ސްޓެލްކޯގެ ދުންހޮޅިތަކުން ގެއްލުންވާ މައްސަލަ މަޖިލީހަށް
ސްޓެލްކޯގެ ދުންހޮޅިތައް ތިރިކަމުން، އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ތާއަބަދު ޖައްވުގައި ހުންނަ ތެޔޮވަސް ދުވާ، ޑީސަލް ތެޔޮ އަންދައިގެން އުފެދޭ ކަޅު ދުމުގެ ސަބަބުން ވައި ތަޣައްޔަރުވެ، ތަފާތު ބަލިތަކަށް މަގުފަހިވެފައިވާ ކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވޭ.