ޑްރޮޕްނީގައި ކުޑަ އައްޔަގެ ރަސްކަން ހުއްޓުމެއްނެތި ކުރިއަށް

Apr 29, 2026, 11:44 PM
ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ބޮޑީބޯޑަރު، އަލީ ހުޝްރުވާން (ކުޑަ އައްޔަ).--- ފޮޓޯ: އަދަދު ސްޕޯޓްސް

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ބޮޑީބޯޑަރު، އަލީ ހުޝްރުވާން (ކުޑަ އައްޔަ).--- ފޮޓޯ: އަދަދު ސްޕޯޓްސް

ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2026" ގެ ޑްރޮޕްނީ ކެޓަގަރީ ކާމިޔާބުކޮށް، ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ)، މި ކެޓަގަރީގައި އޭނާގެ ފުރިހަމަ ރެކޯޑް ދަމަހައްޓައިފި އެވެ. 

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން 2022 ވަނަ އަހަރު ޑްރޮޕްނީ ޑިވިޝަން ފެށި ފަހުން، ހުރިހާ މުބާރާތެއްގެ މި ޑިވިޝަންގެ ޗެމްޕިއަންކަން ހޯދަމުން އަންނަނީ ކުޑަ އައްޔަ އެވެ.

އެ ގޮތުން، ކުޑަ އައްޔަ ވަނީ، ޑްރޮޕްނީގެ 11 ޓައިޓަލް ހޯދައިފަ އެވެ. މީގެ އިތުރުން، ކުޑަ އައްޔަ ވަނީ މާލޭގައި ކުރިއަށްދިޔަ އައިބީސީ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 މުބާރާތުގެ ޑްރޮޕްނީ ޑިވިޝަނުގެ ސެމީ ފައިނަލުގައި ވާދަކޮށް، ދުނިޔޭގެ ރޭންކިންގެ 12 ވަނަ އަށް އެ ފަހަރު ޖެހިލައިފަ އެވެ. 

ޑްރޮޕް-ނީ ޑިވިޝަންގައި ކުޑަ އައްޔަ ދުނިޔޭގެ 12 ވަނަ އަށް

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ދުނިޔޭގެ ރޭންކިންގައި ޑްރޮޕް-ނީ ކެޓަގަރީގެ މި އަހަރު 12 ވަނަ ބޮޑީބޯޑަރުގެ މަގާމު ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން (ކުޑަ އައްޔަ) އަށް ވަނީ ލިބިފައި.

މި ފަހަރުގެ  ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ޑްރޮޕްނީ ފައިނަލުގައި ކުޑަ އައްޔަ ނުކުތީ، މިދިޔަ އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަން އަދި މި ފަހަރުގެ ބުރުނު ޝިކާރުގެ މެންސް އޯޕަން ޓައިޓަލް ހޯދި، އާމިން އުމަރު މޫސާއާ ދެކޮޅަށެވެ. 

ފައިނަލުގައި ކުޑަ އައްޔަގެ ސްކޯ އަކީ، 13.67 ޕޮއިންޓެވެ. ޖުމްލަ އެކު، ކުޑަ އައްޔަ ހަތް ރާޅު އެޅިއިރު، އެންމެ ރަނގަޅު ދެ ރާޅަށް ލިބުނު ސްކޯ އިން އޭނާ ވަނީ، 8.00 އާއި 5.67 ޕޮއިންޓް ހޯދައިފަ އެވެ. ކުޑަ އައްޔަ ފައިނަލުން މޮޅުވީ، 8.63 ޕޮއިންޓުގެ ފަރަގަކުންނެވެ. އާމިން އަށް ސްކޯކުރެވުނީ 5.04 ޕޮއިންޓެވެ. އާމިން ވެސް ހަތް ރާޅު އެޅިއިރު، އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ، 2.67 އާއި 2.37 ޕޮއިންޓެވެ. 

ޑްރޮޕްނީ ޑިވިޝަނުގައި މި ފަހަރު ކުޑަ އައްޔަ ވަނީ އެވްރެޖްކޮށް ވާދަކުރި ކޮންމެ ހީޓެއްގައި ނުވަ ޕޮއިންޓް ސްކޯކޮށްފަ އެވެ. އޭނާގެ ސްކޯރިން އެންމެ ރަނގަޅީ ފައިނަލް ހީޓުގަ އެވެ. ކުޑަ އައްޔަ އާއި އާމިން ވަނީ ފައިނަލުގެ ކުރިން ކުއާާޓާ ފައިނަލުގެ ހީޓު އެކެއްގައި ވާދަކޮށްފަ އެވެ. ކުޑަ އައްޔަ، އެ ހީޓުގެ އެއް ވަނަ ހޯދީ 9.20 ޕޮއިންޓުންނެވެ. އާމިން އަށް ދެ ވަނަ ލިބުނީ 4.33 ޕޮއިންޓާ އެކު އެެވެ. މި ހީޓުގެ ފުލަށް ދިޔައީ، މި ފަހަރުގެ ބުރުނު ޝިކާރުގެ ޖޫނިއާ ޗެމްޕިއަން، ނޫހް މުހައްމަދު ދުނައިމް އިރުޝާދު އެވެ. ނޫހް ވަނީ 3.70 ޕޮއިންޓް ސްކޯކޮށްފަ އެވެ. 

މި ފަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގައި ކުޑަ އައްޔަ، މެންސް އޯޕަން ޑިވިޝަނުން ކެޓީ ސެމީ ފައިނަލުންނެވެ. އެއީ، މުބާރާތުގެ ރަނަރަޕަށް ދިޔަ، އަސްވާން މުހައްމަދު (ދޫނި) އަތުން ބަލިވުމުންނެވެ. އަސްވާން، މި ސެމީން މޮޅުވީ 0.9 ޕޮއިންޓުގެ ފަރަގަކުންނެވެ. އަސްވާން، 11.50 ޕޮއިންޓް ސްކޯކުރިއިރު، ކުޑަ އައްޔަގެ ސްކޯ އަކީ، 10.60 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox