ރަންދާ ބޮޑީބޯޑިން ޗެލެންޖްގެ ޗެމްޕިއަންކަން އަޝްރަފް އަށް

Aug 26, 2026, 5:45 PM
ގައުމީ ބޮޑީބޯޑިން ޓީމުގެ އަޝްރަފް ހަސަން: އޭނާ ވަނީ ރަންދާ ބޮޑީބޯޑިން ޗެެލެންޖުގެ މެންސް އޯޕަން ޑިވިޝަން ކާމިޔާބުކޮށްފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ގައުމީ ބޮޑީބޯޑިން ޓީމުގެ އަޝްރަފް ހަސަން: އޭނާ ވަނީ ރަންދާ ބޮޑީބޯޑިން ޗެެލެންޖުގެ މެންސް އޯޕަން ޑިވިޝަން ކާމިޔާބުކޮށްފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ގައުމީ ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް، ރަންދާ ބޮޑީބޯޑިން ޗެލެންޖުގެ މެންސް އޯޕަން ބައިގެ ޗެމްޕިއަންކަން، އަޝްރަފް ހަސަން ހޯދައިފި އެވެ. 

މިއީ، ގައުމީ ލެވަލްގައި އަޝްރަފް ހޯދި ތިން ވަނަ ބޮޑު ކާމިޔާބެވެ. މީގެ ކުރިން، އޭނާ ވަނީ 2023 ވަނަ އަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ މެންސް އޯޕަން އާއި މިދިޔަ އަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖުގެ މެންސް އޯޕަން ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ދެ ފައިނަލުގައި ވެސް ޏ. ފުވައްމުލަކަށް ނިސްބަތްވާ އަޝްރަފް ކުރިހޯދީ، ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބަލިކޮށްފަ އެވެ. މިއަދު، ކ. ތުލުސްދޫގައި ނިމުނު ރަންދާ ބޮޑީބޯޑިން ޗެލެންޖުގެ މެންސް އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން އަޝްރަފް ހޯދީ މިދިޔަ އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގާއި މި އަހަރުގެ ބުރުނު ޝިކާރުގެ ޗެމްޕިއަން، އާމިން އުމަރު މޫސާ ފައިނަލް ހީޓުގައި ބަލިކޮށްފަ އެެވެ. 

ސެމީ ފައިނަލް އާއި ފައިނަލް ހީޓުތައް މިއަދު މެންދުރު ފަހު ކުރިއަށްދިޔައިރު، އާމިން ސެމީ ފައިނަލުގައި ވާދަކުރީ، އިޔަން އަހުމަދު އަތުން ކުއާޓާ ފައިނަލުގައި މޮޅުވި މުހައްމަދު އަޒާން އަހުމަދުއާ ދެކޮޅަށެވެ. އާމިން ވަނީ ޖުމްލަ އެކު، 12.57 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެއީ، އެންމެ ރަނގަޅު ދެ ރާޅުން، 7.00 އާއި 5.57 ޕޮއިންޓެވެ. އަޒާން ވަނީ އެންމެ ރަނގަޅު ދެ ރާޅުން، 6.33 އާއި 6.17 ޕޮއިންޓް ހޯދައި، ޖުމްލަ 12.50 ހޯދައިފަ އެވެ. އާމިން، ސެމީން މޮޅުވީ 0.07 ޕޮއިންޓުގެ ފަރަގަކުންނެވެ. 

އަޝްރަފް، ސެމީގައި ވާދަކުރަން ޖެހުނީ، ކުއާޓާގައި ކުޑަ އައްޔަގެ މައްޗަށް ކުރިހޯދި ތަޖުރިބާކާރު، ބޮޑީބޯޑަރު، އަލީ ޖާވިދު (ޖާއްޓެ)އާ އެވެ. އަޝްރަފް ވަނީ އެންމެ ރަނގަޅު ދެ ރާޅަށް، 8.00 އާއި 8.50 ޕޮއިންޓް ހޯދައި، ޖުމްލަ އެކު، 16.50 ޕޮއިންޓްގެ ސްކޯއެއް އެއްކޮށްފަ އެވެ. ޖާއްޓެގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އަކީ، 5.83 އާއި 7.50 ޕޮއިންޓެވެ. ޖުމްލަ އަކީ، 13.33 ޕޮއިންޓް ކަމަށްވާއިރު، އަޝްރަފް ކުރިހޯދީ، 3.17 ޕޮއިންޓުގެ ފަރަގަކުންނެވެ. 

ފައިނަލް ހީޓުގައި ނުކުމެ، އަޝްރަފް ކުރިހޯދީ 0.37 ޕޮއިންޓުގެ ފަރަގަކުންނެވެ. އޭނާ އަށް އެންމެ ރަނގަޅު ދެ ސްކޯ ލިބުނީ ފަހު ދެ ރާޅުންނެވެ. އެ ދެ ރާޅުން އޭނާ ވަނީ 9.17 އާއި 7.20 ޕޮއިންޓް ހޯދައި، ޖުމްލަ 16.37 ޕޮއިންޓަށް އަރައިފަ އެވެ. އާމިން ވަނީ އެންމެ ފުރަތަމަ ރާޅުން 7.33 ޕޮއިންޓް ހޯދައި، ތިން ވަނަ ރާޅުގައި، 8.67 ޕޮއިންޓް ހޯދައިފަ އެވެ. މިއީ، އޭނާ އަށް އެންމެ ރަނގަޅު ދެ ސްކޯ ލިބުނު ރާޅުތަކެވެ. އާމިންގެ ޖުމްލަ އަކީ، 16.00 ޕޮއިންޓެވެ.

ޑްރޮޕްނީ ޑިވިޝަނުގެ ޗެމްޕިއަން، އަޝްރަފް ބަލިކޮށް އާމިން ވަނީ ހޯދައިފަ އެވެ. ސެމީގައި ރާއްޖޭގެ ޑްރޮޕްނީ ޑިވިޝަނުގެ ރެކޯޑް ހޯލްޑަރު، ކުޑަ އައްޔަ އަތުން މޮޅުވެގެން ފައިނަަލަށް އަައި އާމިން ވަނީ ފައިނަލުގައި ޖުމްލަ އެކު، 7.93 ޕޮއިންޓް ސްކޯކޮށްފަ އެވެ. އަޝްރަފަށް ސްކޯކުރެވުނީ، 5.57 ޕޮއިންޓެވެ. 

ރަންދާ ބޮޑީބޯޑިން ޗެލެންޖުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ލިބާން އެވެ. ތިން އެތުލީޓުން ވާދަކުރި މި އިވެންޓުގައި، ލިބާން ވަނީ ސެމީ ފައިނަލުގައި، 1.2 ޕޮއިންޓުގެ ފަރަގަކުން އިޔަން ބަލިކޮށްފަ އެވެ. އެ ގޮތުން، ލިބާން އަށް ޖުމްލަަ 12.67 ޕޮއިންޓް ލިބުނުއިރު، އިޔަން އަށް ލިބުނީ ޖުމްލަ 11.47 ޕޮއިންޓެވެ. ފައިނަލުގައި ލިބާންއާ ވާދަކުރީ އަހުމަދު ޖިވާއު ޖިހާދު އެވެ. ލިބާން އަށް 11.17 ޕޮއިންޓް ލިބުނުއިރު، ޖިވާއު ވަނީ 10.83 ޕޮއިންޓް ހޯދައިފަ އެވެ. ފައިނަލުގައި، ލިބާން ކުރިހޯދީ 0.34 ޕޮއިންޓުގެ ފަރަގަކުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox