ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

Oct 30, 2026, 9:53 AM
2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އަންނަ މަހު 4-17 އަށް ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާ އިން މި ފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ޓީމުގެ ފުލް ޓީމު ހަަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ކުޅޭ މެޗަށް ކަމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ އޮފިޝަލަކު ބުނެފި އެވެ. 

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް އެންމެ ފަހުގެ ގޮތެއް ނިންމަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ދިން މުއްދަތުގެ ތެރޭގައި މުބާރާތުގައި ކުޅޭ ގޮތަށް އިންޑިއާ އިން ނިންމައިފި އެވެ. 

އަންނަ މަހުގެ ފީފާ ބްރޭކުގައި، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ނިންމައިފަ އެވެ. މިއީ، އިންޑިއާ އާއި ނިއު ޒީލެންޑްގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހިކުރިތާ 100 އަހަރު ފުރުން ފާހަގަކުރަން ބާއްވާ އެއް ހަރަކާތެކެވެ.

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗު އޮތީ، އަންނަ މަހުގެ ފީފާ ބްރޭކުގެ ތެރޭގައި ނޫން ކަމަށްވާއިރު، ކްލަބްތަކުން ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްކުރަން ދެކޮޅު ހަދަމުން އަންނާތީ އެވެ. ފީފާ ބްރޭކް އަންނަ މަހު 9-17 އަށް އޮތްއިރު، އިންޑިއާ އިން ޕާކިސްތާނާ ކުޅޭ މެޗު އޮތީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ. އަދި، ރާއްޖެއާ ކުޅޭ މެޗު އޮތީ އަންނަ މަހު 11 ވަނަ ދުވަހު އެވެ. 

އޭއައިއެފްއެފްގެ އޮފިޝަލަކު މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި އިންޑިއާ އިން ސާފް އަށް ޕްރެކްޓިސް ފަށަން ޖެހިފައިވަނީ 10 ކުޅުންތެރިންނާ އެކު އެވެ. އަދި، ޑާކާ އަށް ސާފް ޗެމްޕިއަންޝިޕް ކުޅެންދާއިރު، ފުރަތަމަ މެޗުގައި ޕާކިސްތާނާ ބައްދަލުކުރަން އޮތް މެޗަށް ޓީމުގައި ތިބޭނީ 18 ކުޅުންތެރިންނެވެ. އަދި، ރާއްޖެ މެޗަށް އިތުރު 10 ކުޅުންތެރިން ޓީމާ ގުޅޭނެ އެވެ. 

"އަހަރެމެންނަށް 28 ކުޅުންތެރިން ސާފް ޗެމްޕިއަންޝިޕަށް ރަޖިސްޓްރީ ކުރެވޭ. މީގެ ސަބަބުން ސްކޮޑު ހަަމަޖައްސަން ފުރުސަތެއް ލިބޭ. ހަގީގަތުގައި ވަރަށް އުނދަގުލުން ކަންކަން މި ހަމަޖެއްސެނީ، އެއީ ޕާކިސްތާން މެޗު މި އޮތީ ފީފާ ވިންޑޯ ތެރޭގައެއް ނޫން. ކްލަބްތަކުގެ މެޗުތަކެއް އެބަހުރި. އިންޑިއާގެ ސީނިއާ ޓީމު ނިއު ޒީލެންޑަށް ދާނެ ދެ ފްރެންޑްލީ ކުޅެން،" އޮފިޝަލް ބުންޏެވެ. 

ކޯޗު ނައުޝާދު މޫސާގެ އިރުޝާދުގެ ދަށުން އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގައި މި ފަހަރު ކުޅޭއިރު، ފުރަަތަމަ މެޗުގައި ޕާކިސްތާނާ ކުޅެން އޮތް މެޗަށް ލިބޭ 18 ކުޅުންތެރިންނަކީ، މުމްބައި ސިޓީ، ކެރަލާ ބްލާސްޓާސް، އަދި ޕަންޖާބް އެފްސީގެ ކުޅުންތެރިންެގެ މައްޗަށް އެކުލެވޭނެ ސްކޮޑެކެވެ. އެއީ،. މި ކްލަބްތަކުގެ މެޗެއް އެ މުއްދަތުގައި ނެތުމުންނެވެ. އަދި، މި ކްލަބްތަކުން ކުޅުންތެރިން ރިލީސްކުރަން އެއްބަސްވީ ވެސް އޭއައިއެފްއެފްގެ ވަރަށް މަސައްކަތުން ކަމަށް އޮފިޝަލް ވަނީ ބުނެފަ އެވެ. 

"ފުރަތަމަ މެޗަށް ވެސް އޮންނާނީ ވާދަވެރި ސްކޮޑެއް. ފުރަތަމަ މެޗަށް ފަހު، ދެން ބާކީ އޮތް މުބާރާތުގެ އެހެން މެޗުތަކަށް ފުލް ސްކޮޑު ލިބޭނެ،" އޮފިޝަލް ބުންޏެވެ. 

އިންޑިއާ ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ނައުޝާދު، ސާފް ޗެމްޕިއަންޝިޕަށް ޓީމު ނަގާފައިވަނީ، އޭނާއާ އެކު ކުރިން އެކި މުބާރާތްތަކުގައި މަސައްކަތް ކޮށްފައިވާ ކުޅުންތެރިން ގިނަވާ ގޮތަށެވެ. ސަބަބަކީ، ޕާކިސްތާން މެޗުގެ ކުރިން ޓީމު އެކުގައި ޕްރެކްޓިސް ކުރަން ލިބެނީ އެންމެ ސެޝަނެއް ކަމަށްވާއިރު، ރާއްޖެ މެޗުގެ ކުރިން ލިބޭނީ މުޅި ޓީމު އެއްކޮށް ދެ ސެޝަން އެވެ. 

"ސެމީ ފައިނަލް ޑިސައިޑްކުރާ މެޗުގައި ރާއްޖެއާ ދެކޮޅަށް ފުލް ޓީމު އޮންނާނެ،" އޮފިޝަލް ބުންޏެވެ. 

އެންމެ ފަހުން، ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވި ދެ ފަހަރު ވެސް އިންޑިއާ އިން ކުޅުނީ 23 އަހަރުން ދަށުގެ ޓީމެކެވެ. އެއީ، 2009 ވަނަ އަހަރާއި 2018 ވަނަ އަހަރު އެވެ. އެ ގޮތުން، 2009 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން ރާއްޖެ އަތުން ފައިނަލުގައި މޮޅުވިއިރު، 2018 ވަނަ އަހަރުގެ ފައިނަލުގައި ރާއްޖެ އަތުން ވީ ބައްޔެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން ވެލާ އިން ހޯދައިފި

ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ސަން ސިޔާމް އޮޅުވެލި 1-0 އިން ބަލިކޮށް، ވެލާ ޕްރައިވެޓް އައިލެންޑުން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު އަހުމަދު އިމްތިނާހު ކާމިޔާބުކުރިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާގެ އަހުމަދު އިމްރާން

ރާއްޖޭގައި ކާމިޔާބީ، އާސިއާންގައި ތަޖުރިބާ، ޕާކިސްތާން ތައްޔާރު

ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖޫބިލީ މުބާރާތުގެ ކާމިޔާބީއާއި އާސިއާން ކަޕްގެ ތަޖުރިބާއާއެކު، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ޕާކިސްތާން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. ކޯޗު ސޮލާނޯ ބުނިގޮތުގައި، ފަހަކަށް އައިސް ޓީމުން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު މި މުބާރާތާ މެދު ބޮޑު އުންމީދެއް އެބައޮތް

އިންޓަ އާއި ނަޕޯލީ މޮޅުވިއިރު، މިލާނާއި ޔުވެންޓަސް ބަލި

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން އިންޓަ މިލާނާއި ނަޕޯލީ މޮޅުވިއިރު، އޭސީ މިލާނާއި ޔުވެންޓަސް ވަނީ ބަލިވެފައި. މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި 25 ޕޮއިންޓާއެކު އިންޓަ އޮތްއިރު، މިލާން މިވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވުމާ ކުރިމަތިލާން ޖެހިފައި

ކޮމްޕެނީ ހޮސްޕިޓަލުން ދޫކޮށްލައިފި، ފަރުވާހޯދީ މެނިންޖިއަލް އަށް!

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ތަމްރީނުތަކުގެ ތެރެއިން ހޭނެތިގެން ވެއްޓުމާ ގުޅިގެން، ފަސް ދުވަހު ހޮސްޕިޓަލުގައި ބާއްވައިގެން މެނިންޖިއަލް އިރިޓޭޝަނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި. ކޮމްޕެނީގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، އޭނާ އަލުން ޓީމާ ގުޅޭނީ ގޭގައި ރިހެބިލިޓޭޝަން ފުރިހަމަކޮށް އެއްކޮށް ފިޓްވުމުން

ޗެލްސީ ބަލިކޮށް ލިވަޕޫލް ލީގު ކަޕް ކުއާޓާ ފައިނަލަށް

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 6-5 އިން ޗެލްސީ ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ފޯރިގަދަ ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލް މޮޅުވީ ޗެލްސީގެ ފަހު ޕެނަލްޓީ ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އެމްބާޕޭ ޖެހި ޖޯކެއްގެ މައްސަލައިގައި ރެއާލް ވެސް ހޫނުފެނަށް!

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ "ޑިކްޓޭޓަރެއް" ކަމަށް އެމްބާޕޭ ބުނުމާ ގުޅިގެން، ޗައިނާގެ ބައެއް ކުންފުނިތަކުން އޭނާގެ ސްޕޮންސާޝިޕް އުވާލައި ދައުލަތުގެ ޓީވީން ރެއާލް މެޑްރިޑްގެ މެޗުތައް ދެއްކުން ހުއްޓާލައިފިއެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ރެއާލުން މައާފަށް އެދިފައިވީ ނަމަވެސް، ޗައިނާގެ މީޑިއާ ގްރޫޕުން ބުނެފައިވަނީ އެމްބާޕޭގެ އަމަލަކީ ޗައިނާގެ ރައްޔިތުންނަށް ބޭއިހުތިރާމް ކުރުން ކަމަށެވެ.

އަލްވަރޭޒް މައްސަލައިގައި ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި

އެތުލެޓިކޯ މެޑްރިޑަށް ނޭނގި އެ ޓީމުގެ ފޯވާޑް ޖޫލިއަން އަލްވަރޭޒްގެ ސޮއި ހޯދަން މަސައްކަތް ކުރުމުން، ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން މި ފިޔަވަޅު އެޅީ، ކްލަބަށް ނޭނގި ކުޅުންތެރިޔާއާ މުއާމަލާތް ކުރި މައްސަލަ އެތުލެޓިކޯއިން ހުށަހެޅުމާ ގުޅިގެން

Newsletter

Get the latest news delivered straight to your inbox