
ލީވާން އަލީ ނާސިރު
ޖާނަލިސްޓް
ލީވާން އަލީ ނަސީރު ނޫސްވެރިއެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔައީ ރާއްޖެ ޓީވީގެ ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ހަރަކާތްތެރިވަމުން އަންނަނީ ކަރަންޓް އެފެއާޒް ނޫސްވެރިޔެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް މުޖުތަމައުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތަކާ މެދު އާންމުންގެ ސަމާލުކަން އިތުރުކުރުމަށް ލީވާން މަސައްކަތްކުރެ އެވެ. އަދި ސިޔާސީ ދާއިރާގެ ހަބަރުތަކާއި އިވެންޓުތައް ކަވަރުކުރުމުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ.
5838 ލިޔުން
ހަބަރުޕީއެންސީ ގިނަ މެންބަރުން ތިބީ އެމްޑީޕީ މެންބަރުންނާއެކު: ނާޒިލް
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ ސަރުކާރުން ކުރާ ބޭކާރު ހަރަދާއި ރައްޔިތުން އުޅޭ ހާލުގެ ވާހަކަ ދެއްކުމުން ބާރު ކުރަނީ ޕީއެންސީ އަދި ސަރުކާރަށް ތާއިދުކުރާ މަދު މަޖިލިސް މެންބަރުންނަށް ކަމަށް.
ހަބަރު"ބިލުން މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެވޭ"
އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލުގެ ނަމުގައި ހުށަހަޅާފައިވާ އެ ބިލު ފަރުމާކޮށްފައި އޮތް ގޮތުން މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާވާނެ ކަމަށް.
ހަބަރުމީޑިއާ ނެތިކޮށްލާ ބިލު ބަލައިނުގަނެ ބޭރުކޮށްލަން ގޮވާލައިފި
މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު މި އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް މި ބިލުގައި ހިމަނާފައިވޭ.
