ކޯޓުތަކުގައި ނުނިމި 13،032 މައްސަލަ، މި އަހަރު ނިމުމުގެ ކުރިން ބެކްލޮގް ހުސްކުރަން އުއްތަމަ ފަނޑިޔާރުގެ އަމާޒު

ކޯޓުތަކުގައި ނުނިމި 13،032 މައްސަލަ، މި އަހަރު ނިމުމުގެ ކުރިން ބެކްލޮގް ހުސްކުރަން އުއްތަމަ ފަނޑިޔާރުގެ އަމާޒު

ފަނޑިޔާރުގޭގެ އެންމެ މުހިންމު މަގުސަދަކީ ކޯޓުތަކުގައި ލަސްވެފައިވާ މައްސަލަތަކަށް އަވަހަށް އިންސާފު ހޯދައިދިނުން ކަމަށާއި މިވަގުތު ރާއްޖޭގެ ކޯޓުތަކުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 13،032 މައްސަލަ ރާއްޖޭގެ ކޯޓުތަކުގެ ބެކްލޮގުގައި ހިމެނޭ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާގެ އަހަރު ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކައިގައި ވަނީ ކޯޓުތަކުން އެންމެ އިސްކަމެއް ދެނީ އަވަހަށް މައްސަލަތައް ނިންމުމަށް ކަމަށް ވިދާޅުވެފަ އެވެ.

"އެންމެ އިސްކަމެއް ދީގެން އަޅުގަނޑު ކުރަން ބޭނުންވާ ކަމަކީ މި ދެންނެވި 13،032 މައްސަލައިގެ އިންސާފު އަވަސްކަމާއެކު ގާއިމުކުރުން. މިކަން ކުރުމަށް އަޅުގަނޑުމެން ކަނޑައަޅާފައި ވަނީ 2026 ވަނަ އަހަރު ކޯޓުތަކުގައި އަލަށް ރަޖިސްޓްރީވާނެ ކަމަށް ލަފާކުރެވޭ 21،000 އަށްވުރެ ގިނަ މައްސަލައިގެ އިންސާފު އަވަސް ކަމާއެކު ފޯރުކޮށްދިނުމުގެ ބުރަ މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށްދާނެ ގޮތަށް،" ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.

އެ މަސައްކަތް ކުރުމުގެ ގޮތުން ހާއްސަ ޓާސްކް ފޯހެއް މިއަދު އެކުލަވާލާނެ ކަމަށާއި މައްސަލަތައް ލަސްވެފައިވާ ސަބަބުތައް ސީދާ ފަނޑިޔާރުންގެ އަރިހުން އެ ޓާސްކް ފޯހުން ދެނެގަންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު ހާމަކުރެއްވި އެވެ.

"މި މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންގެ އިޖުތިމާއީ ކަންބޮޑުވުމެއް ކަމުގައި ފާހަގަކުރެވޭ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްސަލަތަކަށް ވެސް ހައްލު ލިބިގެންދާނެ،" ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.

މި އަހަރު ނިމުމުގެ ކުރިން ބެކްލޮގް ސާފުކުރުމަކީ އަމާޒެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox