
މުހައްމަދު ޝަހްޒާން
ޖާނަލިސްޓު
މުހައްމަދު ޝަހުޒާން އަކީ ނޫސްވެރިކަމުގެ ހުރިހާ ދާއިރާއެއްގެ ހަބަރުތައް ވެސް ލިޔާ ނޫސްވެރިއެކެވެ. އޭނާ އަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ފީޗާ ލިޔުންތެރިއެއް ވެސް މެ އެވެ. މަލްޓިމީޑިއާގެ މަސައްކަތަކަށް ވެސް ފަރިތަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ 'އަދިވެސް' ގައި ލިޔުންތެރިއަކަށެވެ.
3511 ލިޔުން
ހަބަރުސަރުކާރަށް ތާއީދު ނުކުރާތީ ހިތަދޫ ޕޯޓްސްއިން މީހަކު ކަނޑާލައިފި
ސަރުކާރަށް ތާއީދު ނުކުރާ ކަމަށް ބުނެ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ވަޒީފާއިން މުވައްޒަފަކު ވަކިކުރުމާ ގުޅިގެން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރުމަކީ ޑިމޮކްރެސީ ފަހަތަށް ސޮއްސާލުން ކަމަށާއި، މިއީ ސަރުކާރުގެ އަމިއްލަ މަންފާއަށް ކުރާ ކަމެއް ކަމަށެވެ.
ހަބަރުސަރުކާރު ކުންފުނިތަކުގެ ބޯޑްތަކަށް ބަދަލުތަކެއް
ސަރުކާރުގެ ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލުތަކެއް ގެނެސް، އެމްޕީއެލް އާއި ވިޒިޓް މޯލްޑިވްސްގެ ބޯޑުން ދެ ބޭފުޅަކު ވަނީ ވަކިކޮށްފައެވެ. މީގެ އިތުރުން އޭއައިއޭ، އެމްއޭސީއެލް އަދި އެމްޓީސީސީގެ ބޯޑަށް އާ މެންބަރުން އައްޔަނުކޮށްފައިވާއިރު، އެމްޓީސީސީގެ ޗެއާޕާސަންގެ މަގާމަށް ވެސް ވަނީ ބޭފުޅަކު އައްޔަނުކުރައްވާފައެވެ.
ހަބަރުހިޔާ ޓާވަރުތަކުގެ ލިފްޓުތައް އަދިވެސް ހަރުކޮށް ނުނިމޭ
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއު، އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހުވެސް އަދިވެސް އެއްކޮށް ނުނިމެއެވެ. އެޗްޑީސީން ބުނާގޮތުގައި 15 ޓަވަރެއްގެ މަސައްކަތް ނިމިފައިވީ ނަމަވެސް، 16 ވަނަ ޓަވަރުގެ ލިފްޓު ހަރުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
