ޕާމާ އަށް އިންގްލެންޑަށް ނުކުޅެވެނީ ގިނަ ފުރުސަތުތަކެއް ގެއްލޭތީ

Sep 26, 2026, 9:53 AM
އިިންގްލެންޑުގެ މެޗެއްގެ ތެރެއިން ޕާމާ: މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ޕާމާ ވަނީ އިންގްލެންޑު ޓީމުން ފިޓްނަސް މައްސަލައެއްގައި ވަކިވެފައި.

އިިންގްލެންޑުގެ މެޗެއްގެ ތެރެއިން ޕާމާ: މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ޕާމާ ވަނީ އިންގްލެންޑު ޓީމުން ފިޓްނަސް މައްސަލައެއްގައި ވަކިވެފައި.

ލަންޑަން (ސެޕްޓެމްބަރު 26) - ޗެލްސީގެ މިޑްފީލްޑަރު، ކޯލް ޕާމާ އަށް އިންގްލެންޑަށް ގިނަ މެޗުތަކެއް ނުކުޅެވެނީ، ލިބޭ ގިނަ ފުރުސަތުތަކެއް ގެއްލޭތީ ކަމަށް އެ ޓީމުގެ ކޯޗު، ތޯމަސް ޓުޗެލް ބުނެފި އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި އަހަރުގެ ޖޫން/ޖުލައި މަހު ބޭއްވި ފީފާ ވޯލްްޑް ކަޕަށް ގެންދިޔަ ސްކޮޑުގައި ޕާމާ ނުހިމެނެ އެވެ. އޭގެ ފަހުން، މި ފަހަރުގެ ސީޒަން ފަށައި، ޗެލްސީން އިނގިރޭސި ޕްރިމިއަ ލީގުގައި ކުޅުނު ފަސް މެޗުގައި ވެސް ޕާމާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެހެންވެ، މި ފަހަރުގެ ނޭޝަންސް ލީގުގެ މެޗުތަކަށް ޓުޗެލް ނެގި ސްކޮޑުގައި ވަނީ ޕާމާ ހިމަނައިފަ އެވެ. 

އެކަމަކު، ކުއްލި ގޮތަކަށް ފިޓްނަސް މައްސަލައެއްގައި، އުމުރުން 24 އަހަރުގެ ޕާމާ މި ވަނީ އިންގްލެންޑު ސްކޮޑުން ވަކިވެފަ އެވެ. 

Advertisement

"އަހަންނަށް ވިސްނިފައި އޮތްގޮތުގައި އޭނާ ކުޅެމުން އެ އަންނަނީ އެއްކޮށް ފިޓްކޮށް ހުރެއެއް ނޫން، ތަދުވެގެން، އުނދަގޫތަކެއް ވެފައި ހުރެ އެ ކުޅެނީ. އެހެންވެ، އޭނަ ގައުމީ ޓީމުން ވަކިވީ، އެހެންވެ، ޗެލްސީން ވެސް އެކަން އަންގައިފި،" ޓުޗެލް ބުންޏެވެ. 

"ހަގީގަތަކީ، މި ކަހަލަ އެކި ސަބަބުތަކާ ހުރެ ޕާމާ އަށް އިންގްލެންޑަށް ކުޅުމުގެ ވަރަށް ގިނަ ފުރުސަތުތަކެއް ގެއްލޭ. ހަމަ ގިނަ ފުރުސަތުތަކެއް ގެއްލިފައި ހުރީ ވެސް މިހެންވެ،" 

ރިޕޯޓްތައް ބުނާގޮތުގައި، ޗެލްސީގެ މެޑިކަލް ޓީމުގެ ލަފާގެ މަތިން ޕާމާ މިހާރު އަންނަނީ އޭނާގެ ފިޒިކަލް ފިޓްނަސް ރަނގަޅުކުރުމަށްޓަކައި، ހާއްސަ ޕްލޭނެއްގެ ދަށުން ސްޕެޝަލިސްޓަކާ އެކު، އެހެން ގައުމެއްގައި ތަމްރީންތަކެއް ކުރިއަށްގެންދަމުންނެވެ. އަދި، ޕާމާގެ މި ފިޓްނަސް ޕްލޭންގެ ދަތުރުތަކުގައި ޗެލްސީގެ ފިޓްނަސް ކޯޗެއް ވެސް ބައިވެިރވެ އެވެ. 

ޕާމާ، އިންގްލެންޑުން ވަކިވީ ކްލަބަށް އިސްކަން ދިނުމުގެ ގޮތުންތޯ ކުރި ސުވާލަށް ޓުޗެލް ބުނެފައިވަނީ، މި ކަހަލަ ކަމެއްގައި ވަކި ގޮތަކަށް އެއްވެސް ކުޅުންތެރިއަކާ ގުޅޭގޮތުން ވާހަކަ ނުދައްކާނެ ކަމަށެވެ. އެކަމަކު، ކުޅުންތެރިން ބައެއް ފަހަރު ޝެޑިއުލްގެ ގޮތުން، ގައުމީ ޓީމުގެ ކަންކަމުން ބްރޭކެއް ނަގައި، ކްލަބަށް އަހައްމިއްޔަތުކަން ދިނުމަކީ ހިނގާފައި ހުރި ކަންކަން ކަމަށާއި މީގެ އެންމެ މުހިންމު ކަމަކީ ހުރިހާ ކަމަކާ ގުޅޭގޮތުން، ވާހަކަދެކެވިފައި ހުރުން ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ. 

"އަހަރެން ވެސް ކްލަބްތަކުގައި މަސައްކަތް ކުރިން. އެހެންވީމަ، ދެ ފަރާތުގައި ހުރެ ވެސް މި ކަންކަން އޮންނަގޮތް އަހަންނަށް ވަރަށް ސާފު،" ޓުޗެލް ބުންޏެވެ. 

އިންގްލެންޑުން ވޯލްޑް ކަޕަށް ފަހު ކުޅޭ ފުރަތަމަ މެޗަކީ މިރޭ ޔުއެފާ ނޭޝަންސް ލީގުގައި އަމިއްލަ ދަނޑުގައި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗެވެ. ސްޕެއިނަކީ މި ފަަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަނުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox