ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑެއް ވިއްކާލައި ކުޑަކުއްޖެއްގެ ބޭސް ފަރުވާ އަށް ހަރަދުކުރަނީ

Apr 3, 2021, 4:09 AM
ސާބިއާ މެޗުގެ ތެެރެއިން ރޮނާލްޑޯ ކެޕްޓަން ބޭންޑް ހިފައިގެން.-- ފޮޓޯ: ގެޓީ އިމޭޖަސް

ސާބިއާ މެޗުގެ ތެެރެއިން ރޮނާލްޑޯ ކެޕްޓަން ބޭންޑް ހިފައިގެން.-- ފޮޓޯ: ގެޓީ އިމޭޖަސް

ބެލްގްރޭޑް (އޭޕްރީލް 3) - މިދިޔަ ހަފްތާގައި ވޯލްޑް ކަޕް ކޮލިފައިން މެޗެއްގެ ތެރެއިން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑް ނީލަމެއްގައި ވިއްކާލުމަށް ފަހު އެ ފައިސާ ހަ މަހުގެ ކުޑަކުއްޖެއްގެ ބޭސް ފަރުވާ އަށް ހަރަދުކުރަން ނިންމައިފި އެވެ.

ސާބިއާ އާއި ޕޯޗުގަލް 2-2 އިން އެއްވަރުވި މެޗުގެ އިތުރު ވަގުތުގައި ރޮނާލްޑޯ ޖެހި ބޯޅައެއް ވަނީ ގޯލުގެ ރޮނގު ހުރަސްކޮށްފަ އެވެ. އެކަމަކު އެ މެޗުގައި ގޯލް ލައިން ޓެކްނޮލޮޖީ ނެތުމުން ރެފްރީ އާއި ލައިންސްމަން އަށް ނުފެންނާތީ އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ. އެކަމާ ވަރަށް ބޮޑަށް ރޮނާލްޑޯ ހިތްހަމަނުޖެހުން ފާޅުކޮށް ދަނޑުން ފޭބިއިރު, އޭނާ ވަނީ ކެޕްޓަން ބޭންޑް ވެސް ދަނޑު މައްޗަށް އެއްލާލައިފަ އެވެ.

އެ ކެޕްޓަން ބޭންޑް ލިބުނީ ދަނޑުގެ ފަޔާފައިޓަރެއްގެ ޑިއުޓީގައި ހުރި ޖޯޖް ވުކްސެވިޗް އަށެވެ. ކެޕްޓަން ބޭންޑް ލިބުމާ އެކު ވުކްސެވިޗް ނިންމީ އެ ގައުމުގައި އެހީއަށް ބޭނުންވެފައިވާ ހަ މަހުގެ ކުޑަކުއްޖެއް ކަމަށްވާ ގަވްރީއޯގެ ބޭސް ފަރުވާ އަށް ފައިސާ ހޯދަން އެ ކެޕްޓަން ބޭންޑް ދިނުމަށެވެ. އެ ގޮތުން ސާބިއާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕެއް މެދުވެރިކޮށް ނީލަމުގައި އެ ކެޕްޓަން ބޭންޑް ވިއްކާލާފައިވަނީ 75000 ޑޮލަރަށެވެ.

ސްޕައިނަލް މަސްކިއުލާ ބައްޔަަކަށް ފަރުވާ ހޯދަމުން އަންނަ ހަ މަހުގެ ގަވްރީއޯގެ ބޭސް ފަރުވާ އަށް ޖުމްލަ 2.1 މިލިއަން ޕައުންޑް ހަރަދުވެ އެވެ. ވުކްސެވިޗް ބުނީ އޭނާ ދަނޑުގައި މަސައްކަތްކުރާއިރު, ކުޅުންތެރިންގެ ފަރާތުން ލިބޭ އެ ފަދަ ކޮންމެ އެއްޗެއް އޭނާ އަންނަނީ ގަވްރީއޯގެ ބޭސް ފަރުވާ އަށް ފައިސާ ހޯދަން ވިއްކަމުންނެވެ. އެ ގޮތުން މީގެ ކުރިން ސާބިއާ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންގެ ޖޯޒީ ވެސް ވިއްކާފައިވާނެ ކަމަށް ވުކްސެވިޗް ބުންޏެވެ.

ގަވްރީއޯގެ މަންމަ ސާބިއާގެ ޓީވީ އަކަށް ދިން އިންޓަވިއުއްގައި ބުނީ ރޮނާލްޑޯ ފަދަ ކުޅުންތެރިއެއްގެ ކެޕްޓަން ބޭންޑް ވިއްކައިގެން ގަވްރީއޯގެ ބޭސްފަރުވާ އަށް ހަރަދުކުރުމާ އެކު ގިނަ އެހެން މީހުންގެ ދީލަތި އެހީތައް ވެސް ލިބެމުން އަންނަ ކަމަށާއި އުއްމީދަކީ ވީ އެންމެ އަވަހަކަށް ހުރިހާ ހަރަދެއް ހަމަޖެހޭވަރަށް ފައިސާ ލިބުން ކަމަށެވެ.

"ރޮނާލްޑޯގެ ކެޕްޓަން ބޭންޑްގެ އެ ވާހަކަ އަށް ފަހު ނުދަންނަ އެތައް ބައެއް މިހާރު އެހީތެރިކަން ފޯރުކޮށްދޭ," ގަވްރީއޯގެ މަންމަ ބުންޏެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ރޮނާލްޑޯ ކެޕްޓަން ބޭންޑް އެއްލާލުމުން އޭނާ އަތުން ޕޯޗުގަލްގެ ކެޕްޓަންކަން އަތުލަން ނުވިސްނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ އެ ގޮތަށް ކަން ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox