ވެކްސިންގެ ދެ ވަނަ ޑޯޒް ދޭން ފަށައިފި

މީހެއްގެ ގަޔަށް ކޮވިޑް-19 ވެކްސިން ދެނީ: މިއަދު ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ދޭން ފަށާފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

މީހެއްގެ ގަޔަށް ކޮވިޑް-19 ވެކްސިން ދެނީ: މިއަދު ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ދޭން ފަށާފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިންގެ ދެ ވަނަ ޑޯޒް ދޭން މިއަދު ފަށައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި ދެވަނަ ޑޯޒް މިހާރު ދެނީ ފެބްރުއަރީ އެކަކުން ހަތަރު ވަނަ ދުވަހާ ދެމެދު ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށެވެ.

ދެ ވަނަ ޑޯޒް ދެނީ ސޯޝަލް ސެންޓަރާއި، ނެޝެނަލް އާޓް ގެލެރީ އާއި ހުޅުމާލެ ފްލޫ ކްލިނިކްގެ އިތުރުން ވިލިމާލެ ޒުވާނުންގެ މަރުކަޒްގަ އެވެ.

ވެކްސިން ޖަހަން އަންނައިރު ވެކްސިން ކާޑާއެކު އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑް ގެންދިއުމަށް އެޗްޕީއޭން އެދެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދޭން ފެށީ ފެބްރުއަރީ މަހުން ފެށިގެންނެވެ. އެންމެ ފުރަތަމަ ކޮވިޝީލްޑް ވެކްސިން ދިންއިރު، ފަހުން ވަނީ ޗައިނާގެ ސިނޮފާމް ވެކްސިން ވެސް ދޭން ފަށައިފަ އެވެ.

ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް އަށް ހަފްތާ ފަހުން ދެ ވަނަ ޑޯޒް ޖަހައި ދޭއިރު ސިނޮފާމް ޖެހި މީހުންނަށް 2-4 ހަފްތާގެ ތެރޭގައި ދެވަނަ ޑޯޒް ޖަހައިދެ އެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ކަރަންޓީން ނުވެ އަތޮޅުތެރެއަށް ދިއުމުގެ ހުއްދަ ދިނުންފަދަ ލުއިތަކެއް ދޭން ވަނީ ނިންމާފަ އެވެ.

ކޮވިޑް ވެކްސިނަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ރާއްޖޭން ވެކްސިން ޖަހައިފަ އެވެ. މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވަނީ ވެކްސިން ދީފަ އެވެ.

ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ދޭން ފަށާފައިވާއިރު ކޮވިޑް-19އަށް މީހުން ޕޮޒިޓިވްވާ އަދަދު ވަނީ އިތުރުވާން ފަށައިފަ އެވެ. މިހާރު އެންމެ ބޮޑަށް ބަލި ފެތުރެނީ ރަށްތަކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox