އެންޒީގެ "އަރިހުގައި" މޭކިން: ކިޔައިދިނީ އަސްލު ކާމިޔާބު ހޯދާނެ ގޮތް!

އެންޒީގެ "އަރިހުގައި" މޭކިން: ކިޔައިދިނީ އަސްލު ކާމިޔާބު ހޯދާނެ ގޮތް!

ހަފްތާއެއް ކުރިން ސޯޝަލް މީޑިއާގައި ވައިރަލް ވެގެންދިޔަ، އެންޒީގެ "އަރިހުގައި" ކެމްޕޭން އިން ދައްކުވައިދެނީ ބުރަކޮށް އުޅެމުން އެކަކު އަނެކެއްގެ ކާމިޔާބީގައި އެއްވަރަކަށް ހިއްސާވެ އެހީތެރިވަމުން އަންނަ ދެމަފިރިއެއްގެ ދިރިއުޅުމެވެ. ހަތަރު މިނިޓުގެ ކުރު އެ ވީޑިއޯ އިން އެންޒީ ނިއުޅުވައިދިނީ ކާމިޔާބީގެ މުޅިން އާ، ރީތި މާނަ އެކެވެ. ފޭސްބުކް ގައި މިހާތަނަށް 67،000 އަށްވުރެ ގިނަ ވިއުސް ލިބުނު މި ވީޑިއޯ ހާހަކާއި ގާތަށް މީހުން ޝެއާ ވެސް ކުރި އެވެ.

މި ބަލައިލަނީ، މި ހިތްގައިމު ކެމްޕޭން ވީޑިއޯއެއްގެ މޭކިން އާއި އޭގެ ކޮންސެޕްޓު ބިނާކުރުމުގައި އެންޒީގެ ވިސްނުން ގެންގުޅެފައިވާ ގޮތާއި އޭގެއިން ކުރި އަސަރުތަކާއި ގުޅޭ ބައެއް ވާހަކަ ތަކަށެވެ.

"ރޯދަމަހަށް ހާއްސަ ކެމްޕޭނެއް މިއީ. އެހެންވީމަ ފުރަތަމަ ވެސް މަޝްވަރާކުރީ މިހާރުގެ މި އޮތް އުނދަގޫ ހާލަތުގައި މީހުންނަށް ހިނިތުންވުމާ އެކު ބަލައިގަނެވޭނެ މަސައްކަތެއް ނެރެން. މީހުން ޝައުގުވެރިވާނީ އެމީހުންގެ ދިރިއުޅުމާ ގުޅުން ހުންނަ ކަންކަމަށް. އެހެންވީމަ، މަގްސަދަކަށް ވީ، މީހުންގެ ދިރިއުޅުމަށް ރަނގަޅު އަސަރެއް ކުރާ ކަހަލަ މަސައްކަތަކުން އެންޒީގެ ޕްރޮޑަކްޓެއް މާކެޓް ކުރުން،" ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖާ، އިބްރާހިމް ނަޒީމް ވިދާޅުވި އެވެ.

ވިޔަފާރި ނަފާއަށް ޓާގެޓްކޮށްގެން "ހާޑް ސެލް" އިޝްތިހާރެއް ހެދުމަށްވުރެ ބޮޑަށް އެ ކުންފުނިން ގެންގުޅެފައިވަނީ ކަސްޓަމަރުންގެ އިހުސާސްތަކަށް އަޅައިލުމުގެ ވިސްނުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވީޑިއޯ ޕްލޮޓް

ވީޑިއޯގެ ޕްލޮޓް ބިނާކޮށްފައިވަނީ ދެ ދާއިރާއެއްގައި ބުރަކޮށް މަސައްކަތްކުރާ ޒުވާން ދެމަފިރިއެއްގެ ދިރިއުޅުމުގެ އެއް ދުވަހު ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ. ހެނދުނު ހޭލައިގެން ދެ މީހުން ވެސް އޮފީހަށް ދަނީ އެއް ގަޑިއަކަށެވެ. ފިރިމީހާގެ ކަންކަން ކޮށްދީފައި އަންހެންމީހާ ފާހާނައަށް ވަންނަނީ ގަޑި ޖެހިދާނެތީ ހާސްވެފައި ހުރެގެންނެވެ. އޭރު، މޭޒުމަތީގައި އިސްތިރިކުރަން ބާއްވާފައި އޮތް އަންހެނުންގެ ހެދުން ފިރިހެން މީހާ އަށް ފެނެ އެވެ. އެތަން ފެނިގެން، ހެދުން އިސްތިރި ކޮށް، ކޮނޑެއްގައި ރީއްޗަށް އަޅުވާލުމަށްފަހު، އަންހެނުން ކޮށްދޭ ކަންކަމަށް ޝުކުރު އަދާކޮށް ގަނޑުކޮޅެއްގައި ކުރު ނޯޓެއް ލިޔެ ހަރުކޮށްލުމަށްފަހު އޭނާ ނިކުމެގެން ދަނީ އޮފީހަށެވެ. ފާހާނައިން ނިކުމެ، ފިރިމީހާ އިސްތިރިކޮށްދީފައި އޮތް ހެދުމާއި ލިޔެފައިވާ ނޯޓުކޮޅު ފެނިފައި އަންހެންމީހާ އުފާވެ އެވެ. އެހެން ސީން އެއް ގައި އަންހެން މީހާ، އޭނާގެ ފިރިމީހާއަށް ގުޅާފައި އޮފީސް ނިމިގެން ގެއަށް އަންނަމުން އެންޒީއިން މަސް ކޭހެއް ގަންނަން ބުނެ އެވެ. އެކަމަކު އޮފީހުގެ މަސައްކަތުން ފުރުސަތެއް ނުލިބިގެން ލަސްވާ ފަހުން ފިރިހެންމީހާ ގެއަށް އަންނަނީ މަސް ކޭސް މަތިން ހަނދާން ނެތިފައި ހުރެގެންނެވެ. ގެއަށް އަންނަ އިރު، އަންހެން މީހާ ހުންނަނީ ފިރިމީހާ ބިޒީކަން އެނގިގެން އެންޒީ ޑެލިވަރީ އަށް ގުޅައިގެން މަސް ކޭހެއް ގެއަށް ގެނެސް ބަހައްޓާފަ އެވެ.

މުޅި ވީޑިއޯގައި ވެސް ދައްކުވައިދެނީ މިކަހަލަ ކަންތައްތަކެކެވެ. އެކަކަށް ނުވާ ކަންކަން އަނެކަކު ކޮށްދީގެން، އެކެއްގެ ހާލަތު އަނެކާ އަށް އިހުސާސްކުރެވިގެން އެކަކު އަނެކަކަށް އޯގާތެރިވެ، އަޅާލާ މަންޒަރާއި އޭގެ ސަބަބުން ބުރަކޮށް އުޅެމުން ވެސް ދެމީހުންނަށް ލިބޭ ހިތްހަމަޖެހުމާއި ދިރިއުޅުމަށް އަންނަ އުފާވެރިކަން ވަރަށް ހިތްގައިމު ގޮތަކަށް ގެނެސްދީފައިވެ އެވެ.

"އަރިހުގައި" ނަގައިދިނީ މުހިއްމު ފިލާވަޅެއް!

"މިސާލަކަށް، މީހަކާ އިނދެގެން އުޅޭ ފިރިހެނަކަށް ލިބޭ ކާމިޔާބީއެއްގެ ވާހަކަ ދައްކާއިރު ބުނާނެ، ކާމިޔާބު ކޮންމެ ފިރިހެނެެއްގެ ފަހަތުގައި އެހީތެރިވާ އަންހެނަކު ހުންނާނެ އޭ. ކިހިނެއް ވާނެތޯ އެކަކު އަނެކަކު ކައިރީގަ، "އަރިހުގަ" ހުރެގެން އެކީގައި ކާމިޔާބު ހާސިލްކުރަން،" ވީޑިއޯގެ އަސްލު މެސެޖުގެ ތަފްސީލަށް ދަމުން ނަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބުރަކޮށް އުޅޭ އުޅުމުގައި އެކަކު އަނެކަކަށް އަޅައިލުމާއި އޯގާތެރިކަން މަޑުމަޑުން ނެތިގެންދާއިރު، ދިރިއުޅުން ކާމިޔާބު ކުރެވޭނީ އެއްކޮށް ތިބެގެން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. ވީޑިއޯ ގައި ދެމަފިރިއަކު ދައްކުވައިދިނަސް، ހުރިހާ ގުޅުމެއް ވެސް ކާމިޔާބުވުމުގެ އަސްލު ސިއްރަކީ އެއީ ކަމަށެވެ.

މިއުޒިކު ވެސް ހިތްގައިމު، އެކްޓިން މޮޅު!

ވީޑިއޯގައި ބޭނުންކޮށްފައިވާ ސައުންޑްޓްރެކް އެތައް ބަޔަކަށް ކަމުދިޔަ އެވެ. ހިސްޓޯރިއާ މިއުޒިކް ސްޓޫޑިއޯއިން އުފައްދައި ޖައިޝާ ވަހީދުގެ އަޑުން ކިޔާފައިވާ އެ ކުރު ސައުންޑް ޓްރެކުން ވީޑިއޯގެ ފީލް އިތުރަށް ވަރުގަދަކޮށްދީ ތަފާތު "މެޖިކެއް" ކްރިއޭޓްކޮށްދެ އެވެ.

ވީޑިއޯގައި ފެންނަ އަންހެންމީހާގެ ރޯލު ކުޅެފައިވަނީ، ނަޒްމާ ޒައީމް އެވެ. ފިރިހެން އެކްޓަރުގެ ރޯލުން ފެންނަނީ ޝަރަފް އަބްދުﷲ އެވެ. މި ދެ އެކްޓަރުންގެ އެކްޓިން އަށް ވެސް އެތައް ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.

އެކި ސީންތަކުގައި ފެންނަ ލޮކޭޝަން ހިޔާރުކުރުމުގައި ވެސް ވަރަށް ބޮޑަށް އޯޑިއަންސަށް ކުންފުނި އެކްސްޕޯޒްކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ނަޒީމް ވިދާޅުވި އެވެ.

"މިސާލަކަށް ވީޑިއޯގައި އެ ފެންނަ އޮފީހަކީ އެންސިސް ފިޝަރީޒްގެ ހެޑް އޮފީސް. ދެމަފިރިން އުޅޭ ގެއަކަށް އެ ފެންނަ އެޕާޓްމަންޓަކީ އަޅުގަނޑުމެންގެ ކުންފުނިން ޑިވޮލޮޕްކުރަމުންދާ "އައިރާ" ހައުސިން ޕްރޮޖެކްޓްގެ އެޕާޓްމަންޓެއް. އެހެންވީމަ ވަރަށް ބޮޑަށް އެގޮތަށް ވެސް ވިސްނުން ގެންގުޅެފަ މި ހުރީ،" ނަޒީމް ވިދާޅުވި އެވެ.

ކިހިނެއް ވާ ކެމްޕޭނެއް؟

އެންޒީއިން ރޯދަމަހުގެ ފުރަތަމަ ހަފުތާގައި ފަށާ ކެމްޕޭނަކީ އެ ކުންފުނީގެ ފިހާރައަށް ގޮސްގެން، ނުވަތަ އޮންލައިންކޮށް ވިޔަސް، 200 ރުފިޔާއިން މަތިން ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުންނަށް ހަފްތާގެ ލަކީޑްރޯގައި އޮޓޮމެޓިކުން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. ފިތުރު އީދުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިއަކަށް 5000 ރުފިޔާގެ އިނާމެއް ދޭނެ އެވެ.

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox