން ރަށްތައް ތަރައްގީކޮށްދެނީ ކީއްވެކަމާ މެދު ޒަމާނުއްސުރެން އޮންނަ ކަންބޮޑުވުން ނިމި، ރަށްތައް އަމިއްލައަށް ތަރައްގީކުރުމުގެ ފުރުސަތު މި އިންތިހާބާ އެކު ފަހިވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރުދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ފެށި "ރަށްވެހި ފަތިސް" ވާޗުއަލް ކެމްޕޭން، އއ. ރަސްދޫ ފަޅުގައި، ކަންނެލި އޮޑީގައި ތިބެ ނިންމާލަން ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ދެން އަލިވިލޭނީ އެއްވެސް ރަށެއް ބާކީ ނުކުރާނެ ނިޒާމަށް ކަމަށެވެ. އެ ބާރުވެރިކަމާއި މާލީ މިނިވަންކަން ކައުންސިލްތަކަށް މި ވެރިކަމުގައި ދީފައިވާ ކަމަށް އިޝާރާތް ކުރައްވައި ވިދާޅުވި އެވެ.

"މިއީ ތި ބޭފުޅުންގެ ރަށް، ތި ބޭފުޅުން އަމިއްލައަށް ނާރެހަށްލާ ނިޒާމް. ބާކީއެއް ނުވާނެ ނާރެހުގައި ތި ބޭފުޅުން ތިބޭނީ މެދުގައި،" ނަޝީދު ވިދާޅުވި އެވެ.

Advertisement

ރަސްދޫ
ރަސްދޫ

ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް ނަޝީދު: މި އިންތިހާބަށް ފަހު ލާމަރުކަޒީ ނިޒާމު ހިނގަން ފަށައި ރަށްތަކަށް ބޮޑެތި ބާރުތަކެއް ލިބޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ | އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަތް ޖަލްސާގައި ނަޝީދު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ "ހާއްޔެ"ކެވެ. އެ ހާލީގައި ބިސް ފީކޮށް، ދޫނި އުދުއްސާލާނީ ވެސް އެމްޑީޕީންނެވެ. އެ ހާއްޔަކަށް ޕީޕީއެމަކަށް ބިހެއް ނޭޅޭނެ ކަމަށް ވިދާޅުވެ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ޕާޓީއެއް ކަމަށް އަމާޒުކުރާ ފާޑުވިދާޅުވުމަށް ނަޝީދު ބާރުދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ތަސައްވަރެއް އޮތް ޕާޓީއަކީ ކޮބައިކަން ރައްޔިތުންނަށް ނޯޅޭ ކަމަށެވެ. ރައްޔިތުންނަށް ވާން އެދޭ ގޮތް، ދާން އެދޭ މިސްރާބު ހިތަށް ގެންނަ ބައަކީ ވެސް އެމްޑީޕީ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ ބަދަލުކުރާނެ ޕާޓީއަކީ، ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީ އެވެ. މި އިންތިހާބުގައި ގިނަ ގޮނޑިތައް އެ ޕާޓީން ނަގާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox