އައްޑޫގައި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރެއް އަޅަނީ

ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކުރަން ހަމަޖެހިފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ނައިބު ރައީސް މަޝްވަރާކުރައްވަނީ: ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކުރަން ހަމަޖެހިފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ނައިބު ރައީސް މަޝްވަރާކުރައްވަނީ: ފޮޓޯ: ރައީސް އޮފީސް

ހެދި ބޮޑުވުމުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަށް ފަރުވާ ދޭން އައްޑޫ ސިޓީގައި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރެއް ހުޅުވުމާ ބޭހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ބޭފުޅުންނާ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ ހެދި ބޮޑުވުމުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަށް ފަރުވާ ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އައްޑޫގައި ހަދާ ސެންޓަރު ހިންގަން ހަމަޖައްސާފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ބެލުމުގެ ދަށުންނެވެ.

އެ ސެންޓަރުގައި ހިދުމަތް ދޭން ނިންމާފައި ވަނީ ކްލިނިކަލް ސައިކޮލޮޖިސްޓަކާއި އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ އިތުރުން ސްޕީޗް ތެރަޕިސްޓެއް ހިމެނޭ މަލްޓި ޑިސިޕްލިނަރީ ޓީމަކުންނެވެ.

މި ސެންޓަރަކީ ކުދިންގެ ހެދި ބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާ އެއް ލިބޭނެ ގޮތަށް އިސްކަންދީގެން ހަދާ ތަނެކެވެ. އަދި ސްޕެޝަލް ނީޑްސް ކްލާސްތަކާއި އެފަދަ ކަންކަމާ ގުޅުން ހުރި ހުރިހާ މީހުންނާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ނައިބު ރައީސް ބޭއްވެވި ވާޗުއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ރައީސް އޮފީހުގެ ސޯޝަލް ޕޮލިސީ އެޑްވައިޒަރު ޑރ. މުސްތަފާ ލުތުފީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި އައްޑޫގެ ކަމާ ގުޅޭ ދާއިރާގެ ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox