ކުޑަ އައްޔަ އާއި އާމިން މޯލްޑިވްސް ޕްރޯ ރައިސިން ސީރީސްގެ ސެމީ އަށް

Aug 19, 2026, 3:43 PM
ބަނޑުފިލާ ޗެލެންޖު އިވެންޓްގެ ތެރެއިން. އާމިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ބަނޑުފިލާ ޗެލެންޖު އިވެންޓްގެ ތެރެއިން. އާމިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާ އިވެންޓެއް ކަމަށްވާ  މޯލްޑިވްސް ޕްރޯ 2026 ގެ ރައިސިން ސީރީސް އިވެންޓްގެ ސެމީ ފައިނަލުން ގައުމީ ބޮޑީބޯޑިން ޓީމުގެ އަލީ ހުޝްރުވާން (ކުޑަ އައްޔަ) އާއި އާމިން އުމަރު މޫސާ ޖާގަ ހޯދައިފި އެވެ. 

އިއްޔެ ބާއްވަން މަސައްކަތް ކުރި ކުއާޓާ ފައިނަލްގެ ހީޓުތައް ކުރިއަށްގެންދަން ޖެހުނީ މޫސުމާއި ރާޅުގެ ކަންކަމަށް ބެލުމަށް ފަހު މިއަދު އެވެ. 

މި ފަހަރުގެ މޯލްޑިވްސް ޕްރޯ އިވެންޓް، މި މަހު 12 ވަނަ ދުވަހު ފެށިއިރު، މިއީ، ރާޅުގަނޑު ނޫން ސަރަަހެއްދެއްގައި މި މުބާރާތް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ އިވެންޓްގަައި، ފިރިހެން ރައިސިން ސީރީސް ޑިވިޝަން، އަންހެން ޕްރައިމް ސީރީސް ޑިވިޝަން، ފިރިހެން ޖޫނިއާގެ ރައިސިން ސީރީސް ޑިވިޝަން ކުރިއަށް ދެ އެވެ.

ތުލުސްދޫގެ މަޝްހޫރު ސާފް ޕޮއިންޓް، "ކޯކްސް" ރާޅުގަނޑުގައި ކުރިއަށްދާ މޯލްޑިވްސް ޕްރޯ މި ފަހަރުގެ މުބާރާތުގެ، ރައިސިން ސީރީސްގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ހަތަރު އެތުލީޓުން ވާދަކުރި އެެވެ. އެ ގޮތުން، ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގައި ކުޑަ އައްޔަ ވާދަކުރީ ރާއްޖޭގެ އަރަމުން އަންނަ ބޮޑީބޯޑަރު، ނޫހު މުހައްމަދު ދުނައިމް އިރުޝާދްއާ އެެވެ. މި ހީޓުގައި ކުޑަ އައްޔަ، 14.50 ޕޮއިންޓް ސްކޯކުރީ އެންމެ ރަނގަޅު ދެ ރާޅުން، 7.00 އާއި 7.50 ޕޮއިންޓް ހޯދައިގެންނެވެ. ނޫހުގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ، 6.50 އާއި 7.10 އާ އެކު ޖުމްލަ، 13.60 ޕޮއިންޓެވެ. 

ހީޓު ތިނެއްގައި ރާއްޖޭގެ އެންމެ ފަހުގެ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޗެމްޕިއަން، އަޝްރަފް ހަސަން ވާދަކުރީ ކެނަރީ އައިލެންޑްގެ އާރްމީޑޭ ސޮލިވެރެސްއާ އެވެ. މި ހީޓުގައި، އަޝްރަފް ބަލިވީ 0.2 ޕޮއިންޓުގެ ފަރަގަކުންނެވެ. އާރްމީޑޭ ވަނީ އެންމެ ރަނގަޅު ދެ ރާޅުން، 6.75 އާއި 7.10 ހޯދައި، ޖުމްލަ އެކު، 13.85 ޕޮއިންޓް ހޯދައިފަ އެވެ. އަޝްރަފްގެ ސްކޯ އަކީ، 13.65 ޕޮއިންޓެވެ. އެއީ، އޭނާގެ އެންމެ ރަނގަޅު ދެ ރާޅުގައި، 7.50 އާއި 6.15 ޕޮއިންޓް ސްކޯކޮށްގެންނެވެ. 

ހީޓު ހަތަރެއްގައި، ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އާމިން ނުކުތީ ފްރާންސްގެ ހޫގޯ ނައުޑޭއާ ދެކޮޅަށެވެ. އާމިން ހީޓު ކާމިޔާބުކުރީ، 0.25 ޕޮއިންޓުންނެވެ. އާމިން އަށް ޖުމްލަ 13.25 ޕޮއިންޓް ލިބުނީ އެންމެ ރަނގަޅު ދެ ރާޅުން، 6.0 އާއި 7.25 ޕޮއިންޓް ހޯދައިގެންނެވެ. އަދި، ހޫގޯ ވަނީ އެންމެ ރަނގަޅު ދެ ރާޅުގެ ޖުމްލަ އެއްކޮށް 13.0 ޕޮއިންޓް ހަމަކޮށްފަ އެެވެ. އެއީ، ރަނގަޅު ދެ ރާޅުގެ ސްކޯ އަށް ބަލާއިރު، 5.50 އާއި 7.50 ޕޮއިންޓެވެ. 

ރައިސިން ސީރީސްގެ ސެމީ ފައިނަލް ހީޓުތަކާއި ފައިނަލް ހީޓު އޮތީ މާދަމާ އެވެ. ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި، ކުޑަ އައްޔަ ނުކުންނާނީ، ދުނިޔޭގެ ވަރުގަދަ ބޮޑީބޯޑަރެއް ކަމަށްވާ ފްރާންސްގެ ޕިއޭރް ލުއިސް ކޮސްޓެސްއާ ދެކޮޅަށެވެ. އަދި، ސެމީ ފައިނަލްގެ ދެ ވަނަ ހީޓުގައި، އާމިން ވާދަކުރާނީ، އަޝްރަފް ކައިރިން ކުރިހޯދި އާރްމީޑޭއާ ދެކޮޅަށެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox