ވެންޓިލޭޓަރު މައްސަލާގައި ޝަމީމް ހުންނެވީ އިސްތިއުފާ ދެއްވަން ތައްޔާރަށް

މަޖިލީހުގެ ކޮމިޓީއެއްގައި ޝަމީމް: ޝަމީމް ވިދާޅުވީ މަގާމަށް ޝައުގުވެރިކަމެއް ނެތް ކަމަށް - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ކޮމިޓީއެއްގައި ޝަމީމް: ޝަމީމް ވިދާޅުވީ މަގާމަށް ޝައުގުވެރިކަމެއް ނެތް ކަމަށް - ފޮޓޯ: މަޖިލިސް

ވެންޓިލޭޓަރުތަކެއް ގަންނަން ސަރުކާރުން ހަވާލު ކުރި 30 މިލިއަން ރުފިޔާ ގެއްލުވާލި މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ޖިނާއީ ދައުވާ ނުކުރުމުން ފާޑުކިޔުން އަމާޒުވެފައި އޮއްވައި، އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރުތަކެއް ގަތުމަށް ޑުބާއީގެ ކުންފުންޏަކާ އެޑްވާންސަށް 30 މިލިއަން ރުފިޔާ ދިނުމަށްފަހު ހަވާލު ކުރުމުން އެ މެޝިނުތަކެއް އަދި ވެސް ނުލިބެ އެވެ. ގާތްގަނޑަކަށް 75 މެޝިން ގަންނަން ހަވާލު ކުރުމުން ދިނީ ބޭނުން ނުކުރެވޭ ހާލަތުގައި އޮތް 11 ވެންޓިލޭޓަރެކެވެ.

އެ މައްސަލައިގައި އެއިރުގެ ހެލްތު މިނިސްޓަރު އަމީނާއި އޭނާގެ 10 މުވައްޒަފުންނަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދުމުން ކޯޓަށް މައްސަލަ ނުފޮނުވައި ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ކުށުގެ އުންސުރުތައް ހަމަނުވާތީ ދައުވާ ކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން ބެލިއިރު ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެ ފައިސާ ވަތް ތަނެއް ހޯދިފައެއް ނެތް، ފައިސާ ވަތް ތަނެއް އަދިވެސް ހޯދައިފިނަމަ ދައުވާ ކުރާނަން، މި މައްސަލަ އެއްކޮށް ނިމުނީއެއް ނޫން،" ރާއްޖެ ޓީވީގެ ޝޯއެއްގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭނާ އިސްތިއުފާ ދެއްވަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި އޮއްވަ އެވެ.

ވެންޓިލޭޓަރު މައްސަލާގައި ނަޝީދުގެ ނުރުހުން އާންމު ކުރައްވާފައިވަނީ އެ މައްސަލަ އޭސީސީއިން ދެވަނަ ފަހަރަށް މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުން އެ މައްސަލަ ބޭރުކޮށްލާފައިވާތީ އެވެ.

"އަޅުގަނޑު އިސްތިއުފާ ދިނުމާ ބެހޭ އުސޫލުގައި އޮތް ގޮތަށް ކަންތައް ކުރާނަން، އެއީ ޕްރޮސެސްއެއް އޮންނަ ކަމެއް، އަޅުގަނޑުގެ މާބޮޑު ޝައުގުވެރިކަމެއް ހުރީއެއް ނޫން މި މަގާމުގަ ހުންނަން، އެކަމަކު އަޅުގަނޑު ކުރަން ނުޖެހޭ ކަމެއް ނުކުރެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ ފައިސާ ލިބުނު ބައެއް ހޯދުމުގެ މަސައްކަތް މިހާރު ވެސް އޭސީސީގެ ފަރާތުން ކުރަމުންދާ ކަމަށާއި އެހެންކަމުން ސާބިތު ކުރެވޭނެ ކަމުގެ ޔަގީން އޮއްވައި ދައުވާ ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އޭސީސީއިން އިތުރަށް ކުރާ ތަހުގީގުން ފައިސާ ލިބުނު މީހުން ސާފުވި ނަމަވެސް މިވަގުތު ދައުވާކޮށްފިނަމަ ފަހުން ދައުވާ ނުކުރެވޭނެކަން ވެސް ޝަމީމް ފާހަގަ ކުރެއްވި އެވެ. ގާނޫނު އަސާސީގައިވާ ގޮތުން އެ ކުށަކަށް ދެ ފަހަރަކަށް ދައުވާއެއް ނުކުރެވޭނެ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރުމުގެ އެއްވެސް މަސްލަހަތެއް ނެތް ކަމަށް ޝަމީމް ފާހަގަ ކުރައްވަމުން ވިދާޅުވީ މައްސަލާގައި ތުހުމަތުވާ އެއްވެސް މީހަކީ އޭނާއާ ގުޅުން ހުރި، އަދި ދަންނަ ވެސް ބައެއް ނޫން ކަމަށެވެ. އެހެންކަމުން ދައުވާނުކޮށް އަނބުރާ ފޮނުވާލުމަކީ ވަކި މީހަކަށްޓަކައި ކުރެއްވި ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

މައްސަލާގައި އޭސީސީއިން އެދުނީ، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލުމަށެވެ. އެމީހުންގެ ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެންމެ ފުރަތަމަ ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލި އެވެ. މައްސަލަ ރިވިއުކޮށް ދިނުމަށް އޭސީސީއިން އެދުނު ނަމަވެސް ދައުވާއެއް ސާބިތު ކުރެވޭ މިންވަރަށް އުންސުރުތައް ނެތް ކަމަށް ބުނެ މައްސަލަ އަނެއްކާވެސް ވަނީ އޭސީސީއަށް އަނބުރާ ފޮނުވާފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފާއެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރު މައްސަލަ ހޫނުވެ، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިސްތިއުފާ ވެސް ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ މަސައްކަތުން އެކަހެރިވެ ހުންނެވުމަށްފަހު އެވެ. މި މައްސަލާގައި ސަރުކާރަށް އާންމު ރައްޔިތުންނާއި އިދިކޮޅުގެ ފާޑުކިޔުންތައް ވެސް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ވެންޓިލޭޓަރު ކޮރަޕްޝަންގައި މުޅި ސަރުކާރު ވަނީ ޝާމިލުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox