އިނގިރޭސި ފުޓްބޯޅަ ޓީމު
227 ލިޔުން
ފަހުގެ
ކުޅިވަރުވަގަށް ނެގި ތަކެތީގެ ތެރޭގައި ކޭންގެ "ހާއްސަ ބޫޓެއް" ހިމެނޭ
އެމެރިކާގެ ކަންސަސް ސިޓީގައި ކޭމްޕްކޮށްފައިވާ އިނގިރޭސި ޓީމުގެ ވޭނަކުން 50،000 ޑޮލަރަށް ވުރެ އަގުބޮޑު ތަކެތި ވަގަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ކެޕްޓަން ހެރީ ކޭންގެ ހާއްސަ ބޫޓެއް ހިމެނެއެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް ވަގަށް ނެގި ތަކެތީގެ ބޮޑު ބައެއް ފުލުހުން މިހާރު ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ކުޅުންތެރިން ސޮއިކޮށްފައިވާ ޖޯޒީތަކާއި، ތަމްރީނު ކުރާ ސާމާނު ހިމެނޭއިރު، ކޭންގެ ބޫޓު ފެނުނު ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ކުޅިވަރުޓުޗެލް ބުނީ އިންގްލެންޑް ޓީމަށް ޕްރެޝަރާ ކުރިމަތިލެވޭނެ ކަމަށް
މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނައިރު އިންގްލެންޑް ޓީމަށް އޮތް ޕްރެޝަރާ ކުރިމަތިލެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ. ޓީމަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި 1966 ގެ ފަހުން ތައްޓެއް ނުލިބުމުގެ ޕްރެޝަރު އޮތް ނަމަވެސް، އެކުގައި މަސައްކަތްކޮށްގެން ކާމިޔާބު ހޯދޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.
