އިޔަންގެ މައްޗަށް ކުރިހޯދައި ބުރުނު ޝިކާރުގެ ޖޫނިއާ ޗެމްޕިއަންކަން ނޫހް އަށް

Apr 28, 2026, 10:33 PM
ބުރުނު ޝިކާރު ޗެލެންޖުގެ ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ނޫހް އުފާފާޅުކުރަނީ.--- ފޮޓޯ: ވަން ސްޕޯޓްސް

ބުރުނު ޝިކާރު ޗެލެންޖުގެ ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ނޫހް އުފާފާޅުކުރަނީ.--- ފޮޓޯ: ވަން ސްޕޯޓްސް

ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2026" ގެ ޖޫނިއާ އޯޕަންގެ ފައިނަލުގައި، މިދިޔަ އަހަރުގެ ގައުމީ ލީގުގެ ޖޫނިއާ ޗެމްޕިއަން، އިޔަން އަހުމަދު ބަލިކޮށް ނޫހު މުހައްމަދު ދުނައިމް އިރުޝާދު، ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

ޖުމްލަަ އެކު، އަށް އެތުލީޓުން ވާދަކުރި ޖޫނިއާ އިވެންޓުގައި، އިޔަން އާއި ނޫހް ވަނީ ހީޓު އެކެއްގައި ވެސް ވާދަކުރަން ޖެހިފަ އެވެ.

އެ ގޮތުން، މިއަދު ހެނދުނު، ޖޫނިއާ ޑިވިޝަނުގެ ތިން ވަނަ ބުރުގެ ހީޓު އެކެއްގައި، އިޔަން އާއި ނޫހް އަދި ހަލިފް ރަސަމް ވާދަކުރި، ހީޓުގެ އެއް ވަނަ ނޫހް ހޯދީ 10 ޕޮއިންޓް ސްކޯކޮށްގެންނެވެ. ދެ ވަނަ އަށް ދިޔަ އިޔަން، 9.10 ޕޮއިންޓް ސްކޯކުރިއިރު، ތިން ވަނަ ހޯދި ހަލިފް ވަނީ 2.40 ޕޮއިންޓް ސްކޯކޮށްފަ އެވެ. 

ނޫހް، ވަނީ ސެމީ ފައިނަލުގައި ދާއިން އަބްދުލް ފައްތާހުއާ އެއް ހީޓެއްގައި ވާދަކޮށް، 4.78 ޕޮއިންޓުގެ ފަރަގަކުން ކުރިހޯދައިފަ އެވެ. ނޫހް އަށް 9.84 ޕޮއިންޓް ލިބުނުއިރު، ދާއިން ވަނީ 5.06 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ސެމީ ފައިނަލުގައި އިޔަން ވަނީ، މި ފަހަރުގެ މުބާރާތުގެ ޖޫނިއާ ޑިވިޝަނުގައި އެއް ހީޓެއްގައި އެންމެ މަތި ސްކޯ ހޯދައިފަ އެވެ. އެ ގޮތުން، ސެމި ފައިނަލުގައި އިޔަން ވަނީ 15.33 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެއީ، ހަ ރާޅުގައި އެޅިއިރު، އެންމެ މަތިން ސްކޯކުރި ދެ ރާޅުން، 6.83 ޕޮއިންޓާއި 8.50 ޕޮއިންޓް ސްކޯކޮށްގެންނެވެ. މި ހީޓުގައި ދެން ވާދަކުރި، އަހުމަދު ޖިވާއު ޖިހާދު ވަނީ 9.67 ޕޮއިންޓް ސްކޯކޮށްފަ އެވެ. 

ފައިނަލުގައި، ނޫހް ވަނީ 5.46 ޕޮއިންޓުގެ ފަރަގަކުން މޮޅުވެފަ އެވެ. ޖުމްލަ އެކު، ހަތް ރާޅުއެޅި، ނޫހް ވަނީ އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ އެކު، 12.16 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެއީ، 6.33 ޕޮއިންޓާއި 5.83 ޕޮއިންޓެވެ. އިޔަން ހަތަރު ރާޅު އެޅިއިރު، އެންމެ މަތިން ސްކޯކުރި ދެ ރާޅަށް ލިބުނީ، 4.83 ޕޮއިންޓާއި 1.87 ޕޮއިންޓެވެ. ޖުމްލަ އަކީ، 6.70 ޕޮއިންޓެވެ. 

މިއީ، ސާފިން އާއި ބޮޑީބޯޑިންގައި ވެސް ވާދަކުރަމުން އަންނަ ނޫހްގެ ކެރިއަރުގައި ބޮޑު އުސްއައްޔެކެވެ. އޭނާ މި ވަނީ މި ފަހަރުގެ ބޮޑީބޯޑިން ސީޒަނުގެ ފުރަތަމަ މުބާރާތުގައި ކެރިއަރުގެ ބޮޑު ޓައިޓަލް އެއް ފުރަތަމަ ފަހަރަށް ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox