ގިނަ ކުޅުންތެރިންތަކެއް ޓީމާ ވަކިވެ އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

Nov 7, 2026, 12:29 AM
ސާފް ޗެމްޕިއަންޝިޕް 2026 ގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ސާފް ޗެމްޕިއަންޝިޕް 2026 ގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ހިމެނުމުންނާއި ކްލަބުން އަނބުރާ ކުޅުންތެރިން ގެންދަން ނިންމުމުގެ އިތުރުން އަނިޔާގެ މައްސަލަތަކާ ހެދި މިހާރު ކުރިއަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ އިންޑިއާ ފުޓްބޯޅަ ޓީމަށް ދެރަ ހާލަތެއް ކުރިމަތިވެއްޖެ އެވެ. 

ފީފާ ބްރޭކުގެ ކުރިން ސާފް ޗެމްޕިއަންޝިޕް ފަށާތީ އާއި އިންޑިއާގެ ސީނިއާ ޓީމު މި މަހު ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ދެ މެޗަށް އެ ގައުމަށް ދާތީވެ، އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕަށް ފޮނުވީ ދެ ވަނަ ފަންތީގެ ޓީމެކެވެ. ތޭވީސް އަހަރުގެ ކުޅުންތެރިން ވެސް ގިނައިން ހިމެނޭ ގޮތަށް އިންޑިއާ އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ސްކޮޑު އެކުލަވާލިއިރު، ގައުމީ ޓީމާ އެކު މުބާރާތެއްގައި ފުރަތަމަ ފަހަރަށް ކުޅޭ ކުޅުންތެރިން ވެސް ހިމެނެ އެވެ. 

އެ ހާލަތުގައި ނުކުމެ ވެސް އިންޑިއާ އިން ވަނީ 3-2 އިން ޕާކިސްތާން ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފަ އެވެ. އެކަމަކު، އޭގެ ފަހުން، އަނެއްކާ ވެސް އިންޑިއާ އަށް މި ވަނީ އިތުރު ކަންތައްތަކެއް ދިމާވެ، ސާފް ޗެމްޕިއަންޝިޕްްގައި ކުޅޭ ޓީމަށް އިތުރު ނިކަމެތިކަމެއް ލިބިފަ އެވެ. 

އިންޑިއާ އިން މި މަހު 12 އާއި 15 ވަނަ ދުވަހު ނިއު ޒީލެންޑާ ކުޅޭ މެޗަށް ނެގި ސްކޮޑުގައި ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ޓީމުގެ ތިން ކުޅުންތެރިއަކު ވަނީ ހިމަނައިފަ އެވެ. އެއީ، ޕާކިސްތާނާ ދެކޮޅަށް އިންޑިއާގެ ކެޕްޓަންކަން ކުރި ބިޖޯއި ވަރްގީސް އާއި އެ މެޗުގައި ދެ ގޯލު ޖެހި މުހައްމަދު ސުހައިލް އަދި ފަހުން ސާފް ސްކޮޑާ ގުޅެން ނިންމާފައި އޮތް ލިސްޓަން ކޮލާސޯ އެވެ. އޭގެ އިތުރުން، ސާފް ސްކޮޑުގައި ހިމެނި ޓޮމްބާ ސިންގް އަށް ވެސް ނުކުޅެވޭނެ އެވެ. 

މި މައްސަލަތައް މިހެން އޮއްވައި، އަނިޔާއާ ހެދި ބެންގަލޫރުގެ ސުރޭޝް ސިންގް އާއި ރޮނީ ކަރްބުޑޯން އަށް ސާފްގައި ނުކުޅެވޭނެކަން ވަނީ ޔަގީންވެފަ އެވެ. 

އޭގެ ފަހުން، މުމްބައި ސިޓީ އަށް ކުޅޭ ފާރޫކް ޗޯދުރީ އާއި ނައުފަލް ޕީއެން އަދި ވަލްޕުއިއާ، ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގައި ތިއްބައި އަލުން އަނބުރާ ކްލަބަށް ގެންނަން ވަނީ ނިންމައިފަ އެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޓަނޭޝަނަލް ބްރޭކްގައި މި ތިން ކުޅުންތެރިން ކްލަބާ އެކު ތިބޭނެކަން ކުރިން ވެސް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން އަށް މުމްބައި ސިޓީން އޮތީ އަންގައިފަ އެވެ. 

މިއާ އެކު، މިހާ ގިނަ ކުޅުންތެރިން އިންޑިއާގެ ސްކޮޑުން ބާކީވުމާ އެކު، ބުދަ ދުވަހު، ރާއްޖެއާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، އިންޑިއާ އިން ކުޅޭނީ ގިނަ އަދަދެއްގެ ކުޅުންތެރިން ނެތި އެވެ. ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ރަޖިސްޓްރީ ކުރި 28 ކުޅުންތެރިންގެ ސްކޮޑުގެ ތެރެއިން، 12 ވަރަކަށް ކުޅުންތެރިން އެ މެޗުގައި ނުފެނުމުގެ ފުރުސަތު ބޮޑެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

ޗެލްސީގައި އަހަރެން ހެދީ "ޖޯކަކަށް": ރޮސެނިއާ

ޗެލްސީގެ ކޯޗުކަމުގައި ހޭދަކުރި 104 ދުވަހުގެ ތަޖުރިބާއަކީ މުހިންމު ކަންތައްތަކެއް ކަމަށާއި، ނަމަވެސް އެ ކްލަބުގައި އޭނާގެ ގިނަ ކަންކަން މީހުންނަށް "ޖޯކަކަށް" ވި ކަމަށް ލިއަލް ރޮސެނިއާ ބުނެފި. ނަތީޖާތައް ދަށްވުމުން މަގާމުން ވަކިކުރި ރޮސެނިއާ ބުނީ، އޭނާގެ ޓެކްޓިކްސްތަކާއި ވާހަކަދެއްކުމުގެ ވައްޓަފާޅިއަށް ފާޑުކިޔުންތައް އަމާޒުވި ކަމަށް

Newsletter

Get the latest news delivered straight to your inbox