ރާއްޖޭގައި ކާމިޔާބީ، އާސިއާންގައި ތަޖުރިބާ، ޕާކިސްތާން ސާފަށް ތައްޔާރު

Oct 29, 2026, 11:04 AM
އާސިއާން ކަޕްގެ މެޗެއްގެ ތެރެއިން ސޮލާނޯ، ޕާކިސްތާންގެ ބެންޗުގައި.

އާސިއާން ކަޕްގެ މެޗެއްގެ ތެރެއިން ސޮލާނޯ، ޕާކިސްތާންގެ ބެންޗުގައި.

ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖޫބިލީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލިބުމާއި ފީފާ އާސިއާން ކަޕްގައި ކުޅުނު ވަރުގަދަ މެޗުުތަކަށް ފަހު، އަންނަ މަހުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ޕާކިސްތާނަށް ރަނގަޅަށް ތައްޔާރުވެވޭނެ ކަމަށް ޕާކިސްތާން ފުޓްބޯޅަ ޓީމުގެ ކޯޗު، ނޮލްބާޓޯ ސޮލާނޯ ބުނެފި އެވެ. 

މިދިޔަ ޖޫން މަހު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނުން 0-0 އިން ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ އެއްވަރުވި އެވެ.

އޭގެ ފަހުން، ދެ ވަނަ މެޗުގައި ރާއްޖެ އަތުން 3-0 އިން މޮޅުވިއިރު، މިއީ، 1991 ވަނަ އަހަރުގެ ސާފް ގޭމްސް ފައިނަލަށް ފަހު، ޕާކިސްތާނަށް ރާއްޖެ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. އަދި، ރާއްޖޭގައި ކުޅެގެން މުޅިން އަލަށް ޕާކިސްތާނަށް ރާއްޖެ ބަލިކުރެވުނުއިރު، މިއީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރުގެ ފަހުން ޕާކިސްތާން މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. 

ރާއްޖެ މެޗަށް ފަހު، ޕާކިސްތާނުން ދެން ކުޅުނު ދެ މެޗުގައި ވެސް އަފްގާނިސްތާންގެ މައްޗަށް 2-0 އިން ކުރިހޯދި އެވެ. އެއީ ލީގު ބުރުގެ ފަހު މެޗާއި ފައިނަލުގަ އެވެ.

އަދަދު ސްޕޯޓްސް އެކްސްކްލޫސިވް: ޕާކިސްތާނަށް ކާމިޔާބު ލިބުނީ މަސައްކަތުން، ރާއްޖެ އަށް ވެސް އެ ފުރުސަތު އެބައޮތް

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދުމާ ގުޅިގެން، އެ ގައުމުގެ ކޯޗު ސޮލާނޯ ރާއްޖެ އަށް ޝުކުރު އަދާކުރި. މި މުބާރާތުގައި ޕާކިސްތާނުން ވަނީ ރާއްޖެއާއި އަފްގާނިސްތާން ބަލިކޮށް، ގިނަ ދުވަސްތަކަކަށްފަހު ބައިނަލްއަގުވާމީ މައިދާނުގައި ތާރީހީ ކާމިޔާބީތަކެއް ހޯދާފައި.

އޭގެ ފަހުން، ސެޕްޓެމްބަރު/އޮކްޓޫބަރު ފީފާ ބްރޭކްގައި ޕާކިސްތާނުން ވަނީ ފީފާ އާސިއާން ކަޕްގައި ކުޅެފަ އެވެ. އެ މުބާރާތުގައި ފުރަތަމަ މެޗުން ތައިލެންޑް އަތުން 4-0 އިން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުގައި ރަނގަޅު ފައިޓެއް ދިނެެވެ. އެ ގޮތުން، ފިލިޕީންސްއާ 2-2 އިން އެއްވަރުކުރިއިރު، ވިއެޓްނާމް ކައިރީގައި ރަަނގަޅު ކުޅުމެއް ދައްކައި، 4-2 އިން ވީ ބައްޔެވެ. 

ޕާކިސްތާނުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ، ރާއްޖެ އާއި އިންޑިއާއާ އެކު ގްރޫޕް ބީގަ އެވެ. ތޭވީސް ކުޅުންތެރިންނާ އެކު، ޕާކިސްތާނުން މި ހަފްތާގައި ޕްރެކްޓިސްތައް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ވަނީ ފަށައިފަ އެވެ. 

ސޮލާނޯ ބުނީ، އިސްލާމްއާބާދުގައި ޓްރެއިނިންތައް ކުރިއަށް ގެންދެވުނު ކަމުގައި ވިޔަސް، މި އަހަރު އިންޓަނޭޝަނަލް ފުޓްބޯޅައިގައި ޕާކިސްތާނަށް ހާސިލްކުރެވުނު ކަންކަމަށް ބަލާއިރު، ސާފް ޗެމްޕިއަންޝިޕާ މެދު އުންމީދު އެބައޮތް ކަމަށެވެ. 

"ކާމިިޔާބެއް ހޯދުމަށް ފަހު، އަހަރެމެންނަށް ވަރަށް ރަނގަޅަށް ފީފާ އާސިއާން ކަޕް ދިޔައީ.  ދެން، މިހާރު މި ތައްޔާރުވަނީ ސާފް ޗެމްޕިއަންޝިޕަށް، މި ކުރަމުން އަންނަ މަސައްކަތް އިތުރަށް ރަނގަޅުކުރަން ބޭނުމީ،" ސޮލާނޯ ބުންޏެވެ. 

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާންގެ ފުރަތަމަ މެޗު އަންނަ މަހު ފަސް ވަނަ ދުވަހު އޮތީ އިންޑިއާއާ ދެކޮޅަށެވެ. ދެ ވަނަ މެޗު އަންނަ މަހު އަށް ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށެވެ. ރާއްޖޭން އަންނަަނީ އިންޑޮނޭޝިއާގައި ކޭމްޕްކޮށްގެން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox