އާމިން، ބުރުނު ޝިކާރު ޓައިޓަލް ދިފާއުކޮށް ސީޒަން ފެށީ ވަރުގަދަކޮށް

Apr 28, 2026, 9:18 AM
މިދިޔަ އަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ތެރެއިން އާމިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

މިދިޔަ އަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ތެރެއިން އާމިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2026" ގެ މެންސް އޯޕަން ޑިވިޝަނުގެ ޓައިޓަލް ދިފާއުކޮށް، މިދިޔަ އަހަރުގެ ގައުމީ ލީގު ޗެމްޕިއަން، އާމިން އުމަރު މޫސާ މި ފަހަރުގެ ސީޒަން ވަރުގަދަކޮށް ފަށައިފި އެވެ. 

ރާޅުގަނޑު ސަރަހައްދުގައި އިއްޔެ އިން ފެށިގެން ކުރިއަށްދާ މި މުބާރާތުގެ މެންސް އޯޕަންގައި 21 އެތުލީޓުން ވާދަކުރި އެވެ. އެ ގޮތުން، އާމިން ފައިނަލުގައި ނުކުތީ އަސްވާން މުހައްމަދު (ދޫނި)އާ ދެކޮޅަށެވެ. ފައިނަލުގައި އާމިންގެ ސްކޯ އަކީ، 13.34 ޕޮއިންޓެވެ. އާމިން، ޖުމްލަ އެކު، ހަތަރު ރާޅުން ކުރި ސްކޯތަކުގެ ތެރެއިން، އެންމެ ރަނގަޅު ދެ ރާޅުން ސްކޯ ކުރީ 6.17 އާއި 7.17 ޕޮއިންޓެވެ. އަސްވާން ޖުމްލަ އެކު، ހަތް ރާޅުން ސްކޯތަކެއް ހެދިއިރު، އޭނާގެ އެންމެ ރަނގަޅު ދެ ރާޅު، 4.50 އާއި 5.33 ގެ ޖުމްލަ އަކީ، 9.83 ޕޮއިންޓެވެ. 

އާމިން، ސެމީ ފައިނަލުގައި ވާދަކުރީ މިދިޔަ އަހަރުގެ ޖޫނިއާ ޗެމްޕިއަން، އިޔަން އަހުމަދުއާ އެވެ. އާމިން އާއި އިޔަންގެ ކުރިމަތިލުން ފޯރިގަދަކޮށް ދިޔައިރު، އާމިން މޮޅުވީ، 0.43 ޕޮއިންޓުގެ ފަރަގަކުންނެވެ. އާމިން އަށް 12.60 ޕޮއިންޓުގެ ސްކޯއެއް ލިބުުނުއިރު، އިޔަން ވަނީ 12.17 ޕޮއިންޓު ސްކޯކޮށްފަ އެވެ. އަސްވާން ވަނީ، ސެމީ ފައިނަލުގައި ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބަލިކޮށްފަ އެެވެ. މިއީ ވެސް ފޯރިގަދަކޮށް ނިމިގެންދިޔަ ސެމީ އެކެވެ. އަސްވާން، މި ސެމީން މޮޅުވީ 0.9 ޕޮއިންޓުގެ ފަރަގަކުންނެވެ. އަސްވާން، 11.50 ޕޮއިންޓް ސްކޯކުރިއިރު، ކުޑަ އައްޔަގެ ސްކޯ އަކީ، 10.60 ޕޮއިންޓެވެ. 

މި ފަހަރުގެ މުބާރާތުގެ ޖޫނިއާ މެންސް ކެޓަގަރީގައި އަށް އެތުލީޓުން ވާދަކުރާއިރު، ޑްރޮޕްނީ ކެޓަގަރީގައި ނުވަ އެތުލީޓުން ފެނިގެންދާނެ އެވެ. ބޮޑީބޯޑިންގެ އާ އިސްނެގުމެއްގެ ތެރެއިން، މި ފަހަރުގެ ބުރުނު ޝިކާރުގައި ޖޫނިއާ ވިމެންސް ކެޓަގަރީއެއް ހިމަނާފައިވާއިރު، މި ޑިވިޝަނުގައި 10 އެތުލީޓެއް ވާދަކުރެ އެވެ. 

މުބާރާތުގައި މިއަދު ކުރިއަށްދާނީ ޖޫނިއާ މެންސް އާއި ޑްރޮޕްނީ އަދި ޖޫނިއާ މެންސް ކެޓަގަރީގެ އިވެންޓްތަކެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ވަނީ މި ފަހަރުގެ ބޮޑީބޯޑިން ސީޒަނުގައި ޕޮއިންޓު ދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލުގެ ސަބަބުން ހުރިހާ މުބާރާތެއްގައި ވާދަކޮށްގެން ނޫން ގޮތަކަށް ބޮޑީބޯޑިން ލީގު ކާމިޔާބެއް ނުކުރެވޭނެ އެވެ. ގެނެވުނު ބަދަލާ އެކު، މުބާރާތްތަކުގައި ޕޮއިންޓް ދޭ ފަރަގު ވަނީ އެކަށީގެންވާ މިންގަނޑެއްގެ ތެރެއިން ކަނޑައަޅައިފަ އެވެ. 

ގައުމީ ބޮޑީބޯޑިން ލީގުގައި ޕޮއިންޓް ކަނޑައަޅާ އުސޫލަށް ބަލާއިރު، ސީޒަންގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރު ޗެލެންޖަށް ކަނޑައަޅާފައިވަނީ 1700 ޕޮއިންޓެވެ. އަދި ދެ ވަނަ މުބާރާތް، ލަބެރާ ބޮޑީބޯޑިން ޗެލެންޖަށް 1500 ޕޮއިންޓް ކަނޑައަޅާފައިވާއިރު، ލީގު ފަހު މުބާރާތްކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖަށް ކަނޑައަޅާފައިވަނީ 2000 ޕޮއިންޓެވެ. އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox