އިންޑިއާގެ ޓާޓާ ކެމިކަލްސް ކެންޔާއިން ބޭރުކުރަން ނިންމައިފި

Sep 5, 2026, 11:31 AM
ކެންޔާގެ މަގާޑީގައި ހުންނަ މި ފެކްޓްރީއަކީ އެފްރިކާ ބައްރުގައި ގުދުރަތީ ސޯޑާ އޭޝް އެންމެ ފުޅާދާއިރާއެއްގައި އުފައްދާ މަރުކަޒު. -- ފޮޓޯ: ޓާޓާ ކެމިކަލްސް

ކެންޔާގެ މަގާޑީގައި ހުންނަ މި ފެކްޓްރީއަކީ އެފްރިކާ ބައްރުގައި ގުދުރަތީ ސޯޑާ އޭޝް އެންމެ ފުޅާދާއިރާއެއްގައި އުފައްދާ މަރުކަޒު. -- ފޮޓޯ: ޓާޓާ ކެމިކަލްސް

އިންޑިއާގެ ކެމިކަލް އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޓާޓާ ކެމިކަލްސް އިން ކެންޔާގެ އިގްތިސާދަށް އެކަށީގެންވާ ކުރިއެރުމެއް ނުގުނެސްދޭ ކަމަށް ބުނެ، އެ ގައުމުން އެ ކުންފުނި ބޭރުކުރުމަށް ކެންޔާ ސަރުކާރުން ނިންމައިފި އެވެ.

ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ވަނީ އެ ކުންފުނީގެ މަސައްކަތްތައް ހުއްޓާލައި ގައުމުން ފޭބުމަށް އަންގަވާފަ އެވެ. ރައީސް ވިދާޅުވީ، ޓާޓާ ކެމިކަލްސް އިން ކެންޔާގައި ބިއްލޫރި އާއި ކެމިކަލް އުފެއްދުމުގެ ބަދަލުގައި، އެ ގައުމުން ނަގާ ސޯޑާ އޭޝް (ސޯޑިއަމް ކާބޮނޭޓް) އެ ގޮތުގައި ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރަމުންދާ ކަމަށެވެ.

ރައީސް ރޫޓޯ އިތުރަށް ވިދާޅުވީ، ކެންޔާގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކާއި އިންވެސްޓްމަންޓްތައް ހޯދައިދިނުމުގެ މަގްސަދުގައި، އެ ކުންފުނީގެ މަސައްކަތްތަކާ ހަވާލުވާނެ އާ އިންވެސްޓަރުން ސަރުކާރުން މިހާރު ހޯދާފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން ޓާޓާ ކެމިކަލްސް އިން ބުނީ ސަރުކާރުގެ ނިންމުމަށް އިހުތިރާމް ކުރާ ކަމަށާއި، މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ގާނޫނީ އަދި ރެގިއުލޭޓަރީ އުސޫލުތަކުގެ ތެރެއިން ސަރުކާރާއެކު މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.

ރައީސް ރޫޓޯ މި މޭރުމުން ވާހަކަދެއްކެވީ ޓާޓާ ކެމިކަލްސް މަގާޑީގެ ޕްލާންޓް ހުންނަ ކަޖިއާޑޯ ކައުންޓީއަށް ކުރެއްވި ޒިޔާރަތެއްގަ އެވެ.

އިންޑިއާގެ މަޝްހޫރު ޓާޓާ ގްރޫޕްގެ ދަށުން ހިންގާ މި ކުންފުނިން މަސައްކަތް ކުރަނީ ކެންޔާގެ ވެރިރަށް ނައިރޯބީގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރުގައި އޮންނަ ލޭކް މަގާޑީގަ އެވެ. އެ ކުންފުނިން އަހަރަކު 350,000 އަށް ވުރެ ގިނަ ޓަނުގެ ސޯޑާ އޭޝް އިންޑިއާ، ދެކުނު އިރުމަތީ އޭޝިއާ، މެދުއިރުމަތި އަދި އެފްރިކާގެ އެކި ގައުމުތަކަށް އެކްސްޕޯޓް ކުރެ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ކެންޔާއަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެ ގިނައިން ގުދުރަތީ ސޯޑާ އޭޝް އުފައްދާ ގައުމެވެ. 

ސޯޑާ އޭޝް އަކީ ބިއްލޫރި، ކެމިކަލް، ބެޓެރި އަދި ސިނާއީ އެކި އުފެއްދުންތަކުގައި ބޭނުންކުރާ މުހިންމު މާއްދާއެކެވެ.

ޓާޓާ ކެމިކަލްސް އަކީ ކެންޔާއިން އެންމެ ގިނައިން މިނަރަލް އެކްސްޕޯޓް ކުރާ އެއް ކުންފުނީގެ އިތުރުން، މުޅި އެފްރިކާގައި ވެސް ސޯޑާ އޭޝް އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ.

އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން، ލޭކް މަގާޑީން ޓްރޯނާ ނަގައިގެން އެ ކުންފުނިން ސޯޑާ އޭޝް އުފައްދަ އެވެ. މިއީ ބިއްލޫރި އުފެއްދުމުގެ އިތުރުން، ދޮންނަ ކުނޑި، ކެމިކަލް، ފެން ސާފުކުރުން، ފޭރާން އަދި ކަރުދާސް އުފެއްދުމުގައި ބޭނުންކުރާ މުހިންމު ބާވަތެކެވެ.

2024 ވަނަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން، އެ ކުންފުނިން 245,000 ޓަނުގެ ސޯޑާ އޭޝް ވިއްކައިގެން 78.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވެ އެވެ.

މި ކުންފުނީގައި ގާތްގަނޑަކަށް 500 މުވައްޒަފުން މަސައްކަތް ކުރާއިރު، މަގާޑީ ސަރަހައްދުގެ 30,000 އެއްހާ މީހުންނަށް ފެނާއި، ސިއްހީ ހިދުމަތާއި، ތައުލީމާއި، އުމްރާނީ ތަރައްގީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ކުންފުނިން ބުނެ އެވެ.

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox