ކަކާ، 17 އަހަރުން ދަށުގެ ގަައުމީ ޓީމު ގޮވައިގެން ޗެލެންޖް ބޮޑު މަސައްކަތަކަށް، އުންމީދު އެބައޮތް

17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިބްރާހިމް ސައީދު (ކަކާ)، ޓީމުގެ ޓްރެއިިނިންގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިބްރާހިމް ސައީދު (ކަކާ)، ޓީމުގެ ޓްރެއިިނިންގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މީގެ ކުރިން، އުމުރުފުރާ ގައުމީ ޓީމުތަކުގައި، އިބްރާހިމް ސައީދު (ކަކާ)، ކޯޗިންގައި ފެނިފައިވަނީ، އެސިސްޓަންޓް ކޯޗެއްގެ ރޯލުގަ އެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކަކާ، މި ވަގުތު ހުރީ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުގަ އެވެ. އޭނާގެ ކުރިމަތީގައި އޮތް ޗެލެންޖް ބޮޑު މަސައްކަތަކީ، އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި، ރާއްޖެ އަށް އުންމީދެއް ގެނުވާނެ ކަންތައްތަކެއް ހާސިލްކުރުމެވެ. 

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދާފައިވަނީ އެންމެ މެޗަކުން ވެސް ބަލިނުވެ އެވެ. އެ ކާމިޔާބީ ހޯދުމުގައި، ކޯޗެއްގެ ގޮތުގައި ހުރީ ކަކާ އެވެ. 

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ކަކާ ބުނީ، އޭނާ 17 އަހަރުން ދަށުގެ ޓީމާ ހަވާލުވެ، ޓީމުގެ ފަރިތަކުރުންތައް ފެށީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. ތައިލެންޑްގެ ވެރި ރަށް، ބެންކޮކްގައި އަންނަ މަހު  8-20 އަށް ކުރިއަށްދާ އޭއެފްސީ 17 އަހަރުން ދަށުގެ ކޮލިފައިން އަށް ތައްޔާރުވާން، ޒުވާން ގައުމީ ޓީމު ގޮވައިގެން، މިހާތަނަށް ކުރެވުނު މަަސައްކަތާ މެދު ހިތްހަަމަ ޖެހޭ ކަމަށް ކަކާ ވަނީ ބުނެފަ އެވެ. 

އެ ގޮތުން، މިހާތަނަށް ކުރެވުނު މަސައްކަތުން، 17 އަހަރުން ދަށުގެ ޓީމު ވަނީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކާ ދެކޮޅަށް މެޗުތަކެއް ކުޅެފަ އެވެ. ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ދެ މެޗާއި އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބިސް ބުރު ސްޕޯޓްސް ކްލަބް އަދި 20 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ވެސް 17 އަހަރުން ދަށުގެ ޓީމުން ވަނީ ކުޅެފަ އެވެ. 

"މި ފްރެންޑްލީސްތަކުގައި ބޭނުމަކަށް ވީ ޕްލޭޔަރުން އެކި މަގާމުތަކަށް އެސަސް ކުރުމާ ޓީމެއްގެ ގޮތުގައި ޓެކްޓިކަލީ ކުރެވިފައިވާ ކަންކަން އެސަސް ކުރުން. ދެން، ކުރެވިދާނެ ކަންކަން ދެނެގަނެ ކުޅުންތެރިންނަށް ދެވޭނެ މެޗު ތަޖުރިބާތަކެއް ލޯކަލީ ވެސް ދިނުން،" ކަކާ ބުންޏެވެ. 

17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ކަކާ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ކަކާ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

އޭއެފްސީ ކޮލިފައިންގައި ރާއްޖޭން ފުރަތަމަ ކުޅެން އޮތީ އަންނަ މަހު އަށް ވަނަ ދުވަހު ޗައިނީސް ޓައިޕޭއާ އެވެ. އޭގެ ތިން ދުވަސް ފަހުން، އަންނަ މަހު 11 ވަނަ ދުވަހު ހޮންގް ކޮންގްއާ ކުޅޭނެ އެވެ. ސާދަ ވަނަ ދުވަހު، ތައިލެންޑާ ކުޅުމަށް ފަހު، ކޮލިފައިން ފަހު މެޗުގައި ރާއްޖޭން އިރާގާ ބައްދަލުުކުރާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. 

ވާދަކުރަން ޖެހޭ ގައުމުތަކަށް އިޝާރާތްކޮށް، ކަކާ ބުނީ، ފުރަތަމަ ކަމަކަށް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މި ކުޅެން ޖެހޭ ގައުމުތަކަކީ ރާއްޖެ އަށް ވުރެން ފުޓްބޯޅައިގެ ލެވަލްގެ ގޮތުން މަތި ގައުމުތަކެއް ކަމަށެވެ. އެކަމަކު، ހަމައެކަނި އެ ލެވަލަށް ބަަލައިގެން ފަރުަޖައްސައިނުލާނެ ކަމަށާއި ކުރެވުނު އެންމެ ރަނގަޅު މަސައްކަތްތަކެއް ކޮށްގެން، އެނބުރި ރާއްޖެ އަންނަން ބޭނުންވަނީ، ވަރަށް ރަނގަޅު ކުޅުމަކާއި ނަތީޖާތަކެއް ހިފައިގެން ކަމަށް ކަކާ ފާހަގަކުރި އެވެ. 

ކަކާ ބުނީ، ކުރިމަތީގައި އޮތް ޗެލެންޖް ކުޅުންތެރިންނަށް ވީ އެންމެ ރަނގަޅަށް ވިސްނައިދެމުން އަންނަ ކަމަށެވެ. 

"މެންޓަލީ ވެސް ކުޅުންތެރިން ތައްޔާރުކުރަން މަސައްކަތް އެބަކުރަން. އުނދަގޫތަކާ ދެކޮޅަށް ވިސްނުން ބަހައްޓައިގެން ރަނގަޅަށް މަސައްކަތް ކުރަން އިރުޝާދު މި ދެނީ. ފެންނަން އޮތް ކަމަކީ އަހަރެމެންނަށް ވާދަކުރަން އޮތް ފުރުސަތު، ދެން ދައްކަންވީ ބިރުން ނުތިބެ ކުޅެވިދާނެކަން. ވާދަވެރި، އުނދަގޫ ޓީމަކަށް އަހަރެމެންނަށް ވެސް ވެވޭނެ،" ކަކާ ބުންޏެވެ. 

17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިބްރާހިމް ސައީދު (ކަކާ)، ޓީމުގެ ޓްރެއިިނިންގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިބްރާހިމް ސައީދު (ކަކާ)، ޓީމުގެ ޓްރެއިިނިންގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ކްލަބް އީގަލްސް އިން ކޯޗިން މަސައްކަތް ފެށި ކަކާ އެންމެ ފުރަތަމަ ހުރީ އީގަލްސްގެ ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭރު، 2016 އާއި 2017 ވަނަ އަހަރު ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކްލަބް އީގަލްސް އިން ހޯދި އެވެ. އެ އަށް ފަހު، އީގަލްސްގެ ޔޫތު ޓީމުގެ ހެޑް ކޯޗެއްގެ ގޮތުަގައި ހުއްޓައި، ކްލަބް ގްރީން ސްޓްރީޓްސް އަތުން 2018 ވަނަ އަހަރުގެ ފައިނަލުގައި ބަލިވި އެވެ. އެކަމަކު، ޖެހިގެން އައި ސީޒަނުގައި ހެޑް ކޯޗެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި އެވެ. 

އޭގެ ފަހުން، ކްލަބް އީގަލްސް ދޫކޮށްލައި، މާޒިޔާއާ ގުޅުމަށް ފަހު، 22 ވަނަ އަހަރު ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާއާ އެކު މާ އެދެވޭ ކާމިޔާބެއް ނުލިބުނެވެ. މާޒިޔާގައި ވެސް ޔޫތު މުބާރާތުުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި، އަހުމަދު ސުޒެއިރު (ކޮއްކޮ)އާ އެކު މަސައްކަތްކުރި ކަކާ، 2024 ވަނަ އަހަރު މާޒިޔާ ޔޫތު ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވި އެވެ. އަދި، ފުރަތަމަ އަހަރު ސެމީ ފައިނަލުން ބަލިވިއިރު، އޭގެ ފަހުން ދެ އަހަރު މި ވަނީ ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ފަހަރު ހޯދައިފަ އެވެ. 

މާޒިޔާގެ ކާމިޔާބީއާ އެކު ކަކާގެ ކޯޗިން މަސައްކަތް އެހެން ހަރުފަތަކަށް

ކޯޗު އިބްރާހިމް ސައީދު (ކަކާ) ގެ އިރުޝާދުގެ ދަށުން، 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ޖެހިޖެހިގެން ދެ އަހަރު މާޒިޔާ އިން ކާމިޔާބުކޮށްފި މި މުބާރާތްތަކުގައި އެއްވެސް މެޗަކުން ބަލިނުވެ މާޒިޔާ ހޯދި މި ކާމިޔާބީއަކީ ކޯޗު ކަކާގެ ކެރިއަރުގައި ލިބުނު ބޮޑު ކުރިއެރުމެއް.. މިއީ މާޒިޔާގެ މެނޭޖްމަންޓާއި ޓެކްނިކަލް ޓީމުގެ ބުރަ މަސައްކަތު ކަމަށް ކަކާ ބުނޭ

މި އަހަރު ކުރީކޮޅުގައި، ދިން އިންޓަވިއުއެއްގައި ކަކާ ވަނީ 17 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން ކުރުމަކީ ހުވަފެނެއް ކަމަށް ބުނެފަ އެވެ. އަހަރެއް ވެސް ނުވަނީސް އޭނާ އެ ހުރީ އެ މަގާމާ ހަވާލުވެ އެވެ. 

"ފުރަތަމަ ކަމަކަށް އަލްހަމްދުލިއްލާހި. މި ފުރުސަތު ލިބުނީމަ، މި ޗެލެންޖް ނަގަން މި އޮތީ އަހަރެންގެ އަތްމަތީގައި ރަނގަޅު ފުރުސަތެއް. މި ކަމަށްޓަކައި، އެފްއޭއެމް އިން ކުރި އިތުބާރަށްޓަކައި ވަރަށް ޝުކުރު އަދާކުރަން. މިއީ، އަހަރެންގެ ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔަށްވާނެ،" ކަކާ ބުންޏެވެ. 

ކަކާ ބުނީ، މި ފުރުސަތު އޭނާ އަށް ފަހިވުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިގެންދާ ކަމަށެވެ. އޭގެ ތެރޭގައި، މާޒިޔާ އާއި އާއިލާ މީހުން އަދި ގާތް އެކުވެރިން، އަދި އޭނާ ވަޒީފާ އަދާކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ މީހުން ކަކާ ފާހަގަކުރެ އެވެ. 

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox