
މުހައްމަދު ޝަހްޒާން
ޖާނަލިސްޓު
މުހައްމަދު ޝަހުޒާން އަކީ ނޫސްވެރިކަމުގެ ހުރިހާ ދާއިރާއެއްގެ ހަބަރުތައް ވެސް ލިޔާ ނޫސްވެރިއެކެވެ. އޭނާ އަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ފީޗާ ލިޔުންތެރިއެއް ވެސް މެ އެވެ. މަލްޓިމީޑިއާގެ މަސައްކަތަކަށް ވެސް ފަރިތަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ 'އަދިވެސް' ގައި ލިޔުންތެރިއަކަށެވެ.
3511 ލިޔުން
ހަބަރުއީސީ މެންބަރަކަށް ޝަކީލް އައްޔަނުކުރަނީ
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުން މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ޕީއެންސީގެ ރެޖިސްޓްރާ އަދި ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް އައްޔަނުކުރަން ރައީސް މަޖިލީހަށް ފޮނުއްވައިފިއެވެ. ޒާހިދު އިސްތިއުފާ ދެއްވީ ސަރުކާރުގެ ނުފޫޒާއި ޕްރެޝަރު ކޮމިޝަނަށް ކުރިމަތިވަމުންދާ ކަމަށް ބުނެއެވެ.
ހަބަރުރިޔާސަތު ބަލަހައްޓާ މަޖިލިސް މެންބަރުންގެ ލިސްޓަށް ބަދަލެއް
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި އެ މަސްއޫލިއްޔަތު އަދާކުރައްވާނެ މެންބަރުންގެ ލިސްޓު އަލުން އެކުލަވާލައި، ލިސްޓުގެ ކުރިއަށް އަހުމަދު ޝިޔާމް މުހައްމަދު ވަނީ އައްޔަންކުރައްވާފައެވެ.
ހަބަރުއިންޑިއާއިން ވެކްސިންއާއި ސިއްހީ ސާމާނު ހަދިޔާކޮށްފި
އިންޑިއާ ސަރުކާރުން ރާއްޖެއަށް 20،000 ޑޯޒްގެ އެމްއާރު ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފިއެވެ. މީގެ ތެރޭގައި ލެބޯޓްރީ ސާމާނާއި ޕީޕީއީ ހިމެނޭއިރު، މިއީ ރާއްޖޭގައި ހިމަބިހި ކޮންޓްރޯލްކުރުމަށާއި ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ލިބުނު ބޮޑު އެހީއެކެވެ.
