
ސާއިފް ޝިޔާދު
ސަބް އެޑިޓަރ
ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ބައިނަލްއަގުވާމީ މަޝްރަހާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު އަދި އިގުތިސޯދީ ދާއިރާގެ ލިޔުންތައް އޭނާ އަންނަނީ ލިޔަމުންނެވެ. މީގެކުރިން ސާއިފް ވަނީ "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
2400 ލިޔުން
އެޑިޓޯރިއަލް މާދަމާ އާއި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅައިފި
މިއަދު ބޭއްވި އިންތިޚާބާ ގުޅިގެން، މާދަމާ އާއި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. މި ދެ ދުވަސް ބަންދުކުރަން ނިންމީ އިންތިޚާބާ ގުޅުންހުރި މުހިންމު މަސައްކަތްތައް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދުމާ ގުޅިގެންނެވެ.
އެޑިޓޯރިއަލް ވޯޓުލުމުގެ ވަގުތު ހަމަވެ ފޮށިތައް ބަންދުކުރަން ފަށައިފި
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ނިމި، ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފިއެވެ. މައިގަނޑު ގޮތެއްގައި ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ މި އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ހަބަރުވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކުރާތީ ކަންބޮޑުވުން
އިންތިޚާބުގައި ވޯޓުލާ މީހާ ބޭނުންނުވާ ކަރުދާސްކޮޅު ދޫކޮށްލުމުން އެކަން އިއުލާންކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، ވޯޓުގެ ސިއްރުކަން ގެއްލޭ ކަމުގެ ކަންބޮޑުވުން ސިޔާސީ ފަރާތްތަކުން ފާޅުކުރަން ފަށައިފި. އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މިއީ ސަރުކާރު މުވައްޒަފުންނަށް ބިރުދެއްކުމަށްޓަކައި ކުރާ ކަމެއް.
