ބީއެމްއެލް ލޯނު ދޫކުރާ އުމުރު 75 އަށް ބަދަލުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނާއި ފައިނޭންސިން ދޫކުރާ އެންމެ މަތީ އުމުރު 60 އަހަރުން 75 އަހަރަށް މަތިކުރުމަށް ނިންމައިފިއެވެ. މި ބަދަލުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށާއި މެދު އުމުރުގެ މީހުންނަށް ލޯނު ދެއްކުމަށް ދިގު މުއްދަތެއް ލިބި، ގެދޮރު ގަތުމާއި އެހެނިހެން ބޭނުންތަކަށް ފައިސާ ހޯދުމަށް ފަސޭހަވެގެންދާނެއެވެ.