މި މަހުގެ "ޓެކް" ކަލަންޑަރުން - ހާއްސަ ބައެއް ތާރީހުތައް

 އަޑޯބީ ސަމިޓް 2020 ގެ ތެރެއިން.  މި އަހަރު އިވެންޓް އޮންނާނީ ވާޗުއަލްކޮށް ފޮޓޯ: އަޑޯބީ.ކޮމް

އަޑޯބީ ސަމިޓް 2020 ގެ ތެރެއިން. މި އަހަރު އިވެންޓް އޮންނާނީ ވާޗުއަލްކޮށް ފޮޓޯ: އަޑޯބީ.ކޮމް

ކޮވިޑް-19 އާއި އަޑިއަޅައިލި ދުނިޔޭގެ އިޤްތިސާދުގެ ވެސް މާ ބޮޑު ތުރާލެއް ނުލިބި މިދިޔަ އަހަރު ހިންދެމިލި އެއް ސިނާއަތައް ޓެކްނޮލޮޖީ ސިނާއަތު ވާނެއެވެ. ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް ގޫގުލް މީޓާއި ޒޫމާއި ވާޗުއަލް އިވެންޓު ފަދަ އައު ވިސްނުންތަކުން ޓެކްނޮލޮޖީ ހޯދައިދިން ލުއިތަކަށް މިއަދު އަހަރެމެން މިތިބީ ކިތަންމެ ރަނގަޅަކަށް ވެސް ހޭނިފަ އެވެ. ކޮންމެއަކަސް އެ ވިސްނުމުގައި، އޭޕްރީލްމަހުގެ "ޓެކް" ކަލަންޑަރުގައި "ބޮޅުއަޅައިލަންޖެހޭ" ބައެއް ތާރީހުތަކަށް ކަޅިއެއް ހިންގައިލުން ކިހިނެއްވާނެހެއްޔެވެ؟

އެޑޯބީ ސަމިޓް 2021 – އޭޕްރީލް 27 - 28

މިއީ ފޮޓޯޝޮޕާއި އިލަސްޓްރޭޓާ ފަދަ ސޮފްޓްވެއާގެ އުފެއްދުންތެރި އެތައް އީޖާދުތަކަކުން އަހަރެމެންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ފަހަތުގައި އޮތް އެޑޯބީ އިން ކޮންމެ އަހަރަކު އެންމެ އިސްކަމެއްދީގެން ބާއްވާ އެއް ހަރަކާތެވެ. ހިލޭ ބައިވެރިވެވޭގޮތަށް ވާޗުއަލްކޮށް ކުރިއަށް ގެންދާ މި އިވެންޓުގައި މި އަހަރު، މަޢުލޫމާތު ދިނުމުގެ 200 އަށް ވުރެ ގިނަ ދަންފަޅިތަކާއި، ތަމްރީނާއި، މަސައްކަތު ބައްދަލުވުންތައް ކުރިއަށް ދާނެ އެވެ. އޭޕްރީލް 27 އާއި 28 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިވެންޓްގައި ޑިޖިޓަލް ވިޔަފާރި އާއި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމާއި އެޑޯބީގެ ވިޔަފާރި ހިދުމަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމާއި އައު އުފެއްދުންތައް ތަޢާރަފުކުރުމަށް ވަނީ ހަަމަޖެހިފަ އެވެ. ރާއްޖޭގެ "ކްރިއޭޓިވް ކޮމިއުނިޓީ" އަށް ނިސްބަތްވާ ހަމަ ކޮންމެ މީހަކު ވެސް މި އިވެންޓްގެ އަޖުމަ ބަލައިލާން އަދަދުން ދައުވަތު ދެމެވެ.

ރެޑް ހެޓް ސަމިޓް 2021 - އޭޕްރީލް 27 - 28

ވިޔަފާރިތަކާއި ކުންފުނިތަކަށް ހާއްސަކޮށްގެން ހިލޭ ތަރައްގީކޮށް ބޭނުންހިފޭ (އޯޕަން ސޯސް) ސޮފްޓްވެއާ އުފެއްދުމުގައި އެންމެ ވާދަވެރި އެއް ކުންފުނި ރެޑް ހެޓް ގެ މި އިވެންޓް މިއަހަރު ކުރިއަށް ގެންދިއުމަށް ރާވައިފައި އޮތީ ތަފާތު 3 ބަޔަކަށް ބަހައިލައިގެންނެވެ. އޭގެ ތެރެއިން އޭޕްރީލް 27 – 28 މި ދެ ދުވަހު ހިލޭ ބައިވެރީނަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ ދަންފަޅިތަކުގައި އޯޕަން ސޯސް ޓެކްނޮލޮޖީގެ އެންމެ ފަހުގެ އީޖާދުތަކާއި އެ ދާއިރާގެ ކުރިމަގާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރާނެ ކަމަށް ރެޑްހެޓުން ވަނީ އިއުލާނުކޮށްފަ އެވެ. ސިލްސިލާކޮށް ކުރިއަށް ގެންދާ މި ސަމިޓުގެ ބައެއް ހަރަކާތްތައް އަހަރުގެ މެދުތެރެއާއި ފަހުކޮޅަށް ވެސް ވަނީ ތާވަލުކޮށްފަ އެވެ. މިއީ ވެސް ރާއްޖޭގެ ޑިވެލޮޕަރުންނާއި އައިސީޓީ ސިނާޢަތުގެ މަސައްކަތްތެރީންނަށް ބައިވެރިވެލުން މުހިންމު އިވެންޓެެއް ކަމަށް އަދަދުން ދެކެމެވެ.

އިންޓަރޮޕް ޑިޖިޓަލް – ސައިބަރ ސެކިއުރިޓީ އިވެންޓް – އޭޕްރީލް 29

އައިސީޓީ ސިނާއަތުގެ ތަޖުރިބާކާރުންގެ ބަހުން ނަމަ، މިއީ ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް އުފެއްދުންތަކާއި އީޖާދުތަކުގެ ރައްކާތެރިކަމާ ގުޅުން ހުރި މަސައްކަތްތަކުގައި ޝާމިލުވާ ހަމަ ކޮންމެ މީހަކު ވެސް ޒިޔާރަތްކޮށްލަން ޖެހޭ އިވެންޓެކެވެ. 30 އަހަރުގެ ދިގު މާޒީއެއް އޮތް މި އިވެންޓުގައި މިއަހަރު މައުލޫމާތު ހިއްސާކުރާނެ މުހިންމު ދާއިރާތަކުގެ ތެރޭގައި އިންޓަނެޓާއި ޓެކްނޮލޮޖީގެ އާ ވައްޓަފާޅިތަކުގެ ސަބަބުން ސައިބަ ކްރައިމް ނުވަތަ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކުރާ ކުއްތަކަށް ވިޔަފާރިތަކާއި ކުންފުނިތައް ހޭލުންތެރިކުރުމާއި ޑިޖިޓަލް ފިކުރީމުދާ ރައްކާތެރިކުރުން ހިމެނެ އެވެ.

ބަވަނަވަމުން އަންނަ ދުނިޔޭގެ އެކި ސިނާއަތްތަކާއި މަސައްކަތުގެ މައިދާނުގައި އަބަދު ވެސް އެންމެ ފަހުގެ ސައްހަ މައުލޫމާތާއި އިލްމަށް ބަރޯސާވުމުގެ މުހިންމުކަން ބޮޑުވެފައި އޮތުމާއެކު، އަދަދުގެ އުންމީދަކީ މިފަދަ ހަރަކާތްތަކުގައި ކަމާއި ގުޅުންހުރި ދިވެހީން ބައިވެރިވާ މިންވަރު އިތުރުވެ، އޭގެ ފަރުދީ އަދި އިޖްތިމާއީ ފައިދާ ކުރިމަގުގައި ގައުމަށް ކުރުމެވެ. އަޅުގަނޑުމެން މި އަޅައިލަދިނީ ބޮޅެވެ. ބައިވެރިވުން އޮތީ ތިޔަބޭފުޅުންގެ އަތްމަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox