އައިބީސީ ގްރޭން ކެނޭރިއާ މުބާރާތަށް ރާއްޖޭގެ އިޔަން ކޮލިފައިވެއްޖެ

Sep 27, 2026, 8:33 AM
އިޔަން މިދިޔަ އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޓައިޓަލް ހިފައިގެން.---- ފޮޓޯ: އަދަދު ސްޕޯޓްސް

އިޔަން މިދިޔަ އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޓައިޓަލް ހިފައިގެން.---- ފޮޓޯ: އަދަދު ސްޕޯޓްސް

އަންނަ މަހުގެ ފަހުކޮޅު، ސްޕެއިނުގެ ކެނޭރިއާ އައިލެންޑުގެ ގަލްދާރުގައި ކުރިއަށްދާ އައިބީސީ ޓުއާ، ގްރޭން ކެނޭރިއާގެ ފްރޮންޓޯން ކިންގް މުބާރާތުގެ ޖޫނިއާ މެންސް އިވެންޓަށް ރާއްޖޭގެ ހުނަރުވެރި ބޮޑީބޯޑަރު، އިޔަން އަހުމަދު ކޮލިފައިވެއްޖެ އެވެ. 

އަންނަ މަހުގެ 17-31 އަށް ކުރިއަށްދާ އައިބީސީ ޓޫއާ، ގްރޭން ކެނޭރިއާ ފްރޮންޓޯން ކިންގްގެ ޖޫނިއާ މެންސް ކެޓަގަރީ އަށް ކޮލިފައިވި، ޖޫނިއާ މެންސް ކެޓަގަރީގެ ބޮޑީބޯޑަރުންގެ ލިސްޓު، އައިބީސީން ވަނީ އާންމުކޮށްފަ އެވެ. ލިސްޓުގެ 10 ވަނައިގައި އޮތީ ގައުމީ ބޮޑީބޯޑިން ޓީމުގައި ހިމެނޭ އިޔަން އެވެ. 

އިޔަން ވަނީ މިދިޔަ އޮގަސްޓް މަހު، ކ. ތުލުސްދޫގައި ކުރިއަށްދިޔަ އައިބީސީ ޓުއާ، މޯލްޑިވްސް ޕްރޯ 2026 ގެ ޖޫނިއާ މެންސް ރައިސިން ސީރީސް އިވެންޓްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭޝިއާގެ ސަރަަހައްދުގެ އެތުލީޓުންނަށް ހާއްސަކުރި ޖޫނިއާ އިވެންޓުގައި ވާދަކުރީ ހަމައެކަނި ރާއްޖޭގެ ތިން އެތުލީޓުންނެވެ. އެއީ، އިޔަންގެ އިތުރުން، ނޫހު މުހައްމަދު ދުނައިމް އިރުޝާދު އަދި ދާއިން އަބްދުލް ފައްތާހު އެވެ. 

ތުލުސްދޫގެ މަޝްހޫރު ސާފް ޕޮއިންޓް، "ކޯކްސް" ރާޅުގަނޑުގައި ކުރިއަށްދިޔަ ފައިނަލް ހީޓުގައި، މިދިޔަ އަހަރުގެ ޖޫނިއާ ލީގުގެ ޗެމްޕިއަންކަން ހޯދި އިޔަން ކާމިޔާބުކުރީ، 0.15 ޕޮއިންޓުގެ ފަރަގަކުންނެވެ. އިޔަންގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ، 7.0 އާއި 6.90 އާ އެކު، ޖުމްލަ ޕޮއިންޓުގެ އަދަދަކީ، 13.90 އެވެ. އިޔަންގެ މައްޗަށް މި ފަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދި ނޫހު އަށް ސްކޯކުރެވުނީ، 13.75 ޕޮއިންޓެވެ. ނޫހުގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އަކީ، 6.25 އާއި 7.50 ޕޮއިންޓެވެ. 

މިދިޔަ އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަން، އިޔަން ވަނީ،  މި އަހަރުގެ ފެބްރުއަރީ މަހު، މޮރޮކޯ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕުގެ ޖޫނިއާ ބައިގައި ދެ ވަނަ ބުރުގައި ވާދަކޮށްފަ އެވެ. އެ ގޮތުން، އެއް ވަނަ ބުރުގެ ހީޓު 8ގައި ވާދަކޮށް އިޔަން ވަނީ ދެ ވަނަ އަށް ގޮސްފަ އެވެ. އެއް ވަނަ އަށް ދިޔަ ފްރާންސްގެ ޔޯހަން ބަޗެލާޑަށް 9.75 ޕޮއިންޓް ލިބުނުއިރު، ދެ ވަަނަ ހޯދި އިޔަން އަށް ވަނީ 5.45 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ދިޔަ މޮރޮކޯގެ ހާޖީ ޔާސީން އަށް 3.25 ޕޮއިންޓް އަދި ފުލުން ނިންމި، ނާނީ އާދަމް އަށް ލިބުނީ 1 ޕޮއިންޓެވެ. ދެ ވަނަ ބުރުގައި އިޔަން ދިޔައީ ވާދަކުރި ހީޓުގެ ތިން ވަނަ އެވެ. އެއް ވަނަ އަށް ދިޔަ ފްރާންސްގެ ލޫކާ ޒަނިނޮއްޓޯ އަށް 15.65 ޕޮއިންޓް ލިބުނުއިރު، ދެ ވަަނަ ހޯދި އެމެރިކާގެ ޑޭވީ އެންޑަސަން އަށް ވަނީ 10.35 ޕޮއިންޓް ލިބިފަ އެވެ. ލޫކާ އަކީ މިދިޔަ އަހަރުގެ މޮރޮކޯ އިވެންޓްގެ ޖޫނިއާ އެއް ވަނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox