ގުރައިދޫ މަރުކަޒުގައި ޑޮކްޓަރަކު ނެތި 4 މަސް, ހާލަތު ގޯސް!

ކ .ގުރައިދޫގައި ހުންނަ މަރުކަޒު: އެތަނުގައި ޑޮކްޓަރަކާއި ނަރުހަކު އަދި ނަފްސާނީ ބަލިތަކުގެ ޑޮކްޓަރަކު ނެތި ހާލަތު ވަނީ ދަށްވެފައި.- ފޮޓޯ: ގުރައިދޫ މަރުކަޒު ފޭސްބުކް ޕޭޖް

ކ .ގުރައިދޫގައި ހުންނަ މަރުކަޒު: އެތަނުގައި ޑޮކްޓަރަކާއި ނަރުހަކު އަދި ނަފްސާނީ ބަލިތަކުގެ ޑޮކްޓަރަކު ނެތި ހާލަތު ވަނީ ދަށްވެފައި.- ފޮޓޯ: ގުރައިދޫ މަރުކަޒު ފޭސްބުކް ޕޭޖް

ސިކުނޑީގެ އެކިއެކި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓަމުން އަންނަ ކ. ގުރައިދޫ މަރުކަޒުގައި ޑޮކްޓަރަކާއި ނަރުހަކު ނެތްތާ ހަތަރު މަހަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ.

މީގެއިތުރުން "އަދަދު" އަށް އެނގިފައިވާ ގޮތުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭނެ ޑޮކްޓަރަކު ވެސް އެތަނުގައި ނެތްތާ އަހަރަކަށް ވުރެން ގިނަ ދުވަސް ވަނީ ވެފަ އެވެ.

ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން އުމުރުން ދުވަސްވީ, އަޅާލާނެ މީހެއް ނެތް 197 މީހުން ގުރައިދޫ މަރުކަޒުގައި މިހާރު ވެސް އެބަތިއްބެވެ. އޭގެ ތެރޭގައި ނަފްސާނީ މައްސަލަތައް ހުރި 158 މީހުންނާއި އުމުރުން ދުވަސްވީ 39 މީހުން ހިމެނެ އެވެ.

އެތަނުގެ މުވައްޒަފުންގެ ގޮތުގައި މަަސައްކަތްކުރަނީ 100 އެއްހާ މީހުންނެވެ.

ގުރައިދޫ މަރުކަޒުގެ ހާލަތު ދަށްވެފައިވާ ކަން އެ ރަށުގެ ކައުންސިލްގެ މެމްބަރަކު ނަން ހާމަނުކުރަން އެދިވަޑައިގެން "އަދަދު"އަށް ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.

މިވީ ދިގު ތާރީހުގައި މިއީ މިހާލަތަކަށް އެ މަރުކަޒު ދިޔަ ފުރަތަމަ ފަހަރު. -- ކައުންސިލަރު

އޭނާ ވިދާޅުވީ އެ މަރުކަޒުގައި ތިބި ބަލި މީހުންނަށް މިހާރު ބޭސް ދެމުން އަންނަނީ އެކަމުގެ ތަޖުރިބާއެއް ނެތް އެތަނުގެ މުވައްޒަފުން ކަމަށެވެ. އިތުރު ފަރުވާއެއް ހޯދަން ޖެހޭ ނަމަ މިހާރު ގެންދަނީ ގުރައިދޫ ސިއްހީ މަރުކަޒަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން އެއީ ޑޮކްޓަރުންގެ ބެލުމުގެ ދަށުން އަބަދު ބަލަހައްޓަމުން އައި މީހުން. މިހާރު އެކަމެއް ނުވޭ. މިވީ ދިގު ތާރީހުގައި މިއީ މިހާލަތަކަށް އެތަން ދިޔަ ފުރަތަމަ ފަހަރު،" ތިރީސް އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވާ މަރުކަޒާ ގުޅޭ ގޮތުން ކައުންސިލަރު ވިދާޅުވި އެވެ.

"ވަރަށް ފަހުން ވެސް އެތަނުގެ [އުމުރުން ދުވަސްވީ] ދެ މީހަކު ހާލު ބޮޑުވެގެން ފަރުވާދިން ވާހަކަ އަޑު އެހިން."

ގުރައިދޫ މަރުކަޒުގައި ތިބި މީހުންގެ ތެރޭގައި ގިނައީ ކޮންމެ ދުވަހަކުހެން ބޭސް ކާން ޖެހޭ މީހުންނެވެ. އަދި ސިއްހީ ތަޖުރިބާކާރެއްގެ ލަފާގެ މަތިން ވަކި ގޮތަކަށް އެމީހުން ބަލަހައްޓަން ޖެހެ އެވެ.

އެފަދަ މީހުންނަށް ފަރުވާ ދެއްވާ ޑޮކްޓަރަކު, މި މައްސަލައިގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ އެފަދަ މަރުކަޒެއްގައި ތިބޭ މީހުންގެ ކަންކަން ކުރަން ޖެހޭނީ ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ކަމަށާއި އެތަނުގައި ޑޮކްޓަރެއް ނެތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ސްކިޒޮފްރޭނިއާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ގަވައިދުން ބޭސް ނުދެވޭ ނަމަ ބުއްދި ފިލައިގެން ދިއުން ފަދަ ކަންކަން ކުރިމަތިވާނެތީ އެކަންކަމަށް ފަރުވާ ކުޑަނުކޮށް ފަރުވާ ދޭން ޖެހޭ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ސައިކޭޓްރިސްޓެއް ނެތި 14 މަސް، އަދި ޑޮކްޓަރެއް ނަރުހެއް ނެތި ހަތަރު މަސް ވުމަކީ ވަރަށް ދެރަވަރު ދެއްތޯ. އެފަދަ ސެންޓަރެއްގައި އެއީ ކޮންމެހެން ވެސް ލިބެން ޖެހޭނެ ހިދުމަތެއް. -- ޑޮކްޓަރު

ޑޮކްޓަރު ވިދާޅުވީ ގުރައިދޫ މަރުކަޒުގައި ގިނައިން ތިބެނީ އާއިލާތަކުން އަޅާނުލާ މީހުންނަށް ވާތީ އާއި އެ ތަނުގައި ތިބޭ މީހުންގެ ސިއްހީ ހާލަތު ހުރިގޮތުން އެ މީހުންގެ ފަރާތުން ވާހަކަ ދައްކާނެ މީހުން މަދު ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިފަދަ މައްސަލަތައް ހައްލު ނުވެ އޮންނަ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

ސިއްހީ ހިދުމަތް ލިބުން ދަތިވުމުގެ އިތުރުން އެ މަރުކަޒުގައި ކެއުމަށް ބޭނުންކުރާ ތަކެތީގެ ސަޕްލައިއަށް ވެސް މި ފަހުން ދަތިތަކާ ކުރިމަތިވި ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ. މިދިޔަ މަހު ހަފުތާއެއްހާ ދުވަހު އެ މަރުކަޒުގައި ފިޔާ އާއި ލޮނުމެދު ފަދަ ތަކެތި ނާޅައި ރިހަ ކައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަހުން މުވައްޒަފުން ފިހާރަތަކާއި އެކި ތަންތަނުން އެއްޗެހި ގެނެސްގެން ކެއްކީ،" ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގުރައިދޫ މަރުކަޒުގެ ހާލަތު ދަށްވެފައި އޮތް މިންވަރު ކައުންސިލުން ވެސް ވަނީ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެކަމަކު އެދެވޭ ޖަވާބެއް މިހާތަނަށް ކައުންސިލަށް ދީފައެއް ނުވެ އެވެ.

ގުރައިދޫ މަރުކަޒުގެ ހާލަތު ދަށްވެފައިވާ މައްސަލައިގެ ތަފްސީލަށް "އަދަދު" ނޫހުން, އެ މަރުކަޒު ބަލަހައްޓާ ޖެންޑާ މިނިސްޓްރީގައި އެދިފައިވީ ނަމަވެސް އަދި ބަހެއް ނުލިބެ އެވެ. އެކަމަކު މި މައްސަލައިގައި "އަދަދު"ން ކުރި ސުވާލުތަކަށް ޖަވާބު ލިބުނުހާ އަވަހަކަށް އަންގާނެ ކަމަށް ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކުގެ ދިފާއުގައި ވަކާލާތު ކުރައްވާ، މުހައްމަދު ޝިހާބު (ދަމާސް ޝިހާބު)، ވިދާޅުވިގޮތުގައި ގުރައިދޫ މަރުކަޒުގެ ހާލަތު އެގޮތަށް އޮތް ނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އޭގެން ދައްކައިދެނީ ސަރުކާރުން ކަންކަން ތަންފީޒު ކުރޭތޯ ބަލަންޖެހޭ އިދާރާތައް ފަންގްޝަން ނުކުރާކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ, ވަރަށް ބޮޑު އިހުމާލެއް ކަމަށް ޝިހާބް ދެކެވަޑައިގަންނަވަ އެވެ.

"ދައުލަތުގެ އެކަން ބަލަން ތިބި މޮނިޓަރިން އިދާރާއިން އެކަން ރައްޔިތުންގެ ސަމާލު ކަމަށް ގެންނަން ޖެހޭ. އެ ކަން ބުނެ ދޭން ޖެހެނީ ހަމައެކަނި ސަރުކާރަކަށް ނޫން. ރައްޔިތުންނަށް ވެސް އަންގަން ޖެހޭ،" އިޖުތިމާއީ މަސައްކަތް ކުރާ ވިލިޖޯލީގެ ޗީފް ވޮލަންޓިއާކަން ވެސް ކުރައްވާ ޝިހާބް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox