އާނޯލްޑް، ފޯޑެން އަދި ޕާމާ ނުހިމަނައި އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑު އިއުލާނުކޮށްފި

May 22, 2026, 4:45 PM
އިނގިރޭސި ގައުމީ ޓީމުން ފުރުސަތު ނުލިބުނު، ޓްރެންޓް، ޕާމާ އަދި ފޯޑެން

އިނގިރޭސި ގައުމީ ޓީމުން ފުރުސަތު ނުލިބުނު، ޓްރެންޓް، ޕާމާ އަދި ފޯޑެން

ލަންޑަން (މެއި 22) - މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން، ޗެލްސީގެ ކޯލް ޕާމާ އަދި ރެއާލް މެޑްރިޑްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނުހިމަނައި، އަންނަ މަހު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ކުޅޭ އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު އިއުލާނުކޮށްފި އެވެ. 

މީގެ އިތުރުން، އިނގިރޭސި ޓީމުގެ ކޯޗު، ޖަރުމަނުގެ ތޯމަސް ޓުޗެލް ނެގި 26 ކުޅުންތެރިންގެ ސްކޮޑުން، މިދިޔަ ދެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު، ހެރީ މެގުއާ އަށް ވެސް ފުރުސަތު ލިބިފައިނުވެ އެވެ.

ދެން، ފުރުސަތު ނުލިބިދިޔަ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް  ބަލާއިރު، ނޮޓިންހަމް ފޮރެސްޓްގެ މޯގަން ގިބްސް-ވައިޓް އާއި ޔުނައިޓެޑްގެ ލޫކް ޝޯ، ކްރިސްޓަލް ޕެލަސްގެ އެޑަމް ވާޓަން އަދި ޗެލްސީގެ ލީވައި ކޯލްވިލް ހިމެނެ އެވެ. 

ވޯލްޑް ކަޕް ސްކޮޑުން ޖާގަ ގެއްލުމުން މެގުއާ އަށް ލިބުނީ ޝޮކެއް!

އަންނަ މަހު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އިންގްލެންޑުން ނެގި ސްކޮޑުގައި އޭނާ ނުހިމެނޭކަން އެނގުމުން ލިބުނީ ޝޮކެއް ކަމަށް މެންޗެސްޓާ ޔުނައިޓެެޑްގެ ޑިފެންޑަރު، ހެރީ މެގުއާ ވަނީ ބުނެފައި.

ސްކޮޑުގައި ހިމެނުނު ފާހަގަކޮށްލެވޭ ކުުޅުންތެރިންނަށް ބަލާއިރު، ޓޮޓެންހަމް ހޮޓްސްޕާސްގެ ފުލްބެކް، ޖެޑް ސްޕެންސް އާއި މެންޗެސްޓާ ސިޓީގެ ޖޯން ސްޓޯންސް އާއި ނިކޯ އޯރައިލީ، ނިއުކާސަލް ޔުނައިޓެޑްގެ ޑޭން ބާން އަށް ވަނީ ޓުޗެލްގެ ޓީމުން ފުރުސަތު ދީފަ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުން ބޭރުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އިނގިރޭސި ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުނީ ބަޔާ ލެވަކޫސަންގެ ޑިފެންޑަރު، ޖަރަލް ކުއަންސާ، ރެއާލްގެ މިޑްފީލްޑަރު، ޖޫޑް ބެލިންހަމް، ބާސެލޯނާގެ ފޯވާޑް، މާކަސް ރެޝްފޯޑް އަދި އަލް އަހްލީގެ ފޯވާޑް، އައިވާން ޓޯނީ އެވެ. 

ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި ސްކޮޑަށް ޓުޗެލްގެ އިތުބާރު އެބައޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް
އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް

60 އަހަރަށް ފަހު މި ފަހަރު އިންގްލެންޑަށް ވޯލްޑް ކަޕް ކާމިޔާބުކުރެވިދާނެ: ޓުޗެލް

ސްކޮޑަށް އަމާޒުވާ ފާޑުކިޔުންތަކާ ގުޅޭގޮތުން، ކުރިން ޗެލްސީ އާއި ޕީއެސްޖީ އަދި ބޮރޫޝިއާ ޑޯޓްމަންޑަށް އިރުޝާދުދިން ޓުޗެލް ބުނެފައިވަނީ، މިއީ، އިންގްލެންޑްގެ އެންމެ މޮޅު ޓީމު ކަމަށް ބުނެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި މިއީ، ވޯލްޑް  ކަޕެއްގައި ކުޅެން އޭނާ އަށް ގަބޫލުކުރެވޭ އެންމެ ރަނގަޅު ސްކޮޑު ކަމަށެވެ.

އަދި، މި ޓީމުގެ ކިބައިގައި، 1966 އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ތަށި އިންގްލެންޑަށް ގެނެވޭނެ ފެންވަރު އެބަހުރި ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ. 

"ވަރަށް ފަހުން އަހަންނަށް ފެނުނު ރަފައެލް ނަޑާލް (ސްޕެއިންގެ ޓެނިސް ލެޖެންޑް) ގެ ކުއޯޓެއް. އަހަންނަަކީ އަބަދު މޮޅުވާ މީހެއް ނޫނޭ. އަހަންނަކީ އަބަދުވެސް ވަރުގަދަ އަށް ވާދަކުރާ މީހަކަށް ވާނަމޭ. އަހަންނަކީ ޗެލެންޖް ދޭނެ މީހެކޭ ކާމިޔާބު ހޯދަން. އެއީ، އަހަރެމެން ވޯލްޑް ކަޕަށް އެމެރިކާ އަށް ދާނެ ވިސްނުމަކީ. ހިތްހަމަޖެހުމާ އެކީ ރަނގަޅު ވާދައެއްކޮށް މި ޓީމުގެ އިތުބާރު ބޮޑުކުރުން އޮތީ،" ޓުޗެލް ބުންޏެވެ. 

ޓުޗެލް ބުނީ ފުރަތަމަ މެޗުން ފަށައިގެން ވެސް ބޭނުންވަނީ އިންގްލެންޑްގެ ފެންވަރު ސާބިތުކޮށްދޭން ކަމަށާއި އެކަން ކުރަން ސަޕޯޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ވެސް ފުރިހަަމަ އަށް އަދާކުރެވޭނެ ކަމަށެވެ. 

"ވަރަށް އުނދަގޫ ކަމެއް އެއްބުރުން މުޅި ކޭކް އެއްކޮށް ކައިގެން ހަޖަމުކުރުމަކީ. މަޑުމަޑުން ކެތްތެރިކަމާ އެކު އެކަން ކުރެވޭނީ. އަހަރެމެން މަސައްކަތް ކުރާނީ ފުރަތަމަ ވޯލްޑް ކަޕްގެ ކުރިން ރަނގަޅު ޕްރީ ކޭމްޕަކަށް. ދެން، މަޑުމަޑުން ކުރިއަށްދާނީ،" ޓުޗެލް ބުންޏެވެ. 

އިންގްލެންޑުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި، ޖޫން 17 ވަނަ ދުވަހު ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ. އަދި، ދެން އެ ގްރޫޕްގައި އޮތް ދެ މެޗުގައި ކުޅޭނީ ގާނާ އާއި ޕެނަމާއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox