އާބާދީގެ 45 ޕަސެންޓަށް ފުރަތަމަ ޑޯޒު ޖެހިއިރު ނަންބަރުތައް އަދިވެސް މަތީގައި

ވެކްސިން ސެންޓަރެއްގައި މީހަކު ކޮވިޑް-19 އާ ދެކޮޅަށް ހަދާފައިވާ ވެކްސިނެއް ޖަހަނީ: އެޗްޕީއޭ އިން ބުނަނީ އެންމެން ސަމާލުވެގެން ނޫނީ ވެކްސިން ޖެހި ނަމަވެސް ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށް -- ފޮޓޯ/ހުސެއިން ވަހީދު

ވެކްސިން ސެންޓަރެއްގައި މީހަކު ކޮވިޑް-19 އާ ދެކޮޅަށް ހަދާފައިވާ ވެކްސިނެއް ޖަހަނީ: އެޗްޕީއޭ އިން ބުނަނީ އެންމެން ސަމާލުވެގެން ނޫނީ ވެކްސިން ޖެހި ނަމަވެސް ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށް -- ފޮޓޯ/ހުސެއިން ވަހީދު

ކޮވިޑް-19 ވެކްސިން ދިވެހިރާއްޖޭގައި ޖެހި މީހުންގެ އަދަދު 240،000 އަށް ވުރެ ގިނަވެފައިވާއިރު ވެސް ބަލިޖެހޭ މީހުންގެ ނިސްބަތް ދަށް ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހިސާބުތަކުން ދައްކައިފި އެވެ.

މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާގެ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު މިއަދާ ހަމައަށް 243،749 މީހުންނަށް ޖަހާފައިވާ ކަމަށް އެޗްޕީއޭ އިން ރޭ ވަނީ ބުނެފަ އެވެ. މިއީ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 45.9 ޕަސެންޓު މީހުންނެވެ.

ނަމަވެސް އެޗްޕީއޭގެ ހިސާބުތަކުގައިވާ ގޮތުން ހޮނިހިރު ދުވަހު ނެގި 3570 ސާމްޕަލުން 103 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަން ވަނީ ޔަގީންވެފަ އެވެ. ފެބްރުއަރީ ފަހުކޮޅުން ފަށައިގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ.

ވެކްސިނާއެކު ބަލިޖެހޭ މީހުންގެ ނިސްބަތް ދަށް ވާނީ ކޮންއިރަކުކަން ބުނެދިނުން އުނދަގޫ. ވެކްސިން ޖަހައިގެން، ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރަން ބޭނުން ނަމަ، އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހަންޖެހޭ. -- އެޗްޕީއޭގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް

ކޮވިޝީލްޑް ދެ ޑޯޒު ހަމަކޮށްފައިވާ މީހުންނަށް ކޮވިޑް-19 އިން ރައްކާތެރިކަން ލިބުމުގެ ގާތްގަނޑަކަށް 83 ޕަސެންޓު ފުރުސަތު އޮންނަ އިރު، ފުރަތަމަ ޑޯޒާއި ދެ ވަނަ ޑޯޒާ ދެމެދު ހިނގާ މުއްދަތުގައި ވެކްސިނުން 60 ޕަސެންޓު ސަލާމަތްތެރިކަން ލިބޭ ކަމަށްވެ އެވެ.

އެކަމަކު ބަލި ޖެހޭ މީހުންގެ ނިސްބަތް މަދުވާނީ ވެކްސިން ޖެހުން، ލޮކްޑައުން އަދި މުޖްތަމައުއަށް ވިސްނައި އަޅާ ފިޔަވަޅުގެ އިތުރުން ކޮންމެ މީހަކު ވެސް، ވިސްނައިގެން، އާންމު ސަލާމަތްތެރި ކަމަށް އަޅާ ފިޔަވަޅުތަކަށް ކޮންމެ ދުވަހަކު ވެސް ސަމާލުވެގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

"މިސާލަކަށް ސްކޫލްތައް ބަންދު ކުރުމުން ސްކޫލުން އެކަކު އަނެކަކާ ދިމާވުމެއް ނޯންނާނެ. އެކަމަކު ސްކޫލް ބަންދު ދުވަސްތަކުގައި ތިމާގެ މީހުންގެ ގެތަކަށް މި ކުދިން ގެންގޮސްފިއްޔާ ގިނަ މީހުންނާ ދިމާވުމުގެ ފުރުސަތު އޮންނާނެ ބަލި ޖެހުމުގެ ފުރުސަތާ ވެސް އެކު،" ޑރ. ނަޒްލާ "އަދަދު"އަށް ވިދާޅުވި އެވެ.

"ވެހިކަލް ދުއްވުން މަނާ ކުރުމާއި ކާފިއު ހިންގުމުގައި ވެސް ކަންތައް އޮތީ މިހެން. ވެހިކަލް ދުއްވުން މަނާ ގަޑީގައި ވެސް މިސާލަކަށް ގިނަ ބަޔަކު ބޭރަށް ނިކުންނަ ނަމަ، އެކަކު އަނެކަކާ ދިމާވުން މަދު ކުރަން މި އަޅާ ފިޔަވަޅުތަކުން އަސަރެއް ނުކުރާނެ."

ކޮރޯނާ ވައިރަސް 2019 ވަނަ އަހަރު ފަހުކޮޅު ދުނިޔޭގައި ފެތުރެންފެށުމާއެކު ވެކްސިން ހެދުމުގެ ދިރާސާތައް ސައިންޓިސްޓުން ވަނީ ކުރަން ފަށައިފަ އެވެ. އެންމެ ފުރަތަމަ ވެކްސިން އުފައްދާފައި ވަނީ ޗައިނާއިންނެވެ. ފަހުން އޮކްފޯޑް ޔުނިވާސިޓީން، ބޭސް ކުންފުނި އަސްޓްރާޒެނެކާއާ ގުޅިގެން ވެކްސިން އުފެއްދި އެވެ. އަދި މޮޑާނާއިން ފައިޒާ ވެކްސިން ހަދާފައިވާ އިރު ޖޯންސަންސް އެންޑް ޖޯންސަންސް އިން ވެސް ވަނީ ވެކްސިނެއް އުފައްދައިފަ އެވެ.

ރާއްޖޭގައި ބޭނުންކުރާ ކޮވިޝީލްޑް އުފައްދާފައިވާ ކޮރޯނާ ވައިރަހުގެ ކަށިތަކުން ނަގާ ޕްރޮޓީން ރާމާމަކުނަށް ޖެހޭ ރޯގާގެ މަރާލާފައިވާ ވައިރަހެއްގެ ތެރެއަށް ލައިގެންނެވެ. މި ވެކްސިން ހަށިގަނޑަށް ވަނުމުން، އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ވައިރަހެއް ނުވަދެ އެވެ. އަދި ދިފާއީ ނިޒާމުން އެންޓިބޮޑީސް އުފައްދަން މަގުފަހިވެ އެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ސައިނަފޯމް އުފައްދާފައި ވަނީ ކޮރޯނާ ވައިރަހަށް ބަދަލުތަކެއް ގެނެސްގެނެވެ. ކޮރޯނާ ވައިރަހަށް ކެމިކަލެއް އަޅާލުމުން އެ އިންއެކްޓިވްވެ އެވެ. ނަމަވެސް އޭގެ ބޭރު ފަށަލައިގަ ހުންނަ ކަށިތަކަށް ގެއްލުމެއް ނުވެ އެވެ. މިހެން ހެދުމުން ވައިރަހަށް ރެޕްލިކޭޓް ކުރުމުގެ ބާރު ކެނޑެ އެވެ. އަދި ހަށިގަނޑަށް މި ވެކްސިން ވަނުމުން ދިފާއީ ނިޒާމުން ކޮރޯނާ ވައިރަހަށް އެންޓިބޮޑީސް އުފައްދަން ދަސްވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox