އިންޓަ އާއި ނަޕޯލީ މޮޅުވިއިރު، މިލާނާއި ޔުވެންޓަސް ބަލި

Oct 29, 2026, 10:07 AM
ބޮލޯނިއާގެ އެމްބަންގޫލާ މިލާން ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މި މެޗުގައި އޭނާ ވަނީ ހެޓްރިކެއް ހަދައިފައި.

ބޮލޯނިއާގެ އެމްބަންގޫލާ މިލާން ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މި މެޗުގައި އޭނާ ވަނީ ހެޓްރިކެއް ހަދައިފައި.

މިލާން (އޮކްޓޫބަރު 29) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން، އިންޓަ މިލާނާއި ނަޕޯލީ މޮޅުވިއިރު، އޭސީ މިލާނާއި ޔުވެންޓަސް ބަލިވެއްޖެ އެވެ. 

ވެނެޒިއާ އަތުން 2-0 އިން އިންޓަ މޮޅުވިއިރު، ނަޕޯލީން 4-1 އިން މޮންޒާގެ މައްޗަށް ކުރިހޯދި އެވެ. ބޯލޯނިއާ ކައިރިން 4-2 އިން ބަލިވެ، މިލާން ވަނީ ފުރަތަމަ ފަހަރަށް މި ފަހަރުގެ ލީގުގައި ބަލިވެފަ އެވެ. އަދި، ޔުވެންޓަސް އަތުން ޖެނޯއާ ވަނީ 2-0 އިން ކާމިޔާބު ހޯދައިފަ އެވެ. އަދި، މި ހަފްތާގައި ލާޒިއޯ އިން ވަނީ 6-2 އިން ސަސުއޯލޯ ބަލިކޮށްފަ އެވެ. 

އިޓާލިއަަން ލީގުގެ ތާވަލަށް ބަލާއިރު، އެއް ވަނައިގައި އޮތް އިންޓަ އާއި ދެ ވަނައިގައި އޮތް ލާޒިއޯ އަށް 9 މެޗުން ވަނީ 25 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރޯމާ އަށް ނުވަ މެޗުން 21 ޕޮއިންޓް އަދި ހަތަރެއްގައި އޮތް ކޯމޯ އަށް ނުވަ މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް މިލާނަށް ނުވަ މެޗުން 18 ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި، ހަ ވަނައިގައި އޮތް ނަޕޯލީ، ހަތް ވަނައިގައި އޮތް ފްރޮސިނޯނޭ އަދި އަށް ވަނައިގައި އޮތް ޔުވެންޓަސްގެ އޮތީ ނުވަ މެޗުން 14 ޕޮއިންޓެވެ. 

އަމިއްލަ ދަނޑުގައި ކުޅުނު ވެެނެޒިއާ އިން އިންޓަ އަތުން ބަލިވީ މެޗުގެ ފަހު 10 މިނިޓް ތެރޭ ބައިކޮޅަށް ދެ ގޯލު ވަދެގެންނެވެ. އިންޓަ މޮޅުވި ލަނޑުތަކަކީ، ވެނެޒިއާގެ ރަޑުއޯން ހަލްހަލް އާއި މަޓިއަސް މޮރޭނޯ އަތުން ބައިކޮޅަށް ވަން ގޯލުތަކެކެެވެ. 

ނަޕޯލީ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ކެވިން ޑި ބްރޭނާ، ރަފާ މަރީން، މަޓެއޯ ޕޮލިޓާނޯ އަދި ރަސްމުސް ހޮއިލުންޑް އެވެ. އަދި، މޮންޒާގެ ހަމައެކަނި ލަނޑު ޖެހީ، ގުސްޓާވޯ ވަރޭލާ އެވެ. ޖެނޯއާ އިން ޔުވެންޓަސް ބަލިކުރިއިރު، ލަނޑުތައް ޖެހީ، ކިންގްސްލީ އެހިޒީބޭ އާއި ޓޮމާސޯ ބަލްޑަންޒީ އެވެ. 

ރުބެން އަމޮރިމްގެ މިލާންގެ މައްޗަށް ބޮލޯނިއާ އިން ކުރިހޯދިއިރު، ލަނޑުތައް ޖެހީ، ސެމުއެލް އެމްބަންގޫލާ ހެޓްރިކެއްގެ އިތުރުުން، މިލާންގެ ޑާވިޑޭ ބާޓެސާޖީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިލާންގެ ދެ ލަނޑު ވެސް ޖެހީ މި ވަގުތު ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ފޯވާޑް، އަލްފަޑްޖޯ ސީސޭ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox