ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

Oct 30, 2026, 10:26 PM
ފަލަސްތީންގެ 17 އަހަރުން ދަށުގެ ޓީމަށް ހެޓްރިކް ހަދައިދިން ޒެއިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ފަލަސްތީންގެ 17 އަހަރުން ދަށުގެ ޓީމަށް ހެޓްރިކް ހަދައިދިން ޒެއިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް ތައްޔާރުވާން ކުރިއަށްދާ ކޭމްޕެއްގެ ތެރެއިން، ފަލަސްތީނުން މިރޭ ރާއްޖެ އަތުން 5-0 އިން ތަފާތު ބޮޑު މޮޅެއް ހޯދައިފި އެވެ. 

ފަލަސްތީނުން ވަނީ ޖެހިޖެހިގެން ދެ ވަނަ އަހަރަކު، އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންގެ ކުރިން ރާއްޖޭގައި ކޭމްޕްކޮށްފަ އެވެ. އެ ގޮތުން، މިދިޔަ އަހަރު މާލޭގައި ކޭމްޕް ކުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން، 6-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުން މޮޅުވީ 3-0 އިންނެވެ. 

މި ފަހަރު ފަލަސްތީން ޓީމު، ކ. ގުރައިދޫގައި ކޭމްޕްކުރުމަށް ފަހު، މެޗަށް މާލެ އަންނަ ގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ރާއްޖެ ކޮޅަށް މިރޭ ފަސް ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލި އެވެ.

ފަލަސްތީން ޓީމުން، 19 ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖެހި އެވެ. ފަލަސްތީނުގެ، ޒެއިން މުހައްމަދު އަބޫ އަތީގް ވަނީ ފުރަތަމަ ހާފުގައި ހެޓްރިކެއް ހަދައިފަ އެވެ. އޭނާ ތިން ލަނޑު ވެސް ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތުތަކުގަ އެވެ. އަނެއް ލަނޑުތައް ޖެހީ، ޓީމުގެ ކެޕްޓަން، ޔަޒާން އަނާން ހަލީފާ އާއި ތޯހާ މުހައްމަދު އެވެ. ޔަޒާން، އޭރިއާތެރެއިން ގޯލު ޖެހިއިރު، ތޯހާ، ގޯލު ކާމިޔާބުކުރީ އޭރިއާބޭރުން ޖެހި ޝޮޓަކުންނެވެ. 

 ދެ ވަނަ ހާފުގައި ރާއްޖޭން ވަނީ ފަލަސްތީން ކައިރީގައި ރަނގަޅަށް ޑިފެންސްކޮށް، އެޓޭކަށް ގިނަ ބޯޅަތަކެއް ކުޅެފަ އެވެ. އެކަމަކު، ފަލަސްތީން ކައިރިން ގޯލެއް ޖަހަން ކުރި މަސައްކަތް ރާއްޖެ އަށް ކާމިޔާބެއް ނުވި އެވެ. 

ފަލަސްތީނާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭގަ އެވެ. 

ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު، އޭއެފްސީ ކޮލިފައިން އަށް ތައްޔާރުވަނީ، އިބްރާހިމް ސައީދު (ކަކާ)ގެ ކޯޗުކަމުގަ އެެވެ. އަންނަ މަހު ފަސް ވަނަ ދުވަހު ތައިލެންޑަށް އޭއެފްސީ ކޮލިފައިންގައި ވާދަކުރަން ރާއްޖޭން ފުރާނެ އެވެ. 

އޭއެފްސީ ކޮލިފައިންގައި ރާއްޖޭން ފުރަތަމަ ކުޅެން އޮތީ އަންނަ މަހު އަށް ވަނަ ދުވަހު ޗައިނީސް ޓައިޕޭއާ އެވެ. އޭގެ ތިން ދުވަސް ފަހުން، އަންނަ މަހު 11 ވަނަ ދުވަހު ހޮންގް ކޮންގްއާ ކުޅޭނެ އެވެ. ސާދަ ވަނަ ދުވަހު، ތައިލެންޑާ ކުޅުމަށް ފަހު، ކޮލިފައިން ފަހު މެޗުގައި ރާއްޖޭން އިރާގާ ބައްދަލުުކުރާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. 

ކޮލިފައިންގައި ފަލަސްތީނުން ކުޅޭ މެޗުތައް އޮތީ މެލޭޝިއާގަ އެވެ. އެ ގްރޫޕްގައި ފަލަސްތީނާއި މެލޭޝިއާގެ އިތުރުން ދެން އޮތީ އިންޑިއާ، ސިންގަޕޫރު އަދި ގުއާމް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން ވެލާ އިން ހޯދައިފި

ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ސަން ސިޔާމް އޮޅުވެލި 1-0 އިން ބަލިކޮށް، ވެލާ ޕްރައިވެޓް އައިލެންޑުން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު އަހުމަދު އިމްތިނާހު ކާމިޔާބުކުރިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާގެ އަހުމަދު އިމްރާން

ރާއްޖޭގައި ކާމިޔާބީ، އާސިއާންގައި ތަޖުރިބާ، ޕާކިސްތާން ތައްޔާރު

ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖޫބިލީ މުބާރާތުގެ ކާމިޔާބީއާއި އާސިއާން ކަޕްގެ ތަޖުރިބާއާއެކު، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ޕާކިސްތާން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. ކޯޗު ސޮލާނޯ ބުނިގޮތުގައި، ފަހަކަށް އައިސް ޓީމުން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު މި މުބާރާތާ މެދު ބޮޑު އުންމީދެއް އެބައޮތް

އިންޓަ އާއި ނަޕޯލީ މޮޅުވިއިރު، މިލާނާއި ޔުވެންޓަސް ބަލި

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން އިންޓަ މިލާނާއި ނަޕޯލީ މޮޅުވިއިރު، އޭސީ މިލާނާއި ޔުވެންޓަސް ވަނީ ބަލިވެފައި. މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި 25 ޕޮއިންޓާއެކު އިންޓަ އޮތްއިރު، މިލާން މިވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވުމާ ކުރިމަތިލާން ޖެހިފައި

ކޮމްޕެނީ ހޮސްޕިޓަލުން ދޫކޮށްލައިފި، ފަރުވާހޯދީ މެނިންޖިއަލް އަށް!

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ތަމްރީނުތަކުގެ ތެރެއިން ހޭނެތިގެން ވެއްޓުމާ ގުޅިގެން، ފަސް ދުވަހު ހޮސްޕިޓަލުގައި ބާއްވައިގެން މެނިންޖިއަލް އިރިޓޭޝަނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި. ކޮމްޕެނީގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، އޭނާ އަލުން ޓީމާ ގުޅޭނީ ގޭގައި ރިހެބިލިޓޭޝަން ފުރިހަމަކޮށް އެއްކޮށް ފިޓްވުމުން

ޗެލްސީ ބަލިކޮށް ލިވަޕޫލް ލީގު ކަޕް ކުއާޓާ ފައިނަލަށް

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 6-5 އިން ޗެލްސީ ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ފޯރިގަދަ ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލް މޮޅުވީ ޗެލްސީގެ ފަހު ޕެނަލްޓީ ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އެމްބާޕޭ ޖެހި ޖޯކެއްގެ މައްސަލައިގައި ރެއާލް ވެސް ހޫނުފެނަށް!

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ "ޑިކްޓޭޓަރެއް" ކަމަށް އެމްބާޕޭ ބުނުމާ ގުޅިގެން، ޗައިނާގެ ބައެއް ކުންފުނިތަކުން އޭނާގެ ސްޕޮންސާޝިޕް އުވާލައި ދައުލަތުގެ ޓީވީން ރެއާލް މެޑްރިޑްގެ މެޗުތައް ދެއްކުން ހުއްޓާލައިފިއެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ރެއާލުން މައާފަށް އެދިފައިވީ ނަމަވެސް، ޗައިނާގެ މީޑިއާ ގްރޫޕުން ބުނެފައިވަނީ އެމްބާޕޭގެ އަމަލަކީ ޗައިނާގެ ރައްޔިތުންނަށް ބޭއިހުތިރާމް ކުރުން ކަމަށެވެ.

އަލްވަރޭޒް މައްސަލައިގައި ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި

އެތުލެޓިކޯ މެޑްރިޑަށް ނޭނގި އެ ޓީމުގެ ފޯވާޑް ޖޫލިއަން އަލްވަރޭޒްގެ ސޮއި ހޯދަން މަސައްކަތް ކުރުމުން، ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން މި ފިޔަވަޅު އެޅީ، ކްލަބަށް ނޭނގި ކުޅުންތެރިޔާއާ މުއާމަލާތް ކުރި މައްސަލަ އެތުލެޓިކޯއިން ހުށަހެޅުމާ ގުޅިގެން

Newsletter

Get the latest news delivered straight to your inbox