ކެންޔާ

5 ލިޔުން

ފަހުގެ

190 ކުދިން މަރާލި ކަލްޓް ލީޑަރުގެ މައްޗަށް ކުށް ސާބިތުވެއްޖެދުނިޔެ

190 ކުދިން މަރާލި ކަލްޓް ލީޑަރުގެ މައްޗަށް ކުށް ސާބިތުވެއްޖެ

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ބުނެ 190 އަށް ވުރެ ގިނަ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ އާއި އޭނާގެ ބައިވެރިންގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ. މި ގަތުލުއާންމާ ގުޅިގެން މެކެންޒީގެ މައްޗަށް މީހުން މެރުމުގެ އިތުރުން ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގެ ދައުވާތައް ވެސް އުފުލާފައިވާއިރު، އޭނާއަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ނޮވެމްބަރު މަހުއެވެ. ޝަކަހޯލާ ޖަންގަލީގައި ހިންގި މި ލާއިންސާނީ އަމަލުތަކުގައި ޖުމްލަ 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ތަހުގީގުތަކުން ދައްކައެވެ.

ކެންޔާގެ ފުރަތަމަ އެބޯލާ ކޭސްއާ އެކު މީހުން އެކަހެރިކުރަނީދުނިޔެ

ކެންޔާގެ ފުރަތަމަ އެބޯލާ ކޭސްއާ އެކު މީހުން އެކަހެރިކުރަނީ

ކެންޔާއިން ފުރަތަމަ ފަހަރަށް އެބޯލާ ޖެހިފައިވާ މީހަކު ފެނި، އެ ބަލީގައި އޭނާ މަރުވުމާ ގުޅިގެން އެ ގައުމުގައި ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. ޑީއާރު ކޮންގޯއިން ދަތުރުކުރި މި މީހާއާ ބައްދަލުވި 10 މީހަކު މިހާރު އެކަހެރިކޮށްފައިވާއިރު، އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުގެ ބޯޑަރުތަކުގައި ބަލި ދެނެގަތުމަށް ގާއިމުކޮށްފައިވާ ނިޒާމުގެ ފެންވަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.